Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ ޔޫކްރެއިން ހަނގުރާމަ

ހަނގުރާމަ ނިމުމަކަށް ގެނެވޭނީ "ޑިޕްލޮމަސީ" ގެ މަގު އިޚުތިޔާރުކޮށްގެން: ޒެލެންސްކީ

22 މެއި 2022 | އާދީއްތަ 01:59

ޒެލެންސްކީ ވިދާޅުވީ އެއްވެސް ޝައްކެއްނެތް ގޮތަށް ހަނގުރާމަ ހުއްޓުމަކަށް ގެނެވޭނީ މަޝްވަރާގެ މޭޒުންކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 22 މެއި 2022 | އާދީއްތަ 01:59
ޔޫކްރެއިންގެ ރައީސް ވްލޮޑޮމިރް ޒެލެންސްކީ

ޔޫކްރެއިންގެ ރައީސް ވްލޮޑޮމިރް ޒެލެންސްކީ

ރަޝިޔާ އާއި ޔޫކްރެއިންގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެވޭނީ ހަމައެކަނި "ޑިޕްލޮމެސީ"ގެ މަގު އިޚުތިޔާރުކޮށްގެންކަމަށް ޔޫކްރެއިންގެ ރައީސް ވްލޮޑޮމިރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ޔޫކްރެއިންގެ ޤައުމީ ޓީވީން ރައްޔިތުންނާއި މުޚާތަބުކުރައްވަމުން ޒެލެންސްކީ ވިދާޅުވީ ރަޝިޔާގެ ފައުޖުތަކާއި ދެކޮޅަށް ޔޫކްރެއިން އަށް ނަސްރުލިބޭނެކަމަށެވެ. ނަމަވެސް ޒެލެންސްކީ ވިދާޅުވީ އެއްވެސް ޝައްކެއްނެތް ގޮތަށް ހަނގުރާމަ ހުއްޓުމަކަށް ގެނެވޭނީ މަޝްވަރާގެ މޭޒުންކަމަށެވެ.

ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ކުރިޔަށްދިޔަ ސުލްހައިގެ ވާހަކަތައް މެދުކެނޑިފައިވާއިރު ރަޝިޔާއިން އަންނަނީ ޔޫކްރެއިންގެ ލުހާންސްކް ސަރަހައްދަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. ދެކުނު ސިޓީއެއްކަމުގައިވާ މަރިޕޯލްގައި ހިނގަމުންދިޔަ ހަމަލާ ބަދަލުކުރުންތައް ހުއްޓުމާއެކު ރަޝިޔާގެ ފައުޖުތަކަށް މިހާރު ވަނީ ހަމަލާތައް އެހެން ސަރަހައްދުތަކުގައި ބާރުގަދަ ކުރުމުގެ ފުރުސަތު ލިބިގެން ގޮސްފައެވެ.

އެސަރަހައްދުގެ ގަވަރުނަރު ވިދާޅުވީ ރަޝިޔާއިން އަންނަނީ އެސަރަހައްދު ސުންނާފަތިކުރަމުންކަމަށެވެ.

ޓީވީން ރައްޔިތުންނާ މުޚާތަބުކުރައްވާ ޒެލެންސްކީ ވިދާޅުވީ ހަނގުރާމައިގެ ކުރިޔަށް އޮތްތަނުގައި ގިނަ ލޭ އޮހޮރުވުންތަކެއް ހިނގާނެކަމަށެވެ. އަދި ހަމަލާތައް ކުރިޔަށްދާނެކަމަށާއި ނަމަވެސް މިކަން ނިމުމަކަށް އަންނާނީ އެކަށީގެންވާ "ޑިޕްލޮމެސީ" ގެ އުސޫލެއްގެ ދަށުން ކަންކަން ގޮސްގެންކަމަށެވެ. ނަމަވެސް އެއީ ފަސޭހަކަމެއް ނޫންކަމަށާއި އެއްވެސް ފަރާތަކުން ތިބީ ދޫދޭ ގޮތަކަށް ނޫންކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ޔޫކްރެއިންގެ ފަރާތުން ސުލްހައިގެ ވާހަކަތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ މިކައިލޯ ޕޮޑޯލްޔަކް ވިދާޅުވީ ވާހަކަތައް އޮތީ މެދުކެނޑިފައި ކަމަށެވެ. ބުދަ ދުވަހު ކްރެމްލިންގެ ސްޕޯކްސްމަން ޑިމިޓްރީ ޕެސްކޮވް ވިދާޅުވީ ވާހަކަތައް ކުރިޔަށްގެންދަން ބޭނުންނުވަނީ ޔޫކްރެއިން ކަމަށެވެ. ރަޝިޔާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި އެންމެފަހުން ދެ ފަރާތުގެ ދެމެދުގައި ވާހަކަތައް ކުރިޔަށް ގެންގޮސްފައިވަނީ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުއެވެ.

ހަނގުރާމައަށް ނިމުމެއް އަންނާނެކަމުގެ އެއްވެސް ކޮޅެއް ފެންނަމުންނުދާއިރު އެމެރިކާއިން އަންނަނީ އަސްކަރީ ގޮތުންނާއި އިގްތިޞާދީ ގޮތުންނާއި އިންސާނީ ވަސީލަތުގެ ގޮތުން ޔޫކްރެއިން އަށް ކެނޑިނޭޅި އެހީދެމުންނެވެ.

ހޮނިހިރު ދުވަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ޔޫކްރެއިންއަށް 40 ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ސޮއިކުރައްވާފައެވެ. މީގެތެރޭގައި ކުރިޔަށް އޮތް ފަސް މަސް ދުވަހަށް ބޭނުންވާ ހަތިޔާރު އެޅި އުޅަނދުތަކާއި ވައިގެ މަގުން ދިފާއުކޮށްދޭނެ ވަސީލަތްތައް ފޯރުކޮށްދިނުން ހިމެނެއެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
23 ޖެނުއަރީ 2017

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

23 ޖެނުއަރީ 2017
ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ
17 ޖެނުއަރީ 2017

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

17 ޖެނުއަރީ 2017
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް