Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮޕް26 ސަމިޓްގެ ނިންމުންތައް

ކޮޕް26: ދުނިޔެ ސަލާމަތްކުރުމަށް މުހިންމު ނިންމުންތަކެއް ނިންމަންލިބޭ ފަހު ފުރުސަތު

31 އޮކްޓޯބަރު 2021 | އާދީއްތަ 06:11

ސައިންސްވެރިން ބުނާގޮތުން ދުނިޔެއަށް މިހާރު ކުރިމަތިވަމުން މިއަންނަ މޫސުމީ ކާރިސާތަކުން ދުނިޔެ ސަލާމަތްކުރުމަށް ވީއެންމެ އަވަހަކަށް ބޮޑެތި ފިޔަވަޅުތަކެއް އަޅަންޖެހޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 31 އޮކްޓޯބަރު 2021 | އާދީއްތަ 06:11
އޮސްޓްރޭލިއާގެ ސިޑްނީގެ ކެމިކަލް ޕްލާންޓަކުން ޖައްވަށް ގޭސް ބޭރުކުރަނީ

އޮސްޓްރޭލިއާގެ ސިޑްނީގެ ކެމިކަލް ޕްލާންޓަކުން ޖައްވަށް ގޭސް ބޭރުކުރަނީ

އޮކްޓޯބަރ މަހުގެ 31ން ނޮވެމްބަރ 12ށް ސްކޮޓްލެންޑްގެ ގްލާސްގޯގައި ކުރިޔަށްދާ ކޮޕް26 އަކީ އެތައް ގޮތަކުން މުހިންމު ކޮންފަރެންސްއެކެވެ. ވަކިން ޚާއްސަކޮށް ދުނިޔެއަށް ކުރިމަތިވަމުން މިއަންނަ މޫސުމީ ބަދަލުތަކާ ގުޅިގެން މިހާރުން މިހާރަށް ކޮންމެހެން ކުރަންޖެހޭ ކަންކަމަށް ގައުމުތަކަށް އެއްބަސްވުމަކާ ހަމައަށް މިހާރުން މިހާރަށް އައުމަކީ މުހިންމު ކަމެކެވެ. ޕެރިސް އެގްރިމެންޓްގެ ދަށުން ގައުމުތަކުން ކުރުމަށް އެއްބަސްވި ކަންކަމާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކައި، ހާސިލުކުރެވުނު ކަންކަމާއި ނުކުރެވުނު ކަންކަން ދެނެގަންނަންޖެހެއެވެ. އަދި އެކަންކަން ހާސިލުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ގައުމުތަކަށް އެއްބަސްވުމަކާ ހަމައަށް މިކޮންފެރެންސްގައި ނާދެވިއްޖެނަމަ އޭގެ ނޭދެވޭ އަސަރު ދުނިޔެއަށް ވަރަށް ބޮޑަށް ކުރާނެކަމަށް ސައިންސްވެރިން އަންނަނީ ބުނަމުންނެވެ.

މީގެ ދުވަސްކޮޅެއްކުރިން އިންޓަރގަވަރމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ)ން ނެރެފައިވާ ރިޕޯޓްގައި ސައިންސްވެރިން ބުނާގޮތުން ދުނިޔެއަށް މިހާރު ކުރިމަތިވަމުން މިއަންނަ މޫސުމީ ކާރިސާތަކުން ދުނިޔެ ސަލާމަތްކުރުމަށް ވީއެންމެ އަވަހަކަށް ބޮޑެތި ފިޔަވަޅުތަކެއް ދުނިޔެއިން އަޅަންޖެހެއެވެ. ދުނިޔެ ހޫނުވަމުންދާ މިންވަރު ދެ ޑިގްރީއަށްވުރެ ތިރީގައި ބެހެއްޓުމަށް ގައުމުތަކުން އެއްބަސްވެފައިވާ އެއްބަސްވުމާ ހަމައަށް ވާސިލުވެވޭނީ ވަރަށް އަވަސް، މުހިންމު ފިޔަވަޅުތަކެއް އަޅައިގެންކަމަށް ވަނީ ބުނެފައެވެ.

އެހެންކަމުން ކުރިޔަށް މިއޮތް ކޮޕް26 ގައި މުހިންމު ނިންމުންތަކެއް ނިންމައި، މިހާރު ހުރި މައްސަލަތަކަށް ހައްލެއް ހޯދަންޖެހެއެވެ.

މީގެ ހަ އަހަރުކުރިން ގައުމުތަކުން ޕެރިސްގައި ކުރިޔަށްދިޔަ ކޮޕް ކޮންފަރެންސްގައި އެއްބަސްވެފައިވަނީ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށެވެ. އެއީ ދުނިޔެ ހޫނުވަމުންދާ ދިޔުން ވަކި މިންވަރެއްގައި ހިފެހެއްޓުމަށްޓަކައެވެ. ޕެރިސް އެގްރިމެންޓްގައި ގައުމުތަކުން އެއްބަސްވެ ސޮއިކޮށްފައިވަނީ ވަނީ ދެ ޑިގްރީއަށް ވުރެ ތިރީގައި ހޫނުމިން ބެހެއްޓުމަށެވެ. އަދި 1.5 ޑިގްރީއަކީ އަމާޒަކަށް ހެދުމަށް ގައުމުތަކުން ވަނީ ނިންމާފައެވެ.

ހޫނުމިން މި މިންވަރުގައި ބެހެއްޓުމަށް ގައުމުތަކުން މިހާރު ޖައްވަށް ބޭރުކުރާ ގޭހުގެ މިންވަރު ދެބައިކުޅަ އެއްބަޔަށް 2030 ވަނަ އަހަރު އަންނަންވާއިރު މަދުކުރަންޖެހެއެވެ. އަދި ނެޓް ޒީރޯއާ ހަމައަށް މިގަރުނުގެ މެދެތެރޭގައި ދާންޖެހެއެވެ. އެއީ 2050 ވަނަ އަހަރެވެ.

މި ވައުދު ފުއްދުމަށް އަޅާނެ ފިޔަވަޅުތަކުގެ ތަފުސީލު މިފަހަރުގެ ކޮޕް ކޮންފަރެންސަށް ގައުމުތަކުން ހުށަހަޅަންޖެހެއެވެ. ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް ކޮންފަރެންސް މިއަހަރަށް ލަސްވެފައިވާއިރު މިއީ އެފިޔަވަޅުތަކުގެ ތަފްސީލު ހުށަހެޅުމަށް ގައުމުތަކަށް ދީފައިވާ މުއްދަތު ހަމަވާ ކޮންފަރެންސްއެވެ. ކޮޕް26 މުހިންމުވާ މައިގަނޑު ސަބަބަކީ ވެސް މިއެވެ. ޖައްވަށް ގޭސް ދޫކުރާ ބޮޑެތި ގައުމުތަކުން އަޅާނެ ފިޔަވަޅުތައް އެނގެން ކޮންމެހެން ދުނިޔެއަށް މިހާރު މުހިންމެވެ.

މިލަނޑުދަނޑިތަކަށް ވާސިލުވުމަށް މިހާރު ގައުމުތަކުން ހުށަހަޅާފައިވާ ކަންކަމުން 2030 ވަނަ އަހަރު އަންނަންވާއިރު ޖައްވަށް ދޫކުރާ ގޭސް މަދުވާނެކަމަށް ކުރިން ލަފާކުރި މިންވަރަށްވުރެ އިތުރުވަނީ 7.5 އިންސައްތަކަމަށް އދ.ގެ އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫއެންއީޕީ)ން ބުނެއެވެ.

މިގޮތަށް ހޫނުމިން މައްޗަށްދާކަމަށްވާނަމަ 2.7 ޑިގްރީ ސެލްސިއަސްއަށް ހޫނުމިން މައްޗަށްދާނެކަމަށް ޔުނެޕްގެ އެންމެ ފަހުގެ ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ. އެއީ އޭގެކުރިން ޔުނެޕުން އަންދާޒާކުރި 3 ޑިގްރީ ސެލްސިއަސްއަށްވުރެ ކުޑަތަންކޮޅެއް މަދު މިންވަރެކެވެ.

2 ޑިގްރީ ސެލްސިއަސްގައި ހޫނުމިން ހިފެހެއްޓުމަށް މިހާރު ޖައްވަށްދޫކުރާ ގޭހުގެ 30 އިންސައްތަ މަދުކުރަންޖެހެއެވެ. 1.5 ޑިގްރީއަށް ތިރިކުރަން ބޭނުންނަމަ ޖައްވަށް ދޫކުރާ ގޭހުގެ 55 އިންސައްތަ ކުޑަކުރަންޖެހެއެވެ.

މިހާރު ނެޓް ޒީރޯއަށް ވާސިލުވުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއާއެކު މިގަރުނު ނިމޭއިރު ހޫނުމިން ހުންނާނީ 2.2 ޑިގްރީ ސެލްސިއަސްގައެވެ. އެހެންނަމަވެސް 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރެވޭނެ މާ ސާފު ގޮތްތަކެއް އަދި ގައުމުތަކުން ހާމަކޮށްފައެއްނުވެއެވެ.

ވަކިން ޚާއްސަކޮށް އެންމެ ގިނައިން ޖައްވަށް ގޭސް ބޭރުކުރާ ގައުމުތައް ކަމަށްވާ ޗައިނާ އާއި އިންޑިޔާ ފަދަ ގައުމުތަކުން މިލަނޑުދަނޑިއަށް ވާސިލުވުމަށް އަޅާނެ ފިޔަވަޅުތަކެއް ހާމަކޮށްފައިނުވުމަކީ މިކަމުގެ ކަންބޮޑުވުމެކެވެ. ޗައިނާއަކީ މުޅި ދުނިޔޭގައި ވެސް އެންމެ ގިނައިން ޖައްވަށް ގޭސް ދޫކުރާ ގައުމެވެ. އިންޑިޔާއަކީ ތިން ވަނައަށް އެންމެ ގިނައިން ޖައްވަށް ގޭސް ދޫކުރާ ގައުމެވެ. އެހެންކަމުން މިގައުމުތަކުގެ ސިޔާސަތު މިކަމުގައި ހުރި ގޮތް ކޮޕް26 ގައި އެނގިގެންދިޔުމަކީ ވަރަށް މުހިންމު ކަމެކެވެ.

ދުނިޔޭގެ މުއްސަނދި ބޮޑެތި ގައުމުތަކުން ތަރައްގީގެނަމުގައި ކުރަމުންދާ ކަންތައްތަކުގެ ސަބަބުން ކުދި ގައުމުތަކުން އަދާކުރަންޖެހޭ އަގުގެ ވާހަކައަކީ މިކޮޕް26ގައި އެންމެ ބޮޑަށް ދެކެވޭނެ އެއް ވާހަކައެވެ. މިއަގަށް އިންސާފު ހޯދުމަށް ކުދި ގައުމުތަކުން މަސައްކަތްކުރާނެއެވެ.

2009 ވަނަ އަހަރު ތަރައްގީވެފައިވާ ގައުމުތަކުން ވަނީ 2020 ވަނަ އަހަރު އަންނަންވާއިރަށް ކުދިގައުމުތަކަށް އަހަރަކު 100 ބިލިއަން ޑޮލަރު ދިނުމަށް އެއްބަސްވެފައެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން އެގައުމުތަކަށް ލިބޭ ގެއްލުންތަކުން އަަރައިގަތުމަށް އެވަރަށް ފައިސާ ޚަރަދުކުރާނެކަމަށް އެގައުމުތަކުން އެއްބަސްވިނަމަވެސް 2020 ވަނަ އަހަރު ނިމުނުއިރު މިލަނޑުދަނޑިއާ ހަމައަށް ވާސިލުވެވިފައެއް ނުވެއެވެ.

މިލަނޑުދަނޑި ހާސިލުކުރުމަށް ދެން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށްފަހު ކެނެޑާ އާއި ޖަރމަނީ އިސްވެ އޮވެ ކޮޕް26 ގެ ކުރިން ވަނީ ޕްލޭނެއް އެކުލަވާލާފައެވެ. މިޕްލޭންގައި ބުނާގޮތުން އެ ލަނޑުދަނޑިއާ ހަމައަށް 2023ގެ ކުރިން ވާސިލެއްނުވެވޭނެއެވެ.

މުއްސަނދި ގައުމުތަކުން އަހަރަކު 100 ބިލިއަން ޑޮލަރު ދޭނެކަމަށް ވައުދުވެ، އެވައުދު ނުފުއްދުމަކީ ކުދި ގައުމުތަކަށް ކޮންފަރެންސް ފެށުމުގެކުރިން ވެސް ލިބިފައިވާ މާޔޫސްކަމެކެވެ. އަދި އެ ކޮންފަރެންސްގައި ވާހަކަތައް ކުރިޔަށްދާއިރު އިތުބާރުގެ ހިޔަނި އެ ވާހަކަތަކަށް އެޅިގެންދާނެ ކަމެއް ވެސް މެއެވެ. އަނެއްކޮޅުން ފައިސާ އާ ގުޅިގެން ދެން ކުރަންވީ ކަންކަން ވެސް މި ކޮންފަރެންސްގެ ތެރެއިން އެކުލަވާލަންޖެހެއެވެ.

ޔުނެޕުން ބުނާގޮތުން ހަކަތަ އުފެއްދުމުގެ ތެރެއިން ޖައްވަށް ބޭރުވާ ކާބަންޑައިއޮކްސައިޑް 30 އިންސައްތަ ނުވަތަ އެންމެ ބޮޑު ބަޔަކީ ފޮސިލް ފިޔުލް ނުވަތަ ބޯޓު ދެލީގެ ސަބަބުން ބޭރުވާ ކާބަންޑައިއޮކްސައިޑެވެ. ތަޖުރިބާކާރުން ވިދާޅުވާގޮތުން ދުނިޔެ ހޫނުވަމުންދާ ދުވެލި 2 ޑިގްރީ ސެލްސިއަސްއަށް ދަށްކުރުމަށް ބޭނުންވާނަމަ ބޯޓު ދެލި ބޭނުންކުރާ މިންވަރު މިހާރު ކަނޑައަޅާފައިވާ މިންވަރަށް ވުރެ ވަރަށް ބޮޑަށް މަދުކުރަންޖެހޭނެއެވެ.

ޔޫކޭގެ ކޮޕް26ގެ ރައީސް އަލޯކް ޝަރްމާ ވިދާޅުވީ މި ކޮންފަރެންސްގައި ކޯލް ނުވަތަ ފޮސިލް ފިޔުލް އަންދައިގެން ހަކަތަ އުފެއްދުން އެއީ މާޒީގައިވާ ކަމެއްގެ ގޮތުގައިވާން ބޭނުންފުޅުވާކަމަށެވެ.

އދ. އިން ވަނީ އޯގަނައިޒޭޝަން ފޮރ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯއީސީޑީ) ގައި ހިމެނޭ ގައުމުތަކުން 2030 ވަނަ އަންނަންވާއިރަށް ކޯލް ބޭނުންކޮށްގެން ހަކަތަ އުފެއްދުން ހުއްޓުމަކަށް ގެނައުމަށް ގޮވާލާފައެވެ. ނަމަވެސް މިކަން ކުރުމަށް ޓައިމްލައިނެއް އެކުލަވާލުމަށް ޖީ20 ގައި ހިމެނޭ ގައުމުތައް ވަނީ އަދި ނުކުޅެދިފައެވެ.

އަނެއްކޮޅުން ދުނިޔޭގައި އެންމެ ގިނައިން ބޯޓުދެލި އަންދައިގެން ހަކަތަ އުފައްދާ ދެ ގައުމު ކަމުގައިވާ އިންޑިޔާ އާއި ޗައިނާއިން ވެސް މިކަން ހުއްޓުމަކަށް ގެންނާނެ ސާފު ސިޔާސަތެއް އަދި ހާމަކޮށްފައިނެތުމަކީ ވެސް ކޮންފަރެންސް ފެށެންވާއިރު އޮތް ކަންބޮޑުވުމެކެވެ.

ޕެރިސް އެގްރިމެންޓްގެ އާޓިކަލް 6 އަކީ މައިގަނޑު ތިން ކަމެއްގެ މައްޗަށް ބިނާކޮށްފައިވާ އަރޓިކަލްއެކެވެ. އެ އާޓިކަލް އަކީ މައިގަނޑު ގޮތެއްގައި ޖައްވަށްދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުނުވެވޭ ގައުމުތަކަށް އެނޫން ގޮތްތައް ބޭނުންކޮށްގެން އެ ލަނޑުދަނޑި ހާސިލުކުރެވޭނެ ގޮތަކަށް ބައްޓަންކޮށްފައިވާ އާޓިކަލްއެކެވެ.

އެގޮތުން ކޮންމެ އަހަރަކު ގައުމުތަކުން ހުށަހަޅާ ނޭޝަނަލް ކްލައިމެޓް ޕްލޭން ނުވަތަ އެގައުމަކުން ލަނޑުދަނޑި ހާސިލުކުރުމަށް ކުރާނެކަންކަމާ ގުޅޭގޮތުން އެކުލަވާލާފައިވާ ޕްލޭންގައިވާ ގޮތަށް އެކަން ނުވެއްޖެނަމަ އެ ޓާގެޓް ހާސިލުވެފައިވާ އެހެން ގައުމަކަށް އިޔާދަކުރަނިވި ހަކަތަ އުފެއްދުންފަދަ މަޝްރޫއަކަށް ފަންޑުކޮށްގެން އެ ޓާގެޓަށް ވާސިލުވެވޭނެކަމަށް މިއާޓިކަލްގައި ބުނެއެވެ. އެކަމުގެ ސަބަބުން ދެގައުމަށް ވެސް އަދި ދުނިޔެއިން ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކުރުމަށް ކުރަމުންދާ މަސައްކަތަށް ވެސް ފައިދާކުރެއެވެ. ނަމަވެސް އެކަން ކުރާ ގައުމަކަށް ޖައްވަށް ވިހަ ގޭސް ދޫކުރުމުގެ ފުރުސަތު މިއާއެކު ލިބިގެންދެއެވެ. އެހެންކަމުން މިއާޓިކަލް އާ ގުޅޭގޮތުން ގައުމުތަކަށް އަދި އެކައްޗެއް ކިޔޭ ގޮތެއްނުވެއެވެ.

އާޓިކަލް 6 ގެ ދަށުން އދ.ން ކާބަން ކްރެޑިޓްސްގެ ވިޔަފާރި ކުރާ ގޮތާ ގުޅޭގޮތުން އޮނިގަނޑެއް އެކުލަވާލަންޖެހެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 ޖޫން 2018

ޓްރަމްޕް އާއި ކިމްގެ ބައްދަލުވުމުގެ ކުރިން އެނގުން މުހިންމު ނުކުތާ ތަކެއް

10 ޖޫން 2018
ޓްރަމްޕް އާއި ކިމްގެ ބައްދަލުވުމުގެ ކުރިން އެނގުން މުހިންމު ނުކުތާ ތަކެއް
22 އެޕްރީލު 2018

ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމުން އުތުރު ކޮރެއާއަށް ދުނިޔެ މަރުހަބާ ކިޔަނީ

22 އެޕްރީލު 2018
ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމުން އުތުރު ކޮރެއާއަށް ދުނިޔެ މަރުހަބާ ކިޔަނީ
26 މާރިޗު 2018

ހޫޘީންގެ މިސައިލް ހަމަލާ ބައިނަލްއަގްވާމީ ދުނިޔެ އިން ކުށްވެރިކޮށްފި

26 މާރިޗު 2018
ހޫޘީންގެ މިސައިލް ހަމަލާ ބައިނަލްއަގްވާމީ ދުނިޔެ އިން ކުށްވެރިކޮށްފި
18 މާރިޗު 2018

ތުރުކީގެ ފައުޖުތަކުން ސީރިއާގެ އަފްރިން ސިޓީގެ މުހިންމު ސަރަހައްދުތައް ހިފައިފި

18 މާރިޗު 2018
ތުރުކީގެ ފައުޖުތަކުން ސީރިއާގެ އަފްރިން ސިޓީގެ މުހިންމު ސަރަހައްދުތައް ހިފައިފި
30 ޑިސެމްބަރު 2017

އިރާނުގެ ސަރުކާރާ ދެކޮޅަށް މިހާރު ކުރަމުންދާ މުޒާހަރާތައް "ދުނިޔެއިން ބަލަމުންދާ ކަމަށް" ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

30 ޑިސެމްބަރު 2017
އިރާނުގެ ސަރުކާރާ ދެކޮޅަށް މިހާރު ކުރަމުންދާ މުޒާހަރާތައް "ދުނިޔެއިން ބަލަމުންދާ ކަމަށް" ރައީސް ޓްރަމްޕް ވިދާޅުވެއްޖެ
04 އޮކްޓޯބަރު 2017

ހަޔާތުގެ އެންމެ މުހިންމު އެއް ސިއްރުގެ ހަގީގަތް ހާމަ ކުރި ސައިންސްވެރިންނަށް ނޮބެލް އިނާމް

04 އޮކްޓޯބަރު 2017
ހަޔާތުގެ އެންމެ މުހިންމު އެއް ސިއްރުގެ ހަގީގަތް ހާމަ ކުރި ސައިންސްވެރިންނަށް ނޮބެލް އިނާމް
31 މާރިޗު 2017

މޫސަލްގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަކީ އެންމެ މުހިންމު ކަންތައް: އެންޓޯނިއޯ ގުޓަރޭސް

31 މާރިޗު 2017
މޫސަލްގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަކީ އެންމެ މުހިންމު ކަންތައް: އެންޓޯނިއޯ ގުޓަރޭސް
20 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން

20 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން
11 މާރިޗު 2017

އިންސާނީ މުސީބާތަކާ ދިމާލަށް ދުނިޔެ ދާކަމަށް އދ. އިން ބުނެފި

11 މާރިޗު 2017
އިންސާނީ މުސީބާތަކާ ދިމާލަށް ދުނިޔެ ދާކަމަށް އދ. އިން ބުނެފި
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް