Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްވެރިކަން ކުރާ އުޅަނދުފަހަރު

އިންޑިއާ ބޯޓަކަށް ރާއްޖޭގެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް މަސްވެރިކަންކުރުމުގެ ފުރުސަތު ދީފައެއްނުވާނެ - ފިޝަރީޒް މިނިސްޓަރ

23 މެއި 2022 | ހޯމަ 11:19

އިންޑިއާގެ ބޯޓު ގިނަވުމުގެ ޝަކުވާއެއް ކޯސްޓްގާޑުން ފާހަގަކޮށްފައެއް ނެތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 23 މެއި 2022 | ހޯމަ 11:19
މަޖިލީހުގެ ޖަލްސާގައި ޑރ. ހުސައިން ރަޝީދު ހަސަން ވާހަކަފުޅުދައްކަވަނީ

މަޖިލީހުގެ ޖަލްސާގައި ޑރ. ހުސައިން ރަޝީދު ހަސަން ވާހަކަފުޅުދައްކަވަނީ

އިންޑިއާ ބޯޓު ފަހަރަށް ރާއްޖޭގެ ގަވާއިދުގެ ބޭރުން މަސްވެރިކަންކުރުމުގެ އެއްވެސް ފުރުސަތެއް ދިވެހިރާއްޖެއިން ދީފައި ނޯންނާނެ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓަރ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ބައިގައި، ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ދެންނެވި ސުވާލަކާ ގުޅިގެންނެވެ.

Advertisement - newsAdvertisement

ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް މިނިސްޓަރަށް ދެންނެވި ސުވާލަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިދިޔަ ޑިސެމްބަރ މަހުގައި ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅާ ގުޅިގެން ކުރެއްވި ސުވާލެކެވެ. އެއީ "މިތާ އުތުރުން އެއޮއް މަސްބާނައި ނަގަނީއޭ އިންޑިއާ ބޯޓުފަހަރުން" ވިދާޅުވެފައިވާތީ އެކަން ސާފުކޮށްދެއްވުމަށް އެދިއެވެ.

ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ހުސައިން ވިދާޅުވީ، އެ ސުވާލުގެ ކުރު ޖަވާބަކީ، ނޯންނާނެ ކަމަށެވެ. ދިވެހިރާއްޖޭގެ އުތުރުގައި އިންޑިއާ އޮންނަ އިރު، އިންޑިއާ ސަރަހައްދުގައި މަސްބާނާނަމަ އެއީ، ރާއްޖޭގެ އުތުރުން މަސްބާނައި ނަގަނީ ކަމަށް ވެދާނެ ކަމަށެވެ. އަދި ދިވެހިރާއްޖެއާއި އިންޑިއާއަކީ އުތުރުގައި އެއް ބޯޑަރެއް ހިއްސާކުރާ ބައެއް ކަމަށާއި، ރާއްޖެއާއި އިންޑިއާގެ ސަރަހައްދާ ދޭތެރޭގައި 200 މޭލެއް ނޯންނަ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ގާނޫނު ހަމަޖެހިފައި އޮންނަ ގޮތުން އެމްއެންޑީއެފްގެ ކޯސްޓްގާޑުން ދިވެހިރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބަލަހައްޓަމުން ދާނެކަމަށެވެ. އަދި ބަލަހައްޓައި ބޯޓު ފަހަރު ހައްޔަރުކުރުމަށްފަހު ބަނދަރަކަށް ގެނެސް، ޕޮލިހާ ހަވާލުކޮށް، އަދި ފިޝަރީޒް މިނިސްޓްރީއާ ހަވާލުކުރާކަމަށެވެ. އެހެންކަމުން، ކުރު ޖަވާބަކީ، ހަމަ އެއްގޮތަކަށްވެސް ވަކި ގައުމެއްގެ އުޅަނދެއްވީމައި ގާނޫނުން ތަންފީޒުކުރަންޖެހޭ ކަމެއް ނުކޮށް ދޫނުކުރައްވާ ކަމަށެވެ. އަދި ވަކި ގައުމެއްގެ ބޯޓެއް ވީމައި ދޫކޮށްލަން ގާނޫނު ތަންނުދޭކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މަސްވެރިކަމުގެ ގާނޫނު 2019 އޮގަސްޓުގައި އަމަލުކުރަންފެށިފަހުން 8 އުޅަނދު ހިފަހައްޓައި، އޭގެތެރެއިން 5 އުޅަނދަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެހެންކަމުން ގާނޫނުން އަޅަންޖެހޭ ފިޔަވަޅުތައް، އެއީ ކޮން ގައުމެއްގެ ކާކުގެ ކޮން ދޯންޏެއްތޯ ނުބަލައި ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް