Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޔާމީން މޮޅުވާހަކައެއް ދައްކަވަން އުޅުއްވައިގެން މިފަހަރުވެސް އަތަށް...

ގުދޯ ގުދޯ ނުގޮވާ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 22 މެއި 2022 | އާދީއްތަ 05:35
އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން

ބަހެއް ބުނެފިނަމަ އެބަހެއް ބުނިމީހާ ވެގެން ދަނީ އެބަހުގެ އަޅަކަށެވެ. އެބަހަކުން ނުނެއްޓެވޭނެ މީހަކަށެވެ. އިސާހިތަކު އެބަހަކާ ގުޅިގެން ތަފާތު ވާހަކަތައް މީހުން ދައްކާން ފަށައެވެ. ނޫސްވެރިންނާއި ލިޔުންތެރިންވެސް ލިޔެއުޅެއެވެ. އަދި ޚާއްޞަކޮށް ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައި މިއަދު މިއޮތްވަރުން މީސް މީޑިއާގައި ރަނގަޅަށް އެކަމާ ބަހުސް ފެށެއެވެ.

މި ބީދައިން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅެއް އަނެއްކާވެސް އެވަނީ ފަތުއަޑުކިޔާފައި އެނބުރެން ފަށާފައެވެ. ވިދާޅުވެވުނު ބަސްފުޅަކުން "ސޯޝަލް މީޑިޔާ ފްލަޑް" ވެއްޖެއެވެ. ބައެއް ފަހަރަށް އެމަނިކުފާނު ސާފުސީދާ ދިވެހި ބަހުން ވިދާޅުވާ ވާހަކަފުޅުތައްވެސް އެޕާޓީގެ ކޮންމެވެސް އެހެން މީހަކު ތަރުޖަމާ ކުރައްވައެވެ. އަސްލު ވިދާޅުވާން އުޅުއްވި އެއްޗެއް ފަހުން ހާމަކޮށްދެވޭތޯ އެ ތަރުޖަމާނު ބަލައެވެ.

ނަމަވެސް މިފަހަރު ފަހުން އެތަރުޖަމާ އަޔަސް ނަޔަސް މިހާރު އެވަނީ އެމަނިކުފާނު އެވިދާޅުވި އެއްޗަކަށް ގިނަ ބައެއްގެ ފާޑުކިއުންތައް އޮއްސާލާފައެވެ. ޓްވިޓަރ އާއި ފޭސްބުކް އަދި އޮންލައިން ނޫސްތަކުގެ ކޮމެންޓްތަކުން ފިސާރި ރައްދު ދީފައެވެ.

މިފަހަރު މޮޅުވާހަކައެއް ދައްކަވަން އެމަނިކުފާނު ވިދާޅުވީ "އިންޓެލް ރިޕޯޓް ހޯދައިގެން ތަޙުޤީޤަށް މީހުން ހައްޔަރުކޮށްގެން ނުވާނެ" ކަމަށެވެ. އަމިއްލަފުޅު ޕާޓީގެ އެތެރޭގެ ޖަލްސާއެއްގައި ވިދާޅުވި މި ބަސްފުޅާއެކު ރައްޔިތުންގެ ތެރެއިން ގިނަބަޔަކު އެރީ ރަތަށެވެ. ކެކިއަރައިގަތެވެ. ދެނެކާ ދެނެއް ނެތެވެ. ބައެއް މީހުން ފެށީ "ހަނދާން ނެތުނީ ހާދަ އަވަހަކަށޭ. ތިޔައީ ބޮޑުވަރޭ. އަހަރެމެން މިތިބީ ހަމަހޭގައޭ" ބުނަމުންނެވެ. އަދި ގުދޯގުދޯ ގޮވުމަކީ ވަރަށް ހަޑިކަމެއް ކަމަށްވެސް ހަނދާންކޮށްދޭން ފެށިއެވެ.

އެފަދަ މީހަކަށް ނުހުރެވިގެން ކުރި ކޮމެންޓެއްގައި ބުނަނީ "މި ބޭފުޅާ ތިޔަ ބުނާ އެއްޗެއްގެ ބޭނުންކޮށްގެން މީހުން ހިފާ ހައްޔަރުކުރީ އިއްޔެ މެންދުރު! މިހާ އަވަހަށް ހަނދާން ނެތުމަކީ ނުވަތަ ހަނދާން ނެތްކަމަށް ހެދުމަކީ މިބޭފުޅާގެ ޖައްބާރުކަން ނުވަތަ ސިކުނޑީގެ އުނިކަމެއް ހުރިކަމުގެ އަލާމާތެއް" ކަމަށެވެ.

ވާހަކަފުޅު ދައްކަވަން ލަދުގަންނަން ޖެހޭނެ ކަމަށާއި ފަސް އަހަރުގެ ވެރިކަމުގެ ތެރޭގައި ނުހައްގުން ހައްޔަރުކޮށް ޖަލަށްލީ މީހުންގެ އަދަދު އަމިއްލަފުޅަށްވެސް އެނގިވަޑައިނުގަންނަވާ ކަމަށް އަދި އެއިން އެއްވެސް މީހަކަށް ބޭސްފަރުވާކޮށްދީ ބަދަލު ދިންތޯ އަމިއްލައަށް ވިސްނަވާލެއްވުމަށް މީހަކު ގޮވާލިއެވެ. އަދި ބައެއް މީހުންނަށް ހުކުމްކުރީވެސް ހޮސްޕިޓަލުގައި ތިއްބާ ކަމަށާއި އެއްބަޔަކު ހައްޔަރުކުރީ ކޯޓު އަމުރެއް ނެތި މިލިޓްރީ ފޮނުވައިގެން ފުރާޅުން ޓިނުނަގައިގެން ކަމަށްވެސް އެމީހާ ބުންޏެވެ.

"ﷲ އަކުބަރު. ބުނާނެ އެއްޗެއް ނެތް. މަނިކުފާނަށް ސާބަސް" މީހަކު ބުންނެވެ.

"އަޅެފަހެ މީނާ ދައްކާ ވާހަކައިން މީހަކު މޮޔަވެދާނެޔޭ" ބުނަމުން މީހަކު ސުވާލުކޮށްފައިވަނީ ރައީސް ޔާމީން "ހަމަ" ތޯއެވެ. އަދި ލަދުގެ ކަންފުޅެއް ނެތީތޯވެސް އޭނާ އެހިއެވެ.

ރައީސް ޔާމީންގެ އެވާހަކަފުޅަށް ކޮމެންޓްކުރި އެހެން މީހަކު ބުނީ "ކޮށްގެން ވާނެ ކަންކަމާ ނުކުރަންވާ ކަންކަމާ މީކީ ރައީސް ޔާމީނުމެން ކަހަލަ މީހުން ދިވެހި ރައްޔިތުންނަށް ކިޔައިދޭން މާ ތާހިރު ވާހަކައެއް ނޫން" ކަމަށެވެ.

މިއީ ރައީސް ޔާމީން ވިދާޅުވި އެވާހަކަފުޅާ ގުޅިގެން އޮންލައިން ބައެއް ނޫސްތަކުގައި ހުރި ބައެއް ކޮމެންޓްތަކެވެ. މިއީ އަދި ނަކަލު ކޮށްލެވުނު ކުޑަ މިންވަރެކެވެ.

ކޮންމެއަކަސް އަނެއްކާވެސް މިދިމާވީ މުޅިން އެހެން ގޮތެކެވެ. ދައްކަވަން އުޅުއްވި މޮޅު ވާހަކައަކުން މިފަހަރުވެސް މިގޮވީ އަތަށެވެ. ތަރުހީބު ލިބުމުގެ ބަދަލުގައި އިއްޔެ މެންދުރު ކަންކުރިގޮތް ރަނގަޅަށް އަނެއްކާވެސް ހަނދާންކޮށްދިނީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަވާބްދާރީ ވުމުގެ ފުރުސަތު ދިނުމުގައި ރައީސް ޔާމީން ވަރެއް ނެތް

ޖަވާބްދާރީ ވުމުގެ ފުރުސަތު ދިނުމުގައި ރައީސް ޔާމީން ވަރެއް ނެތް

04 ޖޫން 2017
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

03 ޖޫން 2017
ރިލުވާނާއި ޔާމީންގެ މަންމަގެ އިހްސާސްތައް، ހިތްފަޅައިގެން ހިނގައްޖެ!

ރިލުވާނާއި ޔާމީންގެ މަންމަގެ އިހްސާސްތައް، ހިތްފަޅައިގެން ހިނގައްޖެ!

15 މެއި 2017
ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟

ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟

07 މެއި 2017
ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

26 އެޕްރީލު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު