Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނޭޓޯގެ ސެކެރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބަރގް

ތުރުކީއަކީ ނޭޓޯއަށް މުހިންމު ބައިވެރިއެއް: ސްޓޮލްޓެންބަރގް

25 މެއި 2022 | ބުދަ 15:31

ސްޓޮލްޓެންބަރގް ވަނީ ދެބަސްވުންތަކެއް ހުރިނަމަވެސް، ތުރުކީއަކީ އެޖަމްއިއްޔާއަށް މުހިންމު ބައިވެރިއެއްކަމަށް ވިދާޅުވެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 25 މެއި 2022 | ބުދަ 15:31
ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބަރގް

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބަރގް

ތުރުކީއަކީ ނޭޓޯއަށް މުހިންމު ގައުމެއްކަމަށް އެޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބަރގް ވިދާޅުވެއްޖެއެވެ.

ސްޓޮލްޓެންބަރގް މިހެން ވިދާޅުވެފައިވަނީ އަންގާރަ ދުވަހު ކުރިއަށްދިޔަ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ޕެނަލް ޑިސްކަޝަނެއްގައި ވާހަކަދައްކަވަމުންނެވެ. އޭނާ މިހެން ވިދާޅުވެފައި މިވަނީ ފިންލޭންޑާއި ސްވިޑްން ނޭޓޯގެ މެމްބަރު ގައުމަކަށް ވުމަށް ހުށަހަޅާފައިވަނިކޮށް އެކަމަށް ތުރުކީން އެއްބާރުލުން ނުދޭނެކަމަށް ބުނެފައިވަނިކޮށެވެ.

މިކަމާގުޅޭ މަޝްވަރާތައް ކުރުމަށް ފިންލޭންޑާއި ސްވިޑްންގެ މަންދޫބުން ވަނީ ބުދަ ދުވަހު ތުރުކީއަށް ވަޑައިގެންފައެވެ.

ސްޓޮލްޓެންބަރގް ވަނީ ތުރުކީގެ ބައެއް ސިޔާސަތުތަކުގެ ސަބަބުން ނޭޓޯއާއި މެމްބަރު ބައެއް ގައުމުތަކުގެ މެދުގައި ދެބަސްވުންތަކެއް ހުރިނަމަވެސް، ތުރުކީއަކީ އެޖަމްއިއްޔާއަށް މުހިންމު ބައިވެރިއެއްކަމަށް ވިދާޅުވެފައެވެ. ޚާއްސަކޮށް ޖިއޮގްރަފީގެ ގޮތުން ތުރުކީ އޮންނަ ސަރަހައްދުގެ ސަބަބުންވެސް އެގައުމަކީ މުހިންމު ބައިވެރިއެއް ކަމަށް ސްޓޮލްޓެންބަރގް ވިދާޅުވިއެވެ. އެގޮތުން ތުރުކީއަކީ އިރާގާއި ސީރިޔާއާ ކައިރީގައި އޮންނަ ގައުމަކަށްވެފައި، އައިސިސްއާ ދެކޮޅަށް އެޖަމްއިއްޔާއިން ކުރަމުގެންދާ މަސައްކަތްތަކުގައި ބޭނުންކުރަނީ ތުރުކީގެ ވަސީލަތްތައް ކަމަށާއި، މިހާރު ކުރިއަށްދާ ޔޫކްރެއިން-ރަޝިއާ ހަނގުރާމައާ ގުޅުވައި، ބްލެކްސީގެ މުހިންމުކަމާއެކު ތުރުކީއަކީ މުހިންމު ބައިވެރިއެއްކަން ސްޓޮލްޓެންބަރގް ފާހަގަކުރެއްވިއެވެ.

ތުރުކީއަކީ މުޅި ޖަމްއިއްޔާއަށްވެސް މުހިންމު ގައުމެއް ކަމަށް ވުމުން، މިހާރު ކުރިމަތިވެފައިވާ ދެބަސްވުންތަކަށް ހައްލެއް ހޯދުމަށް މަސައްކަތްކުރަމުންދާކަމަށް ސްޓޮލްޓެންބަރގް ވިދާޅުވިއެވެ.

ސްވިޑްންއާއި ފިންލޭންޑުން ނޭޓޯއާ ގުޅުމަކީ ފަސޭހައިން ކޮށްލެވޭނެކަމެއް ކަމަށް ކުރިން ވާހަކަ ދެކެވުނު ނަމަވެސް، މިކަމަށް ތުރުކީގެ ފަރާތުން އެއްބާރުލުން ލިބެމުން ނުދާތީ އެކަމަށް ވަނީ ބުރޫއަރާފައެވެ.

ތުރުކީން ވަނީ، މި ދެގައުމަކީ ތުރުކީން ޓެރަރިސްޓުންގެ ގޮތުގައި ލޭބަލްކޮށްފައިވާ މީހުންނަށް ހިމާޔަތްދީފައިވާ ގައުމުތަކެއް ކަމަށް ބުނެ، އެދެގައުމު ނޭޓޯގެ މެމްބަރުންނަށް ވުމަށް އެއްބާރުލުން ނުދެވޭނެކަމަށް ބުނެފައެވެ. އެގޮތުން ކުރްދިސްތާން ވޯކަރސް ޕާޓީއާއި ފަތުހުﷲ ގުލެންގެ މީހުންނަށް އެދެގައުމުން ހިމާޔަތްދީފައިވާކަމަށް ތުރުކީން ތުހުމަތުކުރެއެވެ.

ބުދަ ދުވަހު ސްވިޑްންއާއި ފިންލޭންޑްގެ މަންދޫބުން ތުރުކީއަށް ވަޑައިގަތުމާއެކު މަޝްވަރާތައް ފެށިގެންދާނެކަމަށް ތުރުކީގެ ފޮރިން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ހޯމަ ދުވަހު ތުރުކީން ވަނީ، އެގައުމުން ސްވިޑްން ނޭޓޯއާ ގުޅުމަށް އެއްބަސްވެވޭނީ އެގައުމުގެ 5 ޝަރުތެއް ފުރިހަމަކުރުން ކަމަށް ބުނެފައެވެ. އެގޮތުން ސްވިޑްންއިން ތުރުކީއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށާއި ހަތިޔާރުގެ އެކްސްޕޯޓަށް އިއުލާންކޮށްފައިވާ އެމްބާގޯވެސް އުވާލުމަށް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ޓެރިސްޓުންނަށް ސިޔާސީ ސަޕޯޓްފޯރުކޮށްދިނުން ހުއްޓާލުމަށާއި، ޓެރަރިސްޓުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓާލުމުގެ އިތުރުން، ޕީކޭކޭއާއި ސީރިއާގެ ވައިޕީޖީ ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުމަށް ވަނީ ހުށަހަޅާފައެވެ.

އަންގާރަ ދުވަހު ކުރިއަށްދިޔަ ފޯރަމްގައި ސްޓޮލްޓެންބަރގް ވަނީ، ޔޫކްރެއިނުން ގޮވާން ހިފައިގެން ދަތުކުރާ ބޯޓުތަކަށް ދަތުކުރުމުގެ ފުރުސަތު ދިނުމަށް ރަޝިއާގެ ރައީސް ލެޑްމިއަރ ޕުޓިންއަށް ގޮވާލައްވާފައެވެ. އޭނާ ވަނީ ޔޫކްރެއިން ރަޝިއާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ ސަޕްލައި ދަށްވަމުންދާކަމަށާއި، މިއީ ނޭޓޯއާއި ހުޅަނގުގެ ގައުމުތަކުން ރަޝިއާއާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ވާ ކަމެއް ނޫންކަމަށް ވިދާޅުވެ، މިއީ ސީދާ އެހަނގުރާމައިގެ ސަބަބުންނާއި ރަޝިއާއިން އަޅަމުންދާ ހުރަސްތަކުގެ ސަބަބުން ވާކަމެއް ކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް ހޯމަ ދުވަހު ރަޝިއާއިން ވަނީ، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުމުގެ ޒިންމާ ހުޅަނގުގެ ގައުމުތަކުން ނަގަންޖެހޭނެކަމަށް ބުނެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

31 އޮކްޓޯބަރު 2021

ކޮޕް26: ދުނިޔެ ސަލާމަތްކުރުމަށް މުހިންމު ނިންމުންތަކެއް ނިންމަންލިބޭ ފަހު ފުރުސަތު

31 އޮކްޓޯބަރު 2021
ކޮޕް26: ދުނިޔެ ސަލާމަތްކުރުމަށް މުހިންމު ނިންމުންތަކެއް ނިންމަންލިބޭ ފަހު ފުރުސަތު
30 އޮކްޓޯބަރު 2021

ކޮޕް26 އަކީ ކޮބާ؟ މިފަހަރުގެ ކޮންފަރެންސް މުހިންމުވަނީ ކީއްވެ؟

30 އޮކްޓޯބަރު 2021
ކޮޕް26 އަކީ ކޮބާ؟ މިފަހަރުގެ ކޮންފަރެންސް މުހިންމުވަނީ ކީއްވެ؟
29 ސެޕްޓެމްބަރު 2021

ތެލުގެ ކާރިސާއާ ގުޅިގެން މުހިންމު ފަރާތްތަކަށް އިސްކަން ދިނުމަށް އިނގިރޭސި ސަރުކާރުން ގޮވާލައިފި

29 ސެޕްޓެމްބަރު 2021
ތެލުގެ ކާރިސާއާ ގުޅިގެން މުހިންމު ފަރާތްތަކަށް އިސްކަން ދިނުމަށް އިނގިރޭސި ސަރުކާރުން ގޮވާލައިފި
09 ޑިސެމްބަރު 2019

ސެޓެލައިޓް ލޯންޗިންގ ސައިޓުގަ ވަރަށް މުހިންމު ޓެސްޓެއް ކޮށްފިން: އުތުރު ކޮރެއާ

09 ޑިސެމްބަރު 2019
ސެޓެލައިޓް ލޯންޗިންގ ސައިޓުގަ ވަރަށް މުހިންމު ޓެސްޓެއް ކޮށްފިން: އުތުރު ކޮރެއާ
24 ޖުލައި 2018

ޕާކިސްތާނުގެ ބޮޑު އިންތިޚާބު – އެނގެންޖެހޭ މުހިންމު ނުކުތާ ތަކެއް

24 ޖުލައި 2018
ޕާކިސްތާނުގެ ބޮޑު އިންތިޚާބު – އެނގެންޖެހޭ މުހިންމު ނުކުތާ ތަކެއް
10 ޖޫން 2018

ޓްރަމްޕް އާއި ކިމްގެ ބައްދަލުވުމުގެ ކުރިން އެނގުން މުހިންމު ނުކުތާ ތަކެއް

10 ޖޫން 2018
ޓްރަމްޕް އާއި ކިމްގެ ބައްދަލުވުމުގެ ކުރިން އެނގުން މުހިންމު ނުކުތާ ތަކެއް
18 މާރިޗު 2018

ތުރުކީގެ ފައުޖުތަކުން ސީރިއާގެ އަފްރިން ސިޓީގެ މުހިންމު ސަރަހައްދުތައް ހިފައިފި

18 މާރިޗު 2018
ތުރުކީގެ ފައުޖުތަކުން ސީރިއާގެ އަފްރިން ސިޓީގެ މުހިންމު ސަރަހައްދުތައް ހިފައިފި
04 އޮކްޓޯބަރު 2017

ހަޔާތުގެ އެންމެ މުހިންމު އެއް ސިއްރުގެ ހަގީގަތް ހާމަ ކުރި ސައިންސްވެރިންނަށް ނޮބެލް އިނާމް

04 އޮކްޓޯބަރު 2017
ހަޔާތުގެ އެންމެ މުހިންމު އެއް ސިއްރުގެ ހަގީގަތް ހާމަ ކުރި ސައިންސްވެރިންނަށް ނޮބެލް އިނާމް
31 މާރިޗު 2017

މޫސަލްގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަކީ އެންމެ މުހިންމު ކަންތައް: އެންޓޯނިއޯ ގުޓަރޭސް

31 މާރިޗު 2017
މޫސަލްގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަކީ އެންމެ މުހިންމު ކަންތައް: އެންޓޯނިއޯ ގުޓަރޭސް
20 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން

20 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް