Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާއިން ހަކުރު އެކްސްޕޯޓްކުރާވަރު މަދުކުރުން

އިންޑިއާ ކުންފުނިތަކުން އެކްސްޕޯޓްކުރާ ހަކުރުގެ މިންވަރު 10 މިލިއަން ޓަނަށް ދަށްކުރަނީ

24 މެއި 2022 | އަންގާރަ 15:12

އެގައުމުން އެކްސްޕޯޓްކުރާ ހަކުރުގެ އަދަދު މަދުކުރަން ނުވަތަ އެ އަދަދު ކޮންޓްރޯލްކުރަން ޕްލޭން ކުރަމުން ދަނީ، ގައުމުގެ އެތެރޭގައި ހަކުރު އަގު އުފުލުނަނުދީ ހިފެހެއްޓުމަށް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 24 މެއި 2022 | އަންގާރަ 15:12
6 އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް، ކުންފުނިތަކުން އެކްސްޕޯޓްކުރާ ހަކުރުގެ މިންވަރު ދަށްކުރުމަށް އިންޑިއާގެ ސަރުކާރުން ނިންމާފައިވާކަމަށް ރިޕޯޓުތައް ބުނޭ

6 އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް، ކުންފުނިތަކުން އެކްސްޕޯޓްކުރާ ހަކުރުގެ މިންވަރު ދަށްކުރުމަށް އިންޑިއާގެ ސަރުކާރުން ނިންމާފައިވާކަމަށް ރިޕޯޓުތައް ބުނޭ | ރޮއިޓާސް

6 އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ކުންފުނިތަކުން އެކްސްޕޯޓްކުރާ ހަކުރުގެ މިންވަރު 10 މިލިއަން ޓަނަށް ދަށްކުރުމަށް އިންޑިއާގެ ސަރުކާރުން ވިސްނަމުންދާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާގޮތުން، އެގައުމުން އެކްސްޕޯޓްކުރާ ހަކުރުގެ އަދަދު މަދުކުރަން ނުވަތަ އެ އަދަދު ކޮންޓްރޯލްކުރަން ސަރުކާރުން ޕްލޭން ކުރަމުން ދަނީ ގައުމުގެ އެތެރޭގައި ހަކުރު އަގު އުފުލުނަ ނުދީ ހިފެހެއްޓުމަށެވެ. މިކަން ކުރުމަށް މި ސީޒަންގައި އެގައުމުން އެކްސްޕޯޓުކުރާ ހަކުރުގެ އަދަދު 10 މިލިއަން ޓަނަށްވުރެ އިތުރު ނުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް އިންޑިއާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވެއެވެ.

އިންޑިއާއަކީ ދުނިޔޭގައި އެންމެ ގިނައިން ހަކުރު އުފައްދާ އެއް ގައުމެވެ. އަދި އިންޑިއާއަކީ ބްރެޒިލްއަށްފަހު ދެވަނައަށް އެންމެ ގިނަ އަދަދަކަށް ހަކުރު އެކްސްޕޯޓްކުރާ ގައުމެވެ.

މީގެ ކުރިން މާޗު މަހުވެސް އިންޑިއާއިން ހަކުރު އެކްސްޕޯޓްކުރާ މިންވަރު ކޮންޓްރޯލްކުރަން އުޅޭކަމަށް ރޮއިޓަރސްއިން ވަނީ ރިޕޯޓުކޮށްފައެވެ. އޭރު ރިޕޯޓުކޮށްފައި ވަނީ މިސީޒަންގައި އެކްސްޕޯޓްކުރާ ހަކުރުގެ އެންމެ ގިނަ މިންވަރަކީ 8 މިލިއަން ޓަނު ކަމަށް ހެދުމަށް ނިންމާފައިވާކަމަށެވެ.

ބްރެޒިލުން އުފައްދާ ހަކުރުގެ އަދަދު މަދުވުމާ ތެލުގެ އަގުތައް އުފުލުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކުރުގެ އަގު އުފުލެމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ. އިންޑިއާއިން އެންމެ ފުރަތަމަ 8 މިލިއަން ޓަނަށް ވުރެ އިތުރަށް އެކްސްޕޯޓްނުކުރެވޭނެ ގޮތް ހެދުމަށް ނިންމުމަށްފަހު މިއަދަދު 10 މިލިއަށް އިތުރުކޮށްފައި ވަނީ، މިހާރު އިންޑިއާގެ ހަކުރު އުފައްދާ ކުންފުނިތަކަށް ކުރިން އަންދާޒާކުރިވަރަށްވުރެ އިތުރަށް ހަކުރު އުފެއްދޭނެކަމަށް ލަފާކުރެވުމުންނެވެ.

އިންޑިއާގެ ޝުގަރ މިލްސް އެސޯސިއޭޝަނުން އަންދާޒާކުރާ ގޮތުގައި މިއަހަރު 35.5 މިލިއަން ޓަނުގެ ހަކުރު އުފެއްދޭނެއެވެ. ނަމަވެސް މީގެ ކުރިން މި އެސޯސިއޭޝަނުން އަންދާޒާކޮށްފައި ވަނީ 31 މިލިއަން ޓަނުގެ ހަކުރު އުފެއްދޭނެކަމަށެވެ. އިންޑިއާގެ އެކި ކުންފުނިތަކުން މިހާތަނަށް 8.5 މިލިއަން ޓަނުގެ ހަކުރު މިއަހަރުގެ ތެރޭގައި އެކްސްޕޯޓްކުރަން ވަނީ ބޭރުގެ ކުންފުނިތަކާއެކު އެއްބަސްވެފައެވެ. މި 8.5 މިލިއަން ޓަނުގެ ހަކުރުގެ ތެރެއިން މިހާތަނަށް 7.1 މިލިއަން ޓަނުގެ ހަކުރު އެކްސްޕޯޓްކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަކުރު އެކްސްޕޯޓްކުރާ މިންވަރު ކޮންޓްރޯލްކުރުމަށް ނިންމާފައިވާކަމަށް އަންގާރަ ދުވަހު ރިޕޯޓުކުރުމާއެކު އިންޑިއާގެ ހަކުރު އުފައްދައި، އެކްސްޕޯޓްކުރާ ކުންފުނިތަކުގެ ހިއްސާގެ އަގު ވަނީ ދަށަށްދާން ފަށާފައެވެ. ބައެއް ކުންފުނިތަކުގެ ހިއްސާގެ އަގު އަންގާރަ ދުވަހު 8 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ބައެއް މާހިރުން ބުނާ ގޮތުގައި ކުންފުނިތަކަށް 10 މިލިއަން ޓަނުގެ ހަކުރު އެކްސްޕޯޓްކުރުމުގެ ފުރުސަތު ދިނުމަކީ، ރަނގަޅު މިންވަރެއްގެ ހަކުރު ބައިނަލްއަގުވާމީ މާކެޓުގައި ވިއްކުމުގެ ފުރުސަތު އިންޑިއާއަށް ލިބޭނެ ކަމެއް ކަމަށެވެ. 10 މިލިއަން ޓަނަކީ ރަނގަޅު އަދަދެއްކަމަށާއި މިއަދަދުގެ ސަބަބުން ކުންފުނިތަކާއި ސަރުކާރަށްވެސް ހިތްހަމަޖެހުން ލިބޭނެ ކަމަށް ބައެއް މާހިރުން ފާހަގަކުރާކަމަށް ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

ކަޝްމީރުގެ އިންޑިއާ ފަޅީގައި ހިނގި ހަމަނުޖެހުންތަކުގައި ހަ މަރު

10 އެޕްރީލު 2017
ކަޝްމީރުގެ އިންޑިއާ ފަޅީގައި ހިނގި ހަމަނުޖެހުންތަކުގައި ހަ މަރު
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
15 ފެބުރުއަރީ 2017

އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

15 ފެބުރުއަރީ 2017
އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް
07 ފެބުރުއަރީ 2017

އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް

07 ފެބުރުއަރީ 2017
އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
28 ޖެނުއަރީ 2017

އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

28 ޖެނުއަރީ 2017
އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި
26 ޖެނުއަރީ 2017

އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ

26 ޖެނުއަރީ 2017
އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ
23 ޖެނުއަރީ 2017

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް