Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފިނިފެންމާ ލޯންޗު ގޮއްވާލުމުގެ މައްސަލަ

އަދީބާއި ދައުލަތާ ދެމެދު ވެފައިވާ އެއްބަސްވުމަކީ ފިނިފެންމާ ލޯންޗު ގޮއްވާލުން ތަހުޤީޤުނުކުރުން: ޔާމީން

2015 ވަނަ އަހަރު ހިނގާދިޔަ މިހާދިސާގައި ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް އާއި ހަށިފާރަވެރިންނަށް އެކިވަރުގެ ޒަޚަމްތައް ލިބިވަޑައިގަތް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 22 މެއި 2022 | އާދީއްތަ 05:20
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރިޔާސީ ލޯންޗުކޮޅު ގޮއްވާލި ހާދިސާ ތަހުގީގުނުކުރުމަށް މިސަރުކާރުން ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއެކު އެއްބަސްވުމެއް ހަދާފައިކަމަށް ޔާމީން ވިދާޅުވެއްޖެއެވެ.

2015 ވަނަ އަހަރު ހިނގާދިޔަ މިހާދިސާގައި ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް އާއި ހަށިފާރަވެރިންނަށް އެކިވަރުގެ ޒަޚަމްތައް ލިބިވަޑައިގަތެވެ. އެމައްސަލައިގައި އަދީބުގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވިނަމަވެސް އެހުކުމް ފަހުން ވަނީ ބާތިލުކޮށްފައެވެ.

Advertisement - newsAdvertisement

މިހާދިސާއާ ގުޅޭގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ތަރުޖަމާނުގެ މަޤާމުގައި ހުންނެވި އިބްރާހީމް މުއާޒު އަލީ ވަނީ ވާހަކަދައްކަވާފައެވެ. އަދި މުއާޒަށް ރައްދުދެއްވަމުން ހޮނިހިރު ދުވަހުގެ ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ފިނިފެންމާ ލޯންޗުކޮޅު ގޮއްވާލި ހާދިސާ ރައީސް އޮފީސްތެރޭ ފުލުހުންނާއި ސިފައިން ހިމެނޭ ގޮތަށް ކޮމިޝަނެއް ނަގައިގެން އެކަން ކުރިއިރު އެކަމާއި ބެހޭ ގޮތުން އެއްޗެއް ވިދާޅުވާން ނުކުރެނުކަމަށެވެ. ނަމަވެސް ހާލަތު ބަދަލުވުމުން އެވާހަކަދައްކަވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނާ ދެކޮޅަށް ހުރިހާ ހެކިބަހެއް ދޭން އަދީބު ބޭނުންކުރަންޖެހޭ ސަބަބެއް އޮންނަންވާނެކަމަށެވެ.

ޔާމީން ވިދާޅުވީ ޤާނޫނުތަކަށް ބަދަލު އަންނަންޖެހޭކަމަށެވެ. ބޮޑެތި ޓެރަރިޒަމްގެ އަމަލު ހިންގުމުން އެއީ އެމައްސަލަ ދޫކޮށްލަން ނިންމުންއެއީ ދައުލަތަށް ނުވަތަ އޭރަކު ހުންނަ ވެރިއަކަށް ނިންމޭނެކަމެއް ނޫންކަމަށެވެ. އެކަމަކީ ގެއްލުން ލިބުނު މީހެއްގެ ހައްޤެއްކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ކޯޓުގެ ފަނޑިޔާރުން ބަދަލުވުމުން ކުރީގައި ނިންމާފައި ހުރި ކަންކަން އަނެއްކޮޅަށް ބަދަލުކުރުމުގެ އިޚުތިޔާރު ލިބޭކަމަށެވެ. ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި މިކަން ހިނގަނީ މިއުސޫލުން ނޫންކަމަށް ޔާމީން ވިދާޅުވިއެވެ. ވަކި ހާލަތްތަކެއްގައި ވަކި ވަރަކަށް ދަލީލުތައް ލިބުމުން ސްޕްރީމް ކޯޓުން ނިންމާފައި ހުންނަ ބޮޑެތި މައްސަލަތައް އެނޫން ގޮތަކަށް ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ބަދަލުކުރާކަމަށް ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގައި ކަންކަން ވަނީ އެހެން ނޫންކަމަށާއި ސަރުކާރުން ބަދަލުވުމުން ކަންކަން ބަދަލުވަމުންދާކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީންގެ ވާހަކަފުޅުގައި ވަނީ މުއާޒަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. އެގޮތުން ހާލަތު އެހެން ގޮތަކަށް ބަދަލުކުރުމަށް މުއާޒު ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާކަމަށް ޔާމީން ވިދާޅުވިއެވެ.

2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ރޭ އިބްރާހީމް މުއާޒު އަލީ ޕީޕީއެމް އިން އިސްތިއުފާ ދެއްވަމުން ވިދާޅުވީ ފިނިފެންމާ ލޯންޗުކޮޅުގައި ބޮން ގޮވާތަނުގައި ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ބޭންދެވީ އެމަނިކުފާނުކަމަށެވެ. މޫކައި ހޮޓެލްގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން މުއާޒު ވިދާޅުވީ، ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާ ހިނގި ދަތުރުފުޅުގައި ރައީސް ޔާމީން އަމަލުފުޅު ކުރެއްވީ އެހެން ދަތުރުފުޅުތަކުގައި އަމަލު ކުރައްވާ ގޮތަށް ނޫން ކަމަށެވެ. އެގޮތުން ލޯންޗްކޮޅަށް އަރައި ވަޑައިގަންނަވާ ރައީސް ޔާމީން އެދުވަހު އިށީނދެވަޑައިގަތީ އާންމުކޮށް އިށީނދެވަޑައިގަންނަވާ ގޮނޑިކޮޅުގައި ނޫން ކަމަށާއި، އެގޮނޑިކޮޅުގައި އިށީނދެވަޑައިގަތީ އެމަނިކުފާނުގެ އަނބިކަބަލުން ފާތުމަތު އިބްރާހިމް ކަމަށެވެ. މުއާޒު ވިދާޅުވީ މެޑަމް ފާތުން، ބޮން ގޮވި އެ ގޮނޑިކޮޅުގައި ބޭނދެވީ ރައީސް ޔާމިން ކަމަށެވެ. 

މުއާޒު ވިދާޅުވީ ލޯންޗްކޮޅުގައި އެއްޗެއް ގޮވިއިރު، އަޑު ހުރީ ރައީސް ކަމަށް ހުވާކުރައްވާއިރު، އެމްއެންޑީއެފުން އަރުވާ 21 ބަޑީގެ ސަލާމްގެ އަޑު ހުންނަ ގޮތަށް ކަމަށެވެ. އަދި ލޯންޗްކޮޅުން އަލިފާނުގެ އެއްވެސް އަސަރެއް، ކުލައެއް ފެނިފައިނުވާ ކަމަށެވެ. މީގެ އިތުރަށް މުއާޒު ވިދާޅުވީ މި މައްސަލަ ތަހުގީގު ކުރުމަށް ކޮމިޝަނަށް އެކުލަވާލެއްވުމަށްފަހު އެކޮމިޝަންގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެމައްސަލަ ތަހުގީގު ކުރަވަމުން ގެންދެވި ކަމަށާއި، އަދި އެހާދިސާގެ ވީޑިއޯ ނޫސްވެރިންނަށް ދެއްކުމަށް ސީޑީއެއް ދެއްވި ކަމަށެވެ. އަދި އެވީޑިއޯއިން އަލަށް ލޯންޗްކޮޅުން އަލިފާނުގެ ކަނި ފެނިގެން ދިޔަ ކަމަށެވެ.

މުއާޒު ވިދާޅުވީ އަލިފާން ލޯންޗުކޮޅުން ފެނުމުން ހައިރާންވެވަޑައިގެންނެވި ކަމަށާއި، އެލޯންޗްކޮޅުގައި ތިއްބެވި އެހެން ބޭފުޅުންނާއި ސުވާލުކުރުމުން ވެސް އެބޭފުޅުންނަށް އަލިފާނުގެ އެއްވެސް ކަމެއް ލޯންޗްކޮޅުން ނުފެންނަ ކަމަށް ވިދާޅުވެފައިވާ ކަމަށް މުއާޒު ފާހަގަކުރެއްވިއެވެ.

މުއާޒު ވިދާޅުވީ އެވީޑިއޯއިން އަލިފާން ފެންނަތީ އެއީ ކޮންތާކުން ހޯދި ވީޑިއޯއެއްތޯ ސުވާލު ކުރުމުން އެއީ ރައީސް އޮފީހުގެ ކެމެރާއަކުން ނެގިފައިވާ ވީޑިއޯ އެއް ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް ރައީސް އޮފީހުގެ އެއްވެސް މުވައްޒަފަކު ހުޅުލެއިން، މާލެއަށް އަންނަންދެން ކެމެރާ ރިކޯޑް ކޮށްގެން ހުންނާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ވީޑިއޯ ވަރަށް ފަސޭހައިން އެޑިޓް ކުރެވޭނެކަން ފާހަގަކުރައްވައި މުއާޒު ވިދާޅުވީ މިމައްސަލާގައި ސުވާލު އުފެދޭ ގިނަކަންކަން ހިނގާފައިވާ ކަމަށާއި، މިމައްސަލަ މިސަރުކާރުން އަލުން ތަހުގީގު ކުރަންޖެހޭ ކަމަށެވެ. އަދި މިހާދިސާގައި ފޮރުވިފައިވާ ކަންތައްތަކެއްވާ ކަމަށް ވެސް މުއާޒު ތުހުމަތުކުރެއްވިއެވެ.

އިތުރަށް ކިޔާލަން

30 މާރިޗު 2017

ސީއެސްސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

30 މާރިޗު 2017
ސީއެސްސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި
22 މާރިޗު 2017

ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ އަސްލަކީ މަޖިލީސް، މަސީހު ބަދަލުކުރެވޭނެ:ޕާޓީތައް

22 މާރިޗު 2017
ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ އަސްލަކީ މަޖިލީސް، މަސީހު ބަދަލުކުރެވޭނެ:ޕާޓީތައް
15 މާރިޗު 2017

އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް އަރައިފި

15 މާރިޗު 2017
އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް އަރައިފި
09 މާރިޗު 2017

މަޖިލީސް ވާވެފައިވާ ތަނަކަށް ހެދީ މަސީހު، އޭނާ ބޭރުކުރާނަން: ގަފޫރު

09 މާރިޗު 2017
މަޖިލީސް ވާވެފައިވާ ތަނަކަށް ހެދީ މަސީހު، އޭނާ ބޭރުކުރާނަން: ގަފޫރު
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު