Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޕާކިސްތާނުގެ އާއްމު އިންތިޚާބު

ޕާކިސްތާނުގެ ބޮޑު އިންތިޚާބު – އެނގެންޖެހޭ މުހިންމު ނުކުތާ ތަކެއް

އިންތިޚާބުގައި ވޯޓު ލުމަށް 85،000 މަރުކަޒު ކަނޑައަޅާފައިވޭ

ރާއްޖެ އެމްވީ | 24 ޖުލައި 2018 | އަންގާރަ 18:18
ޕާކިސްތާނުގައި 2013 ވަނަ އަހަރު ބޭއްވި އާއްމު އިންތިޚާބުގެ ނަތީޖާ އާ އެކު އުފާ ފާޅުކުރަނީ

ޕާކިސްތާނުގައި 2013 ވަނަ އަހަރު ބޭއްވި އާއްމު އިންތިޚާބުގެ ނަތީޖާ އާ އެކު އުފާ ފާޅުކުރަނީ

ދުނިޔޭގެ ހަވަނަ އަށް އެންމެ ބޮޑު އާބާދީ އެއް އޮތް، އަދި މުސްލިމް މެޖޯރިޓީ އޮތް ގައުމަކަށް ނިއުކްލިއަރ ބާރު ލިބިފައިވާ ހަމަ އެކަނި ގައުމުގެ ގޮތުގައި ދުނިޔޭގައި އޮތް ހަމަ އެކަނި ގައުމު ކަމުގައިވާ ޕާކިސްތާނަށް ޖުލައި މަހުގެ 25 ވަނަ ދުވަހަކީ ބޮޑު ދުވަހެކެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ބޭފުޅަކު ހޮވުމަށް އެގައުމުގެ ރައްޔިތުން ވޯޓު ލުމަށް ޖުލައި މަހުގެ 25 ވާ ބުދަ ދުވަހު ނުކުންނާނެއެވެ. ޕާކިސްތާނުގެ ތާރީޚުގައި މިހާތަނަށް އެއްވެސް ބޮޑު ވަޒީރަކު ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރައްވާފައެއް ނުވެއެވެ.

ޕާކިސްތާނުގައި 110 ސިޔާސީ ޕާޓީއެއް ރަޖިސްޓަރީ ކޮށްފައިވެއެވެ. މީގެ ތެރެއިން 30 ޕާޓިއަކީ ސިޔާސީ މައިދާނުގައި ހަރަކާތްތެރި ޕާޓީތަކެވެ. ނަމަވެސް އިންތިޚާބު ތަކުގައި ނަގާ ކިޔާ އުޅެނީ ތިން ޕާޓީއެކެވެ.

ޖުލައި 25 ވަނަ ދުވަހު އޮންނަ އިންތިޚާބުގައި ވޯޓު ލުމަށް 85،000 މަރުކަޒު ކަނޑައަޅާފައިވެއެވެ. އިންތިޚާބުގައި، ނޭޝަނަލް އެސެމްބްލީގެ ގޮނޑިތަކަށް 3،765 ކެނޑިޑޭޓުން ވާދަ ކުރެއެވެ.

އިންތިޚާބުގެ ކަންކަން އޮމާން ކޮށް ހިނގަޖެއް ނަމަ މިއީ މަދަނީ ސަރުކާރެއްގެ މެންޑޭޓް އެ ގައުމުގައި ބޮޑުވަޒީރަކަށް ހަވާލު ކުރެވޭ ދެވަނަ އިންތިޚާބަށް ވެގެން ދާނެއެވެ. މިފަދަ ފުރަތަމަ އިންތިޚާބެއް ބޭއްވިފައިވަނީ 2013 ގައެވެ.

އިންތިޚާބު އޮންނަނީ ކޮން އިރަކު؟

އިންތިޚާބު އޮންނާނީ ޖުލައި މަހުގެ 25 ވާ ބުދަ ދުވަހުއެވެ. ވޯޓު ލާނީ ޕާކިސްތާނު ގަޑިން ހެނދުނު 8:00 ން ހަވީރު 6:00 އަށެވެ.

ވާދަވެރިކަން އޮތީ ކިހިނެއް؟

އިންތިޚާބުގެ އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ޕާކިސްތާން މުސްލިމް ލީގް – ނަވާޒް، ޕާޓީއާއި ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކް އޭ އިންސާފް ޕާޓީ އާ ދެމެދުގައެވެ. އިންތިޚާބަށް ޕާކިސްތާން ކުރިމަތިލާއިރު ވެރިކަމުގައި އޮތީ ވޭތުވެ ދިޔަ ފަސްއަހަރު ވެރިކަން ކުރަމުން އައި ނަވާޒް ޝަރީފްގެ ޕާޓީއެވެ. އެ ޕާޓީ އަށް 2013 ވަނަ އަހަރުގެ ޕާލިމެންޓަރީ އިންތިޚާބުގައި ސާފު އަޣްލަބިއްޔަތު ލިބުނެވެ.

އަވާހަރަކޮށްލާފައިވާ ކުރީގެ ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫގެ ދަރިކަލުން ބިލްވާލް ބުއްޓޫ ޒަރްދާރީ ގެ ވެރިކަމުގެ ދަށުގައި އޮތް ޕާކިސްތާން ޕީޕަލްސް ޕާޓީއަށް ވެސް ކޮންމެވެސް އަދަދަކަށް ގޮނޑިތަކެއް ލިބުމަކީ އެކަށީގެންވާ ކަމެކެވެ. އެ ޕާޓީ ފެންނަނީ ތާއީދު ކުޑަވަމުން އަންނަ ޕާޓީއެއްގެ ގޮތުގައެވެ.

ނަތީޖާ އިއުލާން ކުރާނީ ކޮން އިރަކުން؟

ވަގުތީ ނަތީޖާތައް ވޯޓުލާ ދުވަހުގެ ރޭ 8:00 ން ފެށިގެން ލިބެން ފަށާނެ ކަމަށް ބެލެވެއެވެ. އެރޭ މެންދަމު 2:00 އާ ހަމައަށް މަންޒަރު ސާފުވާ ވަރަށް ނަތީޖާ ލިބޭނެ ކަމަށްވެސް ބެލެއެވެ.

ވޯޓުގެ ނަތީޖާ އިން ދެންވާނީ ކިހިނެއް؟

ޕާކިސްތާނުގައި ވޯޓު ލުމަށް ރަޖިސްޓްރީ ކޮށްފައިވާ 105 މިލިއަނަށް ވުރެ ގިނަ މީހުން އެމީހަކު ނިސްބަތްވާ އިދާރީ ދާއިރާއަކުން ގާނޫނު ހަދާ މަޖިލީހަށް ދެ ކެންޑިޑޭޓަކަށް ވޯޓު ދޭނެއެވެ. އެތަނުން އެކަކީ ނޭޝަނަލް އެސެމްބްލީ އަށް އިންތިޚާބު ކުރާ މީހެކެވެ. އަނެކަކީ ޕްރޮވިންސް އެސެމްބްލީ އަށް އިންތިޚާބު ކުރާ ފަރާތެވެ.

ޕާކިސްތާނު އެކުލެވިގެންވަނީ ހަތަރު ޕްރޮވިންސެއްގެ މައްޗަށެވެ. އެއީ ސިންދް، ބަލޮޗިސްތާން، ޕަންޖާބް، އަދި ޚައިބަރު ޕަޚްތުންޚުވާ އެވެ.

މައި ވެރިކަމުގެ ތެރޭގައި ހިމެނޭ ނޭޝަނަލް އެސެމްބްލީ އަށް ހޮވަނީ 272 މެމްބަރުންނެވެ. ވަކި ޕާޓީއަކަށް އަމިއްލަ އަށް މައި ސަރުކާރެއް އެކުލަވާލެވޭނީ އެއް ޕާޓީއަކަށް މީގެ ތެރެއިން 137 ގޮނޑި ކާމިޔާބު ކުރެވިގެންނެވެ.

އިންތިޚާބުގައި ނަވާޒް ޝަރީފްގެ ޕާޓީން ރަނގަޅު ކާމިޔާބެއް ހޯދާނޭ ކަމަށް ގިނަ ބަޔަކު ދެކޭ އިރު އެމަނިކުފާނު ހުންނެވީ ކަރަޕްޝަންގެ މައްސަލެއެއް ސާބިތުވެ ޖަލުގައި ބަންދުކޮށްފައެވެ. އެމަނިކުފާނުގެ ދަރިކަނބަލުން މަރިޔަމް ނަވާޒް ވެސް ހުންނެވީ ޖަލުގައެވެ. ނަވާޒްގެ ޕާޓީ ލީޑް ކުރައްވަމުން ގެންދަވަނީ އޭނާގެ ކޮއްކޯފުޅު ޝެހްބާޒް ޝަރީފްއެވެ. ނަވާޒް ޝަރީފް ގެންދަވަނީ އޭނާގެ މައްޗަށް އެންޓި ކަރަޕްޝަން ކޯޓުން ކުރި ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށް ވިދާޅުވަމުންނެވެ. ޝަރީފް ތުހުމަތު ކުރައްވާ ގޮތުގައި އޭނާއަށް ބޮޑު ވަޒީރު ކަމުގެ މަގާމް ގެއްލުވާލުމުގެ އަޑީގައި އޮތީ އެ ގައުމުގެ ބާރުގަދަ އަސްކަރިއްޔާއެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެއީ އަސްކަރީ ވެރިން ފަނޑިޔާރުންނަށް ނުފޫޒް ފޯރުވައިގެން ހިންގި ކަމެކެވެ. އެހެން ކަމުން ނަވާޒް ޝަރީފްގެ ޕާޓީން އިންތިޚާބުގައި ގެންގުޅެމުން އަންނަ ސްލޯގަން އަކީ "ވޯޓަށް އިހްތިރާމް ކުރާށޭ" އެވެ. އެ ޕާޓީން ބުނަމުންދަނީ މިފަހަރުގެ ވޯޓުން އެ ޕާޓީއަށް ކާމިޔާބު ލިބި އަސްކަރިއްޔާ އަށް ރައްޔިތުން ރަނގަޅު މެސެޖެއް ދޭނެ ކަމަށެވެ.

އަނެއް ކޮޅުން، އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމުގައިވާ އިމްރާންޚާންގެ ޕީޓީއައި އިން އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ދެކޭ މީހުންވެސް މަދެއް ނޫނެވެ. އެ ޕާޓީގެ މައިގަނޑު ޝިއާރަކީ ކަރަޕްޝަން އަށް ނޫނެކޭ ބުނުމެވެ. މިއީ ކަރަޕްޝަން އާ ދެކޮޅަށް ރައްޔިތުން ދޭ ވޯޓެއް ކަމަށްވެސް އެ ޕާޓީން ބުނެއެވެ. ފުރަތަމަ ފަހަރަށް ޕާކިސްތާނުގެ ވެރިކަން ޕީޓީއައި އަށް މިފަހަރު ލިބޭނެ ކަމަށް އެ ޕާޓީއަށް ތާއީދު ކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ނަތީޖާ ނުކުންނާނީ ކިހިނެއް؟

އިންތިޚާބުގެ ފޯރި އެންމެ ގަދައީ ޕަންޖާބުގައެވެ. ޕާކިސްތާނުގައި އެންމެ ބޮޑު އާބާދީ އެއް އޮންނަ ޕަންޖާބަކީ ނަވާޒް ޝަރީފްގެ ޕާޓީގެ އެންމެ ބާރުގަދަ ޕްރޮވިންސްގެ ގޮތުގައި އޮތް ސަރަހައްދު ކަމަށް ވިޔަސް އެ ޕާޓީއަށް މި ފަހަރު ޕަންޖާބުން އެތައް ގޮނޑިއެއް ގެއްލިގެން ދިއުމުގެ ފުރުސަތު އޮތް ކަމަށް ބެލެއެވެ. އެއީ ނަވާޒްގެ ޕާޓީގެ އެތައް ކެންޑިޑޭޓުންނެއް އެންމެ ފަހު ވަގުތު، އިމްރާންގެ ޕާޓީއަށް ގުޅުމާއި، އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރުމަށް ނިންމާފައި ވުމެވެ. ނަވާޒް ޝަރީފްގެ ޕާޓީން ބުނަމުންދަނީ އެއީ އަސްކަރިއްޔާ އަޑީގައި އޮވެގެން ކުރާ ކަމެއް ކަމުގައެވެ.

ސިންދު ޕްރޮވިންސްގެ ރަށްފުށު ހިސާބުގައި ނަވާޒް ޝަރީފްގެ ޕާޓީއަށް އޮތް ތާއީދު، ކުރިންވެސް އޮތްގޮތާ ދާދި އެއްގޮތަކަށް ގޮތަކަށް މިފަހަރު ވެސް ފެންނާނެ ކަމަށް މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. މިހެން މިކަން އޮތް އިރު، ޕްރޮވިންސްގެ ވެރިރަށް ކަމުގައިވާ ކަރާޗީގެ 21 ގޮނޑިއަށް ވަރުގަދަ ހަނގުރާމަ އެއް ހިނގާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

އެ ގައުމުގެ ހުޅަނގު އުތުރުގެ ޕްރޮވިންސް ޚައިބަރު ޕަޚްތުންޚުވާ ގައި އިމްރާންޚާންގެ ޕާޓީއަށް އަށް މިހާތަނަށް އޮތް ތާއީދު އިންތިޚާބުގައި ބަދަލުވެގެން ދާނޭ ކަމަށް ބެލެއެވެ.

ސައިޒްގެ ގޮތުން އެންމެ ބޮޑު އެކަމަކު އާބާދީގެ ގޮތުން އެންމެ ކުޑަ ޕްރޮވިންސް ކަމުގައިވާ ބަލޮޗިސްތާނަށް ބަލާއިރު، އަލަށް އުފަންވި، ބަލޮޗިސްތާން އަވާމީ ޕާޓީ އިން އެ ޕްރޮވިންސްގައި އެކަށީގެންވާ ކާމިޔާބެއް ހޯދާނެ ކަމަށް ބެލެއެވެ. މިއީ ނަވާޒް ޝަރީފްގެ ޕާޓީން ވަކިވި ގޮތްޕަކުން އުފެދުނު ޕާޓިއެކެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މި ޕާޓީއަކީ ޕާކިސްތާނުގެ އަސްކަރިއްޔާއިން އަޑީގައި އޮވެގެން ހިންގަމުންދާ ޕާޓީއެކެވެ.

ކަންބޮޑުވުންތައް

އިންތިޚާބާ ގުޅިގެން ހިނގި ހަމަނުޖެހުން ތަކުގައި މިހާތަނަށް 170 މީހުން މަރުވެފައިވެއެވެ. އަސްކަރިއްޔާ އިން ވަނީ ވޯޓުލާ ދުވަހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 370،000ށް ވުރެ ގިނަ ސިފައިން ނެރޭ ގޮތައް ހަމަޖައްސާފައެވެ. އިތުރު ހަމަނުޖެހުންތައް އަދިވެސް ހިނގާފާނެ ކަމުގެ ބިރު އެބައޮތެވެ.

އަސްކަރިއްޔާގެ އަމަލުތައް ހުރި ގޮތުން އިންތިޚާބު އިންސާފުވެރި ނުވާނޭ ކަމަށް ދެކޭ މީހުންވެސް މަދެއް ނޫނެވެ.

ބައެއް ޕާޓީތަކަށް ކާމިޔާބު ވިޔަ ނުދިނުމަށް ކެންޑިޑޭޓުން ޕާޓީ ބަދަލު ކުރުމަށް އަސްކަރިއްޔާ އިން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު