Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިނިފެންމާ ލޯންޗުކޮޅު ގޮއްވާލި ހާދިސާ

ފިނިފެންމާ ލޯންޗުކޮޅު ގޮއްވާލި ވީޑިއޯ ޓީވީއެމުން އެޑިޓް ކުރިކަމުގެ ތުހުމަތު

ފުލުހުންނަށް މުއާޒް ދެއްވި ބަޔާނުގައި އަލިފާން ނެތް ކަމަށް ވިދާޅުވި

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 25 މެއި 2022 | ބުދަ 09:35
އިބްރާހިމް މުއާޒް އަލީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

އިބްރާހިމް މުއާޒް އަލީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

ފިނިފެންމާ ލޯންޗުކޮޅު ގޮއްވާލި ހާދިސާގެ ވީޑިއޯ ހިމެނޭ ސީޑީ ހަވާލު ކުރެއްވީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކަމަށާއި، އުމަރަށް ވީޑިއޯ ދެއްވީ ޓީވީ މޯލްޑިވްސްއިން ކަމަށް ރައީސް ޔާމީންގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ތުހުމަތު ކުރައްވައިފިއެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ބުދަ ދުވަހު ވާހަކަ ދައްކަވަމުން މުއާޒް ވަނީ ފިނިފެންމާ ލޯންޗުކޮޅުގެ ހާދިސާ އާއި ގުޅޭ ގިނަ ވާހަކަތަކެއް ހިއްސާކުރައްވާފައެވެ. އެގޮތުން އެންމެ ގިނަ ބައެއްގެ ހިތުގައި ޝައްކު އުފެދުނު ވީޑިއޯގެ ވާހަކަ ދައްކަވަމުން މުއާޒް ވިދާޅުވީ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގުޅުއްވައި ފިނިފެންމާ ލޯންޗުކޮޅާއި ގުޅޭ އައު ހޯދުންތަކެއް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވި ކަމަށެވެ.

މުއާޒް ވިދާޅުވީ އެ ހާދިސާ ހިނގި އިރު އޭނާވެސް ހުންނެވީ އެ ލޯންޗުކޮޅުގައި ކަމަށާއި، ނަމަވެސް އޭނާ ހުންނެވި ލޯންޗެއްގައި ހިނގި ހާދިސާގެ ވީޑިއޯ އޭނާ އަތަށް ދީ އެ އެޅުވި އިރު، އެވީޑިއޯގައި އަލިފާންގަނޑު ފެނުމުން ހައިރާންވެވަޑައިގެންނެވި ކަމަށެވެ. މުއާޒް ވިދާޅުވި ގޮތުގައި އޭނާގެ އަތުގެ އިސްތައްޓެއްހާ މިންވަރުވެސް އަނދާފައެއް ނުވެއެވެ. އެހާ ބޮޑު އަލިފާންގަނޑެއް ފެނުމުން، އެކަމާ ސުވާލު އުފެދި ހައިރާންވެވަޑައިގެންނެވި ކަމަށް މުއާޒް ވިދާޅުވިއެވެ.

މީގެ އިތުރަށް އެކަމާ ގުޅިގެން ފުލުހަށް ހާޒިރުވެވަޑައިގެން ބަޔާން ދެއްވި ކަމަށާއި، އެ ބަޔާނުގައި ވެސް ލޯންޗުން އެއްވެސް ވަރަކަށް އަލިފާން ފެނިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވެފައިވާނެ ކަމަށް މުއާޒް ވިދާޅުވިއެވެ.

ދައުލަތުގެ މީޑިއާ މެދުވެރިކޮށް ވީޑިއޯ އެޑިޓްކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް ބާރު ލިބޭ ބައެއް ވާހަކަތަކުގެ މައުލޫމާތު "ރާއްޖެއެމްވީ" އަށް ވަނީ ލިބިފައެވެ. އެގޮތުން ޓީވީއެމްގެ ވީއައިޕީ އެޑިޓިންގ ބޫތު ހިމެނޭ ސަރަހައްދުގައި ކަޅު ފޮތި ދަމައިގެން އެ ވީޑިއޯ އެޑިޓް ކުރުމުގެ މަސައްކަތް ކޮށްފައިވާކަން އޭރު ޓީވީއެމްގައި މަސައްކަތް ކުރި ބައެއް މުވައްޒަފުން ވަނީ ނަން ނުޖެހުމަށް ޝަރުތުކޮށް ރާއްޖެއެމްވީ އަށް ކިޔާދީފައެވެ.

މުއާޒު ވިދާޅުވީ އެވީޑިއޯއިން އަލިފާން ފެންނާތީ އެއީ ކޮންތާކުން ހޯދި ވީޑިއޯއެއްތޯ ސުވާލު ކުރެއްވުމުން އެއީ ރައީސް އޮފީހުގެ ކެމެރާއަކުން ނެގިފައިވާ ވީޑިއޯ އެއް ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް ރައީސް އޮފީހުގެ އެއްވެސް މުއައްޒަފަކު ހުޅުލެއިން، މާލެއަށް އަންނަންދެން ކެމެރާ ރިކޯޑް ކޮށްގެން ހުންނާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ތިން އަހަރު ކުރިން ވެސް މުއާޒް ވަނީ މި ވީޑިއޯ އާއި ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ. ނޫސްވެރިންނާ ބައްދަލުކުރައްވާ، އުމަރު ނަސީރަށް ކުރެއްވި ތުހުމަތުތަކަށް އުމަރު ނަސީރު ވެސް އޭރު ރައްދު ދެއްވިއެވެ. އެގޮތުން އުމަރު ނަސީރު ވިދާޅުވެފައި ވަނީ މުއާޒާ ޙަވާލުކުރެއްވި ވީޑިއޯއަކީ ރައީސް އޮފީހުގެ ކެމެރާއަކަށް ރެކޯޑުކުރެވިފައިވާ ވީޑިއޯއެއް ކަމަށާއި، އެއީ ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ޙާދިސާ ތަހުގީގު ކުރުމަށް ރައީސް ޔާމީން އެކުލަވާލެއްވި ކޮމިޝަނަށް ލިބުނު ވީޑިއޯއެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

ފިނިފެންމާ ލޯންޗުކޮޅުގެ ހާދިސާގެ އަޑު އަނެއްކާވެސް ގަދަވެފައި ވަނިކޮށް، 21 މެއި 2022 ގައި ޕީޕީއެމް އިން ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވަނީ މުއާޒް ދައްކަވަމުން ދާ ވާހަކަތަކަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި، ބޮމެއް ގޮއްވާލާފައިވަނީ ސެޕްޓެމްބަރު 28، 2015ގައެވެ.

އިތުރަށް ކިޔާލަން

09 ޖޫން 2017

ރާއްޖޭގެ ޓޫރިޒަމް އާ ތިމާވެއްޓާ ހުރި ގުޅުން ސަން ސިޔާމް ކިޔައިދެއްވާ ވީޑިއޯއެއް ވައިރަލް ވެއްޖެ!

09 ޖޫން 2017
ރާއްޖޭގެ ޓޫރިޒަމް އާ ތިމާވެއްޓާ ހުރި ގުޅުން ސަން ސިޔާމް ކިޔައިދެއްވާ ވީޑިއޯއެއް ވައިރަލް ވެއްޖެ!
27 އެޕްރީލު 2017

ގާސިމްގެ ޝަރީޢަތް: ވީޑިއޯ ފިޔަވައި ގާސިމްއާ ދެކޮޅަށް އިތުރު ހެއްކެއް ނެތް

27 އެޕްރީލު 2017
ގާސިމްގެ ޝަރީޢަތް: ވީޑިއޯ ފިޔަވައި ގާސިމްއާ ދެކޮޅަށް އިތުރު ހެއްކެއް ނެތް
06 އެޕްރީލު 2017

ރައުދާގެ ކްރައިމް ސީން ވީޑިއޯ އާންމުކޮށްފި

06 އެޕްރީލު 2017
ރައުދާގެ ކްރައިމް ސީން ވީޑިއޯ އާންމުކޮށްފި
28 މާރިޗު 2017

އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް

28 މާރިޗު 2017
އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް
28 މާރިޗު 2017

ދައުލަތުން ހުށަހެޅި ވީޑިއޯގެ ސައްޚަކަމާމެދު ސުވާލު އުފައްދައި، ވިސާމުގެ މައްޗަށް ކުށް ސާބިތެއް ނުވި!

28 މާރިޗު 2017
ދައުލަތުން ހުށަހެޅި ވީޑިއޯގެ ސައްޚަކަމާމެދު ސުވާލު އުފައްދައި، ވިސާމުގެ މައްޗަށް ކުށް ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު