Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނައިފަރުގެ ހައުސިންގ މަޝްރޫއު

އަސްލަމް ޝިޔާމަށް- ނައިފަރުގެ ހައުސިންގ މަޝްރޫއަކީ ރައީސް ސާލިހުގެ ސަރުކާރުގައި ފަށްޓަވައި ނިންމެވި މަޝްރޫއެއް، އޮޅުވާނުލައްވާ

25 މެއި 2022 | ބުދަ 06:42

އެ މަޝްރޫއުގެ ކްރެޑިޓް މި ސަރުކާރުން ނަގަން މަސައްކަތްކުރަނީ ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 25 މެއި 2022 | ބުދަ 06:42
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމްއާ ސުވާލުކުރެއްވުން

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމްއާ ސުވާލުކުރެއްވުން

ނައިފަރުގެ ހައުސިންގ މަޝްރޫއަކީ ރައީސް ސާލިހުގެ ސަރުކާރުގައި ފަށްޓަވައި ނިންމެވި މަޝްރޫއެއް ކަަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ، ނައިފަރުގެ ހައުސިންގ މަޝްރޫއާ ގުޅޭގޮތުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަކާ ގުޅޭގޮތުންނެވެ. މިނިސްޓަރު ވިދާޅުވީ، ނައިފަރުގެ ހައުސިން މަޝްރޫއަކީ މި ސަރުކާރުން ސޮއިކޮށްފައިވާ މަޝްރޫއެއް ކަމަށެވެ.

Advertisement - newsAdvertisement

ޝިޔާމްވަނީ މީގެ ކުރިންވެސް ނައިފަރުގެ ހައުސިން މަޝްރޫއަކީ ރައީސް ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ މަޝްރޫއެއްކަމަށް މަޖިލީހުގެ ތަޅުމުގައި ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި އެކަމުގެ ކްރެޑިޓް މި ސަރުކާރުން ނެގުމަށް މަސައްކަތް ކުރައްވާކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވާހަކަފުޅު ދެއްކެވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، ކޮންމެ ސަރުކާރަކުންވެސް ރައްޔިތުންނަށް ކަންކަން ކޮށްދެއްވުމަށް ހިތުލައި، އެކަން އިއުލާންކޮށް ހައްދަވާކަމަށެވެ. އެހެންނަމަވެސް ނައިފަރުގެ މަޝްރޫއަކީ ރައީސް ސާލިހުގެ ސަރުކާރުން ސޮއިކޮށް މަސައްކަތް ފަށައި، ނިންމި މަޝްރޫއެއް ކަމަށެވެ. އެހެންކަމުން އެ މަޝްރޫއުގެ ކްރެޑިޓް މި ސަރުކާރުން ނަގަނީ ނޫން ކަން މިނިސްޓަރު ވަރަށް ރަނގަޅަށް ސާފު ކޮށްދެއްވީ ކަމަށެވެ. އެހެންކަމުން ކަމުގެ ހަގީގަތް އޮޅޭގޮތަށް ވާހަކަތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނައިފަރުގެ ހައުސިންގ ޔުނިޓްތައް ދިނުމުގެ މަސައްކަތް ކުރިއަށްގެންދަނީ ކައުންސިލުން ކަމަށާއި، އެކަމުގައި މިނިސްޓްރީގެ ދައުރެއް ނެތްކަމަށްވެސް މިނިސްޓަރު އަސްލަމްވަނީ ވިދާޅުވެފައެވެ.

ނައިފަރުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން އެރަށުގައި އިމާރާތްކުރި 100 ހައުސިންގ ޔުނިޓްގެ ތަޅުދަނޑި އެރަށު ކައުންސިލާ ހަވާލުކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ 19ވަނަ ދުވަހުއެވެ.

ނައިފަރުގައި 100 ހައުސިން ޔުނިޓުގެ އިމާރާތް އެޅުމުގެ މަސައްކަތް އާރްސީސީއާ ހަވާލު ކޮށްފައި ވަނީ 2021 އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ. އެ މަސައްކަތް އާރްސީސީއާ ހަވާލުކުރީ 72.3 މިލިއަން ރުފިޔާ އަށެވެ. އެއީ 330 ދުވަހުގެ ތެރޭ މަސައްކަތް ނިންމާ ގޮތަށެވެ.

މިއީ 1000 އަކަފޫޓުގެ 3 ކޮޓަރީގެ އެޕާރޓްމެންޓްތަކެކެވެ. މިއީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކުރި މަޝްރޫއެކެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

13 ޖުލައި 2017

ކާނަލް ނާޒިމްގެ މައްސަލަ އަލުން ތަޙްޤީގްކުރަން ރައީސް ޔާމިން ގޮވާލަންޖެހޭ: އަސްލަމް

13 ޖުލައި 2017
ކާނަލް ނާޒިމްގެ މައްސަލަ އަލުން ތަޙްޤީގްކުރަން ރައީސް ޔާމިން ގޮވާލަންޖެހޭ: އަސްލަމް
13 ޖުލައި 2017

އަސްލަމްގެ ފޯން ބިލަށް ދައުލަތުން ކުރި ޚަރަދު ހޯދަން ދައުވާކުރާ މައްސަލައިގެ ލިޔުންތައް އަސްލަމްއާ ހަވާލުކޮށްފި

13 ޖުލައި 2017
އަސްލަމްގެ ފޯން ބިލަށް ދައުލަތުން ކުރި ޚަރަދު ހޯދަން ދައުވާކުރާ މައްސަލައިގެ ލިޔުންތައް އަސްލަމްއާ ހަވާލުކޮށްފި
10 ޖޫން 2017

ހައުސިންގް މިނިސްޓްރީގެ އެދުމަށް ފުލުހުން ގޮސް ޗިލެކްސް ކެފޭ ބަންދުކޮށްފި

10 ޖޫން 2017
ހައުސިންގް މިނިސްޓްރީގެ އެދުމަށް ފުލުހުން ގޮސް ޗިލެކްސް ކެފޭ ބަންދުކޮށްފި
08 ޖޫން 2017

ހައްޔަރުކޮށްގެން މަސައްކަތް ނުހުއްޓުވޭނެ، ދާދި އަވަހަށް އުފާވެރި ހަބަރު ލިބޭނެ: އަސްލަމް

08 ޖޫން 2017
ހައްޔަރުކޮށްގެން މަސައްކަތް ނުހުއްޓުވޭނެ، ދާދި އަވަހަށް އުފާވެރި ހަބަރު ލިބޭނެ: އަސްލަމް
07 ޖޫން 2017

އެންމެން ވެސް އެދެނީ ސަރުކާރު ވެއްޓޭނެ ދުވަހަކަށް، ވަރަށް އަވަހަށް އުފާވެރި ހަބަރު ލިބޭނެ: އަސްލަމް

07 ޖޫން 2017
އެންމެން ވެސް އެދެނީ ސަރުކާރު ވެއްޓޭނެ ދުވަހަކަށް، ވަރަށް އަވަހަށް އުފާވެރި ހަބަރު ލިބޭނެ: އަސްލަމް
02 ޖޫން 2017

ޕްރޮޕޯސަލް ހުށަހެޅުމުން ނޫނީ ރަށެއް ދުލެއް ނުކުރަން، ކޮރަޕްޝަނެއް ހިނގާފައެއް ނޯންނާނެ: އަސްލަމް

02 ޖޫން 2017
ޕްރޮޕޯސަލް ހުށަހެޅުމުން ނޫނީ ރަށެއް ދުލެއް ނުކުރަން، ކޮރަޕްޝަނެއް ހިނގާފައެއް ނޯންނާނެ: އަސްލަމް
13 އެޕްރީލު 2017

އިދިކޮޅު ލީޑަރުންނާއިމެދު ކުރާ ޝައްކު ފިލުވާލަން ޖެހޭ: އަސްލަމް

13 އެޕްރީލު 2017
އިދިކޮޅު ލީޑަރުންނާއިމެދު ކުރާ ޝައްކު ފިލުވާލަން ޖެހޭ: އަސްލަމް
10 މާރިޗު 2017

ސައުދީން ނުވަތަ ރައީސް އެބަ ދޮގުހަދާ: އަސްލަމް

10 މާރިޗު 2017
ސައުދީން ނުވަތަ ރައީސް އެބަ ދޮގުހަދާ: އަސްލަމް
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް