Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕްލާސްޓިކް ކޮތަޅުން ލެވީ ނެގުން

ފިހާރަތަކުން ދޭ ޕްލާސްޓިކް ކޮތަޅަށް 2 ރުފިޔާ ޗާޖު ކުރަނީ

ބައެއް ޕްލާސްޓިކް ކޮތަޅުން ލެވީ ނެގުން އިސްތިސްނާވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 20 މެއި 2022 | ހުކުރު 08:18
ބާޒާރުމަތި ފިހާރަތައް

ބާޒާރުމަތި ފިހާރަތައް

ފިހާރަތަކުން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ދޭ ޕްލާސްޓިކް ކޮތަޅުން ލެވީގެ ގޮތުގައި 2 ރުފިޔާ ނެގޭގޮތަށް ކުނި މެނޭޖްކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރާޝިދެވެ. ރާޝިދު ހުށަހެޅުއްވި މި ބިލުގައިވާގޮތުން މި ޤާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ޤާނޫނުގައިވާގޮތުގެ މަތިން ޕްލާސްޓިކް ކޮތަޅުން ލެވީގެ ގޮތުގައި 2 ރުފިޔާ ނަގަންޖެހެއެވެ.

Advertisement - newsAdvertisement

މި ޤާނޫނުގެ ދަށުން ބައެއް ބާވަތްތަކުގެ ޕްލާސްޓިކް ކޮތަޅުން ލެވީ ނެގުން އިސްތިސްނާވެއެވެ. އެއީ:

ޕްލްސްޓިކް ކޮތަޅުން ލެވީ ނަގަން ފެށުމާއެކު އެ ފީ ކޮންމެ ވިޔަފާރިއަކުންވެސް މީރާއަށް ދައްކަންޖެހޭނެކަމަށް މި ބިލުގައިވެއެވެ. އަދި ލެވީ ނެގުމުގައި އަމަލުކުރާނެ އުސޫލުތަކާއި ޤަވާއިދު، ޤާނޫނަށް އަމަލުކުރަން ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި މީރާއިން އެކުލަވާލަން ޖެހެއެވެ.

2023 ވަނަ އަހަރުގެ ނިޔަލަށް އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. މިގޮތުން ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހީގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ކަނޑައަޅާފައެވެ. މިގޮތުން 13 ބާވަތެއްގެ ޕްލާސްޓިކް އުފައްދައި ބާޒާރަށް ނެރުން ވަނީ މަނާކޮށްފައެވެ.

މިއަހަރުގެ ޖޫން އެކަކުން ފެށިގެން އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ޕްލާސްޓިކްގެ ތެރޭގައި ބާޒާރުކުރަން ބޭނުންކުރާ، 30 ސެންޓިމީޓަރަށްވުރެެ ކުދި ޕްލާސްޓިކު ކޮތަޅު ހިމެނެއެވެ. 1 ޑިސެމްބަރ 2022ން ފެށިގެން، އުފެއްދުން މަނާ އަދި 01 މަރޗް 2023ން ފެށިގެން ބާޒާރަށް ނެރުން މަނާ ޕްލާސްޓިކްގެ ބާވަތްތަކުގެ ތެރޭގައި ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯންއަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅު ހިމެނެއެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު