Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޗެއަރޕަރސަން އިންތިޚާބު ދާއިމީ ނަތީޖާ

ފައްޔާޒް ކުރި ހޯއްދެވީ 7،189 ވޯޓުގެ ތަފާތަކުން

21 މެއި 2022 | ހޮނިހިރު 14:23

ދާއިމީ ނަތީޖާގައި ފައްޔާޒަށް ލިބިފައިވަނީ 27،406 ވޯޓު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 21 މެއި 2022 | ހޮނިހިރު 14:23
އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން

މިމަހުގެ 14 ވަނަ ދުވަހު ބޭއްވުނު އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ޗެއަރޕަރސަންއިންތިޚާބާއި އަންހެނުންގެ ރޫހުގެ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާނުކޮށްފިއެވެ.

ވާދަވެރިކޮށް ކުރިއަށްދިޔަ އިންތިޚާބުގައި ޗެއަރޕަރސަން ހޮވުމަށް ޖުމްލަ 48،583 މެމްބަރުން ވޯޓު ލާފައިވެއެވެ. ގެ މަގާމު ކާމިޔާބުކުރައްވާފައިވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްއަށް ލިބިވަޑައިގެންނެވި ވޯޓުގެ އަދަދު ވަނީ 27،406 އަށް އަރާފައެވެ. އެއީ ވޯޓު ލީ މީހުންގެ 58 އިންސައްތައެވެ. ވަގުތީ ނަތީޖާއިން ދެއްކި ގޮތުގައި ފައްޔާޒްއަށް 28،514 ވޯޓު ލިބިވަޑައިގެންފައިވެއެވެ. ދާއިމީ ނަތީޖާ އިއުލާނުކުރިއިރު މި އަދަދު މިވަނީ ދަށްވެފައެވެ.

Advertisement - newsAdvertisement

ފައްޔާޒްއާއި ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެމްބަރ އިމްތިޔާޒު ފަހުމީ (އިންތި)އަށް ލިބިވަޑައިގެންފައިވަނީ 20،217 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 42 އިންސައްތައެވެ. ވަގުތީ ނަތީޖާއިން އިންތިއަށް 20،856 ވޯޓު ލިބިފައިވާކަމަށް ދައްކާފައިވީނަމަވެސް މިހާރު އިންތިއަށް ލިބުނު ވޯޓު ވެސް މިވަނީ ދަށްވެފައެވެ.

ވަގުތީ ނަތީޖާ އިއުލާނުކުރިއިރު ފައްޔާޒްއާއި އިންތިއަށް ލިބުނު ވޯޓުގެ މެދުގައި 7،658 ވޯޓުގެ ތަފާތެއް ވެއެވެ. ދާއިމީ ނަތީޖާގައި މި ތަފާތު ވަނީ 7،189 އަށް ދަށްވެފައެވެ. މި އިންތިޚާބުގައި ވޯޓުލީ 48،583 މެމްބަރުންގެ ތެރެއިން ސައްހަ ވޯޓުގެ ގޮތުގައި ގުނާފައިވަނީ 47،623 ވޯޓެވެ. ބާތިލް ވޯޓުގެ ގޮތުގައި 960 ވޯޓު ހިމެނެއެވެ.

ބޮޑެތި ސިޓީތަކުން ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓުތަކަށް ބަލާއިރު، މާލެ ސިޓީން އެންމެ ގިނަ ވޯޓު ލިބިފައިވަނީ އިންތިއަށެވެ. މާލެ ސިޓީން އިންތިއަށް 2،327 ވޯޓު ލިބިފައިވާއިރު، ފައްޔާޒްއަށް މާލެއިން ލިބިފައިވަނީ 1،987 ވޯޓެވެ. އެހެންނަމަވެސް އައްޑޫ ސިޓީން ކުރީގައި އުޅެނީ ފައްޔާޒެެވެ. އައްޑޫސިޓީން ފައްޔާޒަށް ލިބިފައިވަނީ 2،919 ވޯޓެވެ. އައްޑޫއިން އިންތިއަށް ލިބިފައިވަނީ 2.518 ވޯޓެވެ.

މީގެއިތުރުން އަންހެނުންގެ ރޫހު އިންތިޚާބު ކާމިޔާބުކޮށްފައިވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒެއިނާ އާދަމްއަށް ލިބިވަޑައިގެންފައިވަނީ 11،754 ވޯޓު ކަމަށް ދާއިމީ ނަތީޖާއިން ދައްކާފައިވެއެވެ. އަދި ސަފާތު އަހުމަދަށް ލިބިފައިވަނީ 7،847 ވޯޓެވެ.

މި އިންތިޚާބުގައި 20،768 މެމްބަރުން ވޯޓުލާފައިވާއިރު، ސައްހަ ވޯޓުގެ ގޮތުގައި ގުނާފައިވަނީ 19،601 ވޯޓެވެ. ބާތިލު ވޯޓުގެ ގޮތުގައި 1،167 ވޯޓު ގުނާފައިވެއެވެ.

ކެމްޕެއިން ތެރޭގައި ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކޮށްފައިވާއިރު، އިންތިޚާބަށްފަހު އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފައްޔާޒަށް މަރުހަބާ ވިދާޅުވެ ކުރެެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ފައްޔާޒް އިސްމާއީލް އެމްޑީޕީގެ ޗެއަރޕަރސަންގެ މަގާމުގައި ހުންނަވައި އެމްޑީޕީއަށް އިތުރު ކާމިޔާބީތައް ހޯދައިދެއްވާނެކަމާއިމެދު ޝައްކުނުކުރައްވާކަމަށެވެ.

ކެމްޕެއިން ތެރޭގައި ހިނގައިދިޔަ ކަންތައްތަކަކަށްފަހުވެސް ދެގޮތެއް ނުވެ އެމްޑީޕީ ކުރިޔަށްދާނެކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދުއާއި އިންތިއާއެކު މަސައްކަތްކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ވަނީ ވިދާޅުވެފައެވެ.

މިއިންތިޚާބަށް ފައްޔާޒް ނިކުންނެވީ 2023 ވަނަ އަހަރު ރައީސް ސޯލިހަށް ކާމިޔާބުކޮށްސެއްވުމަށް އެމްޑީޕީ "ހިންގާލުމުގެ" ނަމުގައެވެ.

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2017

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖެ އާއި އެހެން ގައުމުތަކާ ދެމެދު އޮތް ވިޔަފާރީގެ ގުޅުންތައް ހަލާކުވެ، ފުނޑު ފުނޑުވެގެންދާނެ: ފައްޔާޒް

04 ޑިސެމްބަރު 2017
މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖެ އާއި އެހެން ގައުމުތަކާ ދެމެދު އޮތް ވިޔަފާރީގެ ގުޅުންތައް ހަލާކުވެ، ފުނޑު ފުނޑުވެގެންދާނެ: ފައްޔާޒް
29 ނޮވެމްބަރު 2017

ފްރީ ޓްރޭޑް އެގްރިމެންޓަށް ރުހުން ހޯދީ ރައީސް ޔާމީން ޗައިނާއަށް ވަޑައިގަންނަވާއިރަށް، އެ އެއްބަސްވުމުގައި ދިވެހިންނަށް ފައިދާއެއް ނެތް: ފައްޔާޒް

29 ނޮވެމްބަރު 2017
ފްރީ ޓްރޭޑް އެގްރިމެންޓަށް ރުހުން ހޯދީ ރައީސް ޔާމީން ޗައިނާއަށް ވަޑައިގަންނަވާއިރަށް، އެ އެއްބަސްވުމުގައި ދިވެހިންނަށް ފައިދާއެއް ނެތް: ފައްޔާޒް
19 ނޮވެމްބަރު 2017

ޑިކްޝަނަރީ ބައްލަވަން ފިނޭންސް މިނިސްޓަރަށް މެމްބަރު ފައްޔާޒް ލަފާއަރުވައިފި

19 ނޮވެމްބަރު 2017
ޑިކްޝަނަރީ ބައްލަވަން ފިނޭންސް މިނިސްޓަރަށް މެމްބަރު ފައްޔާޒް ލަފާއަރުވައިފި
08 ނޮވެމްބަރު 2017

މިއަދު މި ރާއްޖޭން މި ފެންނަނީ އިންސާނުންގެ އެންމެ ނުބައި ނުލަފާ ސިފަތައް: ފައްޔާޒް

08 ނޮވެމްބަރު 2017
މިއަދު މި ރާއްޖޭން މި ފެންނަނީ އިންސާނުންގެ އެންމެ ނުބައި ނުލަފާ ސިފަތައް: ފައްޔާޒް
15 އޯގަސްޓު 2017

ހެއްކަށް ނުފޫޒް ފޯރުވަފާނެތީ ރައީސް ޔާމީން ބަންދުގައި ބަހައްޓައިގެން ތަހުގީގް ކުރަން ޖެހޭ: ފައްޔާޒް

15 އޯގަސްޓު 2017
ހެއްކަށް ނުފޫޒް ފޯރުވަފާނެތީ ރައީސް ޔާމީން ބަންދުގައި ބަހައްޓައިގެން ތަހުގީގް ކުރަން ޖެހޭ: ފައްޔާޒް
21 އެޕްރީލު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ބޭނުންވާ 42 ވޯޓު ހަމަވެއްޖެ: އެމްޕީ ފައްޔާޒް

21 އެޕްރީލު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ބޭނުންވާ 42 ވޯޓު ހަމަވެއްޖެ: އެމްޕީ ފައްޔާޒް
02 މާރިޗު 2017

ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ

02 މާރިޗު 2017
ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ
14 ފެބުރުއަރީ 2017

ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް

14 ފެބުރުއަރީ 2017
ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް
04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް