Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޒިޔަދަމްގެ މަރުގެ މައްސަލަ

ޒިޔަދަމްގެ މަރު: ޚުލާސާ ބަޔާން ލަސްވަމުންދާތީ ދައުލަތާއި ޝަރީއަތުގެ ކަންބޮޑުވުން

ކްރިމިނަލް ކޯޓުގައި މި މައްސަލަ މިހާރު ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 23 މެއި 2022 | ހޯމަ 05:34
މި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ހީނާވިލާ، މުހައްމަދު ޝަނޫނާއި، ބީޗްވިލާ އަލީ ސިފާމްގެ މައްޗަށް

މި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ހީނާވިލާ، މުހައްމަދު ޝަނޫނާއި، ބީޗްވިލާ އަލީ ސިފާމްގެ މައްޗަށް

ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމް މަރާލި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ އެރަށު ހީނާވިލާ، މުހައްމަދު ޝަނޫނާއި، ބީޗްވިލާ އަލީ ސިފާމްގެ މައްޗަށެވެ.

Advertisement - newsAdvertisement

ޒިޔަދަމްގެ މަރަށް 7 އަހަރުވެފައިވާއިރު، މި މައްސަލައިގެ ޚުލާސާ ބަޔާން އަދިވެސް އިއްވިފައެއް ނުވެއެވެ. އެގޮތުން 25 އޭޕްރީލް 2022 ގައި ބޭއްވިއަޑުއެހުމުގައިދައުލަތުން ޚުލާސާ ބަޔާނުގެ އެއްބައި ހުށައަޅާފައިވާއިރު، ޝަރީއަތުގެ ވަގުތު ހަމަވިއިރުވެސް ދައުލަތުގެ ޚުލާސާ ބަޔާން ނުނިމޭތީ ހޯމަ ދުވަހު އޮތީ ޚުލާސާ ބަޔާނުގެ ބާކީ ބައި ކުރިއަށް ގެންދިއުމެވެ.

އެހެންނަމަވެސް، މި އަޑުއެހުން ފެށުމާއެކު، ދައުވާލިބޭ މުޙައްމަދު ޝަނޫން ވަނީ އޭނާގެ ބަލި ހާލަތު ހުރި ގޮތުގެ ސަބަބުން ޝަރީއަތުގައި އިންނަން ދަތިިކަމަށް ބުނެފައެވެ. އެގޮތުން ބޭރަށް ހިންގުމާއި، ބޮލުގައި އާދަޔާ ޚިލާފަށް ރިއްސާތީ އޭނާއަށް ޝަރީއަތުގައި އިނުން ދަތިކަމަށް ގާޒީ އަރިހުގައި އޭނާ ބުންޏެވެ.

ކްރިމިނަލް ކޯޓުގައި މިހާރު މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ. ގާޒީ ވިދާޅުވީ، މިއީ ޖިނާއީ ބޮޑު މައްސަލައެއް ކަމަށާއި، މައްސަލަ ކެންސަލް ކޮށްފިނަމަ ގިނަ ވަގުތުތަކެއް ބޭކާރުވެގެންދާ ކަމަށެވެ. ބަލި ހާލަތެއް މެދުވެރިވެއްޖެނަމަ އަމަލުކުރަންޖެހޭ އުސޫލުތަކެއްވެސް އޮންނަކަން ގާޒީ ފާހަގަ ކުރެއްވިއެވެ. މި މައްސަލައަކީ ގާޒީ ބައްލަވަމުން ގެންދަވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވީ އެއް މައްސަލަކަންވެސް ފާހަގަކުރެއްވިއެވެ.

އެކަމާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ދައުލަތަށް ދެއްވި ފުރުސަތުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، މި މައްސަލައިގައި ފެބްރުއަރީން ފެށިގެން ޚުލާސާ ބަޔާން އިއްވުމަށް މަސައްކަތް ކުރެވެމުންދާއިރު، މައްސަލަ މިހާ ދިގުލައިގެން ދިއުމަކީ ދައުލަތުގެ ނުހަނު ބޮޑު ކަންބޮޑުވުމެއް އޮތް ކަމެއް ކަމަށެވެ.

މި އަޑުއެހުމުގައި އަލީ ސިފާމްގެ ވަކީލު އަހުމަދު ޔާމީން ވަނީ ދައުލަތުގެ ޚުލާސާ ބަޔާނުގެ ބާކީ ބަޔާއި، ސިފާމްގެ ބައި ކުރިއަށް ގެންދެވުމަށް އެދިލައްވާފައެވެ. ނަމަވެސް، މި މައްސަލައިގައި ދެފަރާތަށް ހަމަހަމަ ފުރުސަތުތައް ދެއްވުމަށްޓަކައި ޤާނޫނީ ނުކުތާތައް ދެފަރާތުން އެކުގައި ކުރިއަށް ގެންދަވަން ބޭނުންފުޅުވާކަމަށް ގާޒީ ވިދާޅުވިއެވެ.

ދައުލަތުން ބުނާ ގޮތުގައި ދެމީހުންގެ މައްޗަށްވެސް ޚުލާސާ ބަޔާން އިއްވަނީ އެކުއެކީގައެވެ. ވުމާއެކު، ގާޒީވެސް ބޭނުންފުޅުވަނީ އެ ދެމީހުންގެ ބައި އެކުގައި ކުރިއަށް ގެންދެވުމަށެވެ.

މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ވަނީ 4 ޖޫން ވާ ހޮނިހިރު ދުވަހު މައްސަލަ އަލުން ތާވަލު ކުރެއްވުމަށް ނިންމަވާފައެވެ. އެއީ ވީހާވެސް އަވަހަށް މައްސަލަ ކުރިއަށް ގެންދެވުމަށްޓަކައެވެ. އެ އަޑުއެހުމުގައި ޚުލާސާ ބަޔާން އެއްކޮށް ނިންމަވާނެކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވަނީ ބަލި ޙާލަތު ގޯސްނަމަ އޮންނަ އުސޫލުގެ މަތިން ކުރީބައިގައި އެންގެވުމަށް ދަންނަވާފައެވެ.

ތޫނު އެއްޗަކުން ހަމަލާދީ ޒިޔަދަމް މަރާލާފައިވަނީ 2015 ވަނަ އަހަރުގެ މާރޗު މަހުގެ 20 ވަނަ ދުވަހުގެ ރޭ 10:30ހާއިރުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު