Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާއަށް އެހީ ފޯރުކޮށްދިނުން

އިންޑިއާއިން ލަންކާއަށް އިތުރު 40،000 ޓަނުގެ ޑީސެލް ފޯރުކޮށްދީފީ

ޖެނުއަރީން ފެށިގެން މިހާތަނަށް އިންޑިއާއިން ލަންކާއަށް ގާތްގަނޑަކަށް 3.5 ބިލިއަން ޑޮލަރުގެ އެހީވަނީ ފޯރުކޮށްދީފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 21 މެއި 2022 | ހޮނިހިރު 15:17
އޭޕްރިލް މަހު އިންޑިއާއިން ވަނީ ލަންކާއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އެހީވުމުގެ ގޮތުން ތެލަށް ހަރަދުކުރަން 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ފޯރުކޮށްދީފައި

އޭޕްރިލް މަހު އިންޑިއާއިން ވަނީ ލަންކާއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އެހީވުމުގެ ގޮތުން ތެލަށް ހަރަދުކުރަން 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ފޯރުކޮށްދީފައި

އިންޑިއާއިން ލަންކާއަށް އިތުރު 40،000 ޓަނުގެ ޑީސެލް ފޯރުކޮށްދީފިއެވެ.

ހޮނިހިރު ދުވަހު އިންޑިއާއިން ލަންކާއަށް 40،000 ޓަނުގެ ޑީސެލް ފޯރުކޮށްދީފައި ވަނީ އެގައުމުން ލަންކާއަށް ފޯރުކޮށްދީފައިވާ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އޭޕްރިލް މަހު އިންޑިއާއިން ވަނީ ލަންކާއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އެހީވުމުގެ ގޮތުން ތެލަށް ހަރަދުކުރަން 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ފޯރުކޮށްދީފައެވެ.

އިންޑިއާއިން ލަންކާއަށް އިތުރު ޑީސެލް ފޯރުކޮށްދޭނެކަމަށް ބުނެފައި ވަނީ ލަންކާގައި ހުންނަ އިންޑިއާ ހައިކޮމިޝަނުންނެވެ.

މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު އިންޑިއާއިން ވަނީ ލަންކާއަށް 400،000 ޓަނުގެ ޑީސެލް ފޯރުކޮށްދީފައެވެ.

ލަންކާގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވަނީ އިންޑިއާއިން ލަންކާއަށް ހަނޑޫ، ބޭސް އަދި ހިކި ކިރު ހިފައިގެން އަންނަ ބޯޓެެއް މިހަފުތާގެ އާދިއްތަ ދުވަހު ލަންކާއަށް ދާނެ ކަަމަށްވެސް ބުނެފައެވެ. މީގެ ތެރޭގައި 9،000 މެޓްރިކްޓަނުގެ ހަނޑޫ، 200 މެޓްރިކްތަނުގެ ހިކި ކިރު އަދި 24 މެޓްރިކްޓަނުގެ ބޭސް ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ ޖުމްލަ 5.6 މިލިއަން ޑޮލަރުގެ އެހީއެވެ.

ލަންކާއަށް ކުރިމަތިވެފައިވާ ކާރިސާގައި މިއަހަރުގެ ޖެނުއަރީއިން ފެށިގެން މިހާތަނަށް އިންޑިއާއިން އެގައުމަށް ގާތްގަނޑަކަށް 3.5 ބިލިއަން ޑޮލަރުގެ އެހީވަނީ ފޯރުކޮށްދީފައެވެ.

އިތުރަށް ކިޔާލަން

15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
10 މާރިޗު 2017

އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ

10 މާރިޗު 2017
އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ
28 ފެބުރުއަރީ 2017

ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

28 ފެބުރުއަރީ 2017
ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް
22 ފެބުރުއަރީ 2017

އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން

22 ފެބުރުއަރީ 2017
އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން
20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު