Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޯޓް ރިޕޯޓިންގ ވޯކްޝޮޕް

ކޯޓުތަކުގެ ޚަބަރުތައް ގެނެސް ދިނުމާ ގުޅޭ ޚާއްސަ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފި

ކޮންމެ ސެޝަނެއްވެސް ކުރިއަށްދިޔައީ ނޫސްވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލައިގެން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 މެއި 2022 | ހޮނިހިރު 13:01
"ކޯޓް ރިޕޯޓިންގ ވޯކްޝޮޕް" މޯލްޑިވްސް މީޑިއާ ކައުންސިލުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިއުން

"ކޯޓް ރިޕޯޓިންގ ވޯކްޝޮޕް" މޯލްޑިވްސް މީޑިއާ ކައުންސިލުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިއުން

ކޯޓުތަކުގެ ޚަބަރުތައް ކަވަރު ކުރުން ނުވަތަ ގެނެސް ދިނުމުގެ ދާއިރާއަށް ޚާއްސަކޮށްގެން "ކޯޓް ރިޕޯޓިންގ ވޯކްޝޮޕް" މޯލްޑިވްސް މީޑިއާ ކައުންސިލުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންގޮސްފިއެވެ.

ހޮނިހިރު ދުވަހު އިސްކަންދަރުކޮށީގައި މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވާއިރު، ތަފާތު އެކި ސެޝަންތަކަށް ބަހާލައިގެން މައުލޫމާތު ފޯރުކޮށްދިނުމުގެ ކަންކަން ވަނީ ކުރިއަށް ގެންގޮސްފައެވެ. މިގޮތުން މި ވޯކްޝޮޕްގައި ނޫސްވެރިންގެ އިތުރުން، ދައުލަތުގެ ބައެއް އިދާރާތަކުގެ ޕަބްލިކް ރިލޭޝަންސް ގައި މަސައްކަތް ކުރައްވާ ފަރާތްތަކާއި، ޝަރުއީ އެކި ދާއިރާތަކުގެ އޮފިޝަލުންވެސް ބައިވެރިވެވަޑައިގަންނަވާފައިވެއެވެ.

މި ވޯކްޝޮޕްގައި އެންމެ ފުރަތަމަ މައުލޫމާތު ފޯރުކޮށްދީފައިވަނީ ޖޭއެސްސީންނެވެ. އެގޮތުން ޖޭއެސްސީގެ ފަރާތުން ޑައިރެކްޓަރ އޮފް ކޮމްޕްލެއިންސް އެންޑް އިންވެސްޓިގޭޝަން، ޙަސަން ޒަހީން ވަނީ ސެޝަން ނަންގަވާދެއްވާފައެވެ. ވަކިން ޚާއްސަކޮށް، ނޫސްވެރިން ޚަބަރުތައް ރިޕޯޓު ކުރުމާއި، ކޯޓުތަކާއި ފަނޑިޔާރުންނާއި ގުޅުންހުރި އެކި ވާހަކަތައް ރިޕޯޓު ކުރުމާއި ގުޅޭގޮތުން ޒަހީން ވަނީ ވާހަކަ ދައްކަވާފައެވެ. އަދި ކޯޓުތައް ބެހިގެންވާ ގޮތުގެ މައްޗަށްވެސް އޭނާ އަލިއަޅުވާލެއްވިއެވެ.

އެއަށްފަހު ބާ ކައުންސިލް އޮފް ދަ މޯލްޑިވްސްގެ ފަރާތުން ޖެނެރަލް ކައުންސެލް މުޙައްމަދު ނިޝާތު ވަނީ މި ވޯކްޝޮޕްގެ ބައިވެރިންނަށް ސެޝަނެއް ނަންގަވައިދެއްވާފައެވެ. އެގޮތުން ވަކީލުން ދައްކަވާ ވާހަކަތައް ރިޕޯޓު ކުރުމާއި، ނޫސްވެރިން ސަމާލުކަން ދޭން ޖެހޭކަމަށް ފެނިލައްވާ ކަންކަމުގެ މައްޗަށް އޭނާ ވަނީ އަލިއަޅުވާލައްވާފައެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންވެސް ވަނީ ސެޝަން ނަންގަވައިދެއްވާފައެވެ. އެގޮތުން އެ އިދާރާގެ ފަރާތުން ލީގަލް އޮފިސަރ ފާތިމަތު އަލާނާއާއި، މަރިޔަމް އައްބާސް ވަނީ، ޑީޖޭއޭގެ ދަށުން ކޯޓުތައް ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެހިފައިވާ ގޮތާއި، ކޯޓުތަކުން ނޫސްވެރިންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ އިންތިޒާމުތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

އޭގެ އިތުރުން، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން އެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ވާހަކަ ދައްކަވާފައިވާއިރު، ޝަފީއު ވަނީ މީޑިއާތަކުން ޚަބަރުތައް ގެނެސްދިނުމުގައި ސަމާލުކަން ދިނުމަށް އެދޭ ކަންކަމާއި، މީޑިއާތަކަށް ފޯރުކޮށްދޭ ޚަބަރުތައް ގިންތި ކުރެވިފައިވާ ގޮތާއި، ޚަބަރުތައް ފޯރުކޮށްދޭ މިންވަރުގައި އިސްކަންދެވޭ ކަންކަމުގެ މައްޗަށް މި ވޯކްޝޮޕްގައި އަލިއަޅުވާލައްވާފައެވެ.

އެއަށްފަހު ދެން ވާހަކަ ދެއްކެވީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމެވެ. އެގޮތުން ޝަމީމް ވަނީ ޕީޖީ އޮފީހުގެ މަސައްކަތްތަކަށް މިހާރު އައިސްފައިވާ ބައެއް ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލައްވައި، ނޫސްވެރިންގެ ވިސްނުން ބައްޓަން ކުރަން ޖެހިފައިވާ އައު ދާއިރާތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ޝަމީމް ވަނީ ކޯޓުތަކުގެ ޚަބަރުތައް ރިޕޯޓުކުރުން ފެށިގެން އައިގޮތާއި ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާ ކުރައްވާފައެވެ.

ފަހު ސެޝަނެއްގެ ގޮތުގައި ކުރިއަށް ދިޔައީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މައުލޫމާތު ފޯރުކޮށްދިނުމެވެ. އެގޮތުން އިންސްޕެކްޓަރ އޮފް ޕޮލިސް އާދިލް އަބްދުﷲ ވަނީ ނޫސްވެރިން ޚަބަރުތައް ގެނެސްދޭ ގޮތުގެ ސަބަބުން ތަހުގީގަށް ހުރަސްއެޅޭ ޙާލަތްތަކާއި، ވަކިން ޚާއްސަކޮށް ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ރިޕޯޓު ކުރާއިރު، ނޫސްވެރިން ސަމާލުކަން ދޭންޖެހޭ ކަންކަމާއި، އެފަދަ ބައެއް މިސާލުތައްވެސް ހިއްސާ ކުރައްވާފައެވެ.

މިއިން ކޮންމެ ސެޝަނެއްވެސް ކުރިއަށްދިޔައީ ނޫސްވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލައިގެންނެވެ. އަދި ސެޝަނަށްފަހު، ވޯކްޝޮޕްގެ ބައިވެރިންނަށް ވަނީ ހަނދާނީ ލިއުން ޙަވާލުކޮށްފައެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސްޓެލްކޯއަށް 8 މެގަވޮޓް ޖެނަރޭޓަރެއް ގެނެސްފި

22 ޖެނުއަރީ 2017
ސްޓެލްކޯއަށް 8 މެގަވޮޓް ޖެނަރޭޓަރެއް ގެނެސްފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު