Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މަންކީޕޮކްސް ފެނުނު ގައުމުތައް

12 ގައުމަކުން މަންކީޕޮކްސްގެ 80 ކޭސް ފެނިއްޖެ

މި 80 ކޭސްގެ އިތުރުން، އިތުރު 50 ކޭސްއަކާއި މެދު ޝައްކުކުރެވިގެން ދަނީ ތަހުގީގުކުރަމުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 މެއި 2022 | ހޮނިހިރު 11:51
މަންކީޕޮކްސް ޖެހިފައިވާ މީހެއްގެ ޓިޝޫ ސާމްޕަލްއެއް

މަންކީޕޮކްސް ޖެހިފައިވާ މީހެއްގެ ޓިޝޫ ސާމްޕަލްއެއް

މިހާތަނަށް 12 ގައުމަކުން މަންކީޕޮކްސްގެ 80 ކޭސް ފެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހޮނިހިރު ދުވަހު ބުނެފައިވަނީ މި 80 ކޭސްގެ އިތުރުން، އިތުރު 50 ކޭސްއަކާއި މެދު ޝައްކުކުރެވިގެން ތަހުގީގުކުރަމުންދާ ކަމަށެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން 12 ގައުމުގެ ނަން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އިތުރު ކޭސްތައް ކުރިއަށް އޮތްތަނުގައި ފެނުމަކީ އެކަށީގެންވާ ކަމެއްކަމަށް ބުނެފައިވެއެވެ.

މިހާތަނަށް އައިއިރު، މަންކީ ޕޮކްސްގެ ކޭސްތައް ފެނިފައިވާ ގައުމުތަކުގެ ތެރޭގައި، ޔޫރަޕްގެ ގައުމުތައް ހިމެނެއެވެ. އަދި އެމެރިކާގެ އިތުރުން ކެނެޑާ އަދި އޮސްޓްރޭލިއާ ވެސް ހިމެނެއެވެ.

މަންކީޕޮކްސް އާންމުކޮށް ގެނިފައިވަނީ އެކަހެރިކޮށް ހުރި މެދު އަދި ހުޅަނގު އެފްރީކާގެ ސަރަހައްދުތަކުންނެވެ. މަންކީ ޕޮކްސް އަކީ މަދުން ފެންނަ އަދި އޭގެ ނުރައްކާ ކުޑަ ވައިރަހަކުން ޖެހޭ ބައްޔެކެވެ. މަންކީޕޮކްސް ޖެހޭ މީހުން އާންމު ގޮތެއްގައި ހަފްތާއެއްގެ ތެރޭގައި ބަލިން ފަސޭހަވާ ކަމަށް އިނގިރޭސިވިލާތުގެ ނެޝަނަލް ހެލްތް ސަރވިސްއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ވައިރަސް އެހާ ފަސޭހައިން މީހުންގެ ތެރޭގައި ނުފެތުރޭ ކަމަށާއި، އަދި އާންމުންގެ ތެރޭގައި ފެތުރުމުގެ ނުރައްކާ ކުޑަކަމަށް ވެސް ވަނީ ބުނެފައެވެ.

މަންކީޕޮކްސްއަށް ވަކި ވެކްސިނެއް އުފައްދާފައެއް ނުވެއެވެ. ނަމަވެސް ސްމޯލްޕޮކްސް ނުވަތަ ހިމަ ބިހި އެއީ މަންކީޕޮކްސްއާއި އެއްގޮތް ވައިރަހަކުންޖެހޭ ބައްޔަކަށް ވުމުން، ސްމޯކްޕޮކްސްއަށް އުފައްދާފައިވާ ވެކްސިން ޖެހުމުން 85 އިންސައްތަ ރައްކާތެރިކަން ލިބެއެވެ.

މިހާތަނަށް އައި އިރު، ޔޫރަޕްގެ ޕަބްލިކް ހެލްތް އެޖެންސީން ވަނީ، އިނގިރޭސިވިލާތް، ސްޕެއިން، ޕޯޗުގަލް، ޖަރުމަންވިލާތުގެ އިތުރުން ފްރާންސް، ނެދަރލެންޑްސް، އިޓަލީ އަދި ސްވިޑަންއިން ބަލި ފެނިފައިވާ ކަމަށް ބުނެފައެވެ.

ހުކުރު ދުވަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަންކީޕޮކްސް ފެންނަމުން ދަނީ އާންމުކޮށް އެ ބަލި ނުފެންނަ އަދި އެބަލި މީގެ ކުރިން ފެނިފައި ނުވާ ގައުމުތަކުން ކަމަށެވެ. އަދި ބަލިފެނިފައިވާ ގައުމުތަކާއެކު މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އޭގެ ތެރޭގައި ބަލި ދެނެގަތުމުގެ މަސައްކަތް ފުޅާކުރުމާއި، ބަލި ޖެހިފައިވާ މީހުން ހޯދާ އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ ކަމަށް ބުނެފައި ވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ބައްޔާއި ގުޅިގެން ބަލިތައް ގަބޫލުނުކުރާ ނުވަތަ ބޭސްފަރުވާ ހޯދަން ދެކޮޅު ހަދާ މީހުންގެ އަމަލުތަކާއި ގުޅިގެން ވެސް އިންޒާރެއްވެސް ދީފައެވެ. އެ ޖަމިއްޔާއިން ބުނެފައިވަނީ އެފަދަ ފަރާތްތަކުގެ ސަބަބުން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހުރަސްތައް ދިމާވާނެ ކަމަށާއި، އަދި އެކަމުގެ ސަބަބުން ފަރުވާ ހޯދަން މީހުން ދެކޮޅު ހަދާ އަންދާޒާ ނުކުރެވޭ މިންވަރަށް ބަލި ފެތުރިގެން ހިނގައިދާނެކަމަށް ބުނެ އިންޒާރު ދީފައިވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޔޫރަޕްގެ ރީޖަނަލް ޑިރެކްޓަރ ހޭންސް ކްލޯގް ވަނީ ހޫނު މޫސުމާއި ދިމާވާ އިރު، ގިނަ އަދަދެއްގެ އެއްވުން ބާއްވާ، ފެސްޓިވަލާއި ޕާޓީތައް ބާއްވާއިރު، ބަލި އިތުރަށް ފެތުރިދާނެކަމުގެ ކަންބޮޑުވުން އޭނާވަނީ ފާޅުކުރައްވާފައެވެ. އަދި އެކަމުގެ އިންޒާރުވެސް ވަނީ ދެއްވާފައެވެ. މީގެ އިތުރުން ދާދި ފަހުން ފެނުނު ކޭސްތަކުގެ ތެރެއިން އެއް ކޭސްއަކީ އެއްވެސް ކަހަލަ ޓްރެވަލް ހިސްޓްރީއެއް ނެތް މީހެއް ކަމަށާއި، މަންކީޕޮކްސް ފެތުރެމުންދިޔަ އެއްވެސް ހިސާބަކަށް އޭނާ ދަތުރުކޮށްފައި ނުވާ ކަމަށެވެ.

މި ބަލީގައި އިނގިރޭސިވިލާތުން އެކަކު ވަނީ މަރުވެފައެވެ. މި މީހާ މަރުވީ 7 މެއިގައެވެ. މަރުވި މީހާއަކީ ނައިޖީރިއާއަށް ދާދިފަހުން ދަތުރުކޮށްފައިވާ މީހެކެވެ. އަދި އޭނާއަށް ބަލިޖެހުނީ ނައިޖީރިއާގައި އުޅެނިކޮށް ކަމަށް ބެލެވޭކަމަށް އިނގިރޭސިވިލާތުގެ ހެލްތް ސެކިއުރިޓީ އެޖެންސީން ވަނީ ބުނެފައެވެ. މިހާތަނަށް އައި އިރު އިނގިރޭސިވިލާތުން 20 ކޭސް ވަނީ ފެނިފައެވެ.

އިނގިރޭސިވިލާތުގެ ކަމާއިބެހޭ ފަރާތްތަކުން ބުނެފައިވަނީ ސްމޯލްޕޮކްސްގެ ވެކްސިން ގެނެސްފައިވާ ކަމަށާއި، ބައްޔަށް ހުށަހެޅިދާނެކަމަށް ބެލެވޭ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އިނގިރޭސިވިލާތުގެ އިތުރުން ސްޕެއިން އިން ވެސް ވަނީ ސްމޯލްޕޮކްސްގެ ވެކްސިން އެތައް ހާސް ޑޯޒެއްގެ ވެކްސިން ގަނެފައެވެ.

އޮސްޓްރޭލިއާއިން ފެނުނު ފުރަތަމަ ކޭސް އަކީ އިނގިރޭސިވިލާތަށް ދަތުރުކުރުމަށްފަހު ދިޔަ މީހެއް ކަމަށް ވިކްޓޯރިއާ ޑިޕާޓްމަންޓް އޮފް ހެލްތުން ވަނީ ބުނެފައެވެ.

އަދި އުތުރު އެމެރިކާގެ ސިއްހީ އިދާރާއިން ބުނެފައިވަނި މެސަޗޫސެޓްސް އިން ފެނުނު މީހާއަކީ ކެނެޑާއަށް ދަތުރުކުރުމަށްފަހުގައި އެނބުރި އައި މީހެއް ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށާއި، އާންމުންނަށް ނުރައްކަލެއް ނެތް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިޔަންމާގެ ގެއްލުނު ފްލައިޓްގެ ބައިތަކާ ބައެއް މީހުންގެ ހަށިތައް ފެނިއްޖެ

މިޔަންމާގެ ގެއްލުނު ފްލައިޓްގެ ބައިތަކާ ބައެއް މީހުންގެ ހަށިތައް ފެނިއްޖެ

08 ޖޫން 2017
މިޔަންމާގެ ގެއްލުނު ފްލައިޓްގެ ބައިތަކެއް ފެނިއްޖެ

މިޔަންމާގެ ގެއްލުނު ފްލައިޓްގެ ބައިތަކެއް ފެނިއްޖެ

07 ޖޫން 2017
އަރަބި ހަ ގައުމަކުން ގަތަރާ ގުޅުން ކަނޑާލިއަސް އެމެރިކާގެ ތައުރީފު ގަތަރަށް!

އަރަބި ހަ ގައުމަކުން ގަތަރާ ގުޅުން ކަނޑާލިއަސް އެމެރިކާގެ ތައުރީފު ގަތަރަށް!

06 ޖޫން 2017
ހަތަރު ގައުމަކުން ގަތަރާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލައިފި

ހަތަރު ގައުމަކުން ގަތަރާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލައިފި

05 ޖޫން 2017
ފިލިޕީންސް ކެސީނޯ ކޮމްޕްލެކްސް ހަމަލާ: 34 މީހެއްގެ ހަށިގަނޑު ފެނިއްޖެ

ފިލިޕީންސް ކެސީނޯ ކޮމްޕްލެކްސް ހަމަލާ: 34 މީހެއްގެ ހަށިގަނޑު ފެނިއްޖެ

02 ޖޫން 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު