Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލްޔޫކްރެއިން ހަނގުރާމަ

ޔޫކްރެއިނާއި މާޖެހުމާ އޮތީ ކޮން ގުޅުމެއް؟

މެއި މަހުގެ 3 ވަނަ ބުރާސްފަތި ދުވަސް، ޔޫކްރެއިންގައި ފާހަގަކުރަނީ ވިޝީވަންކާ ދުވަހުގެ ގޮތުގައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 20 މެއި 2022 | ހުކުރު 05:50
ޔޫކްރެއިންގައި އަލަށް އުފަންވި ކުދިން ވިޝީވަންކާ ހެދުމުގައި

ޔޫކްރެއިންގައި އަލަށް އުފަންވި ކުދިން ވިޝީވަންކާ ހެދުމުގައި

އެކި ފަރުމާތަކަށް މާޖަހާފައިވާ ފޭރާމަކީ ޔޫކްރެއިންގެ ރައްޔިތުންނަށް ޚާއްސަ އެއްޗެކެވެ. ހަނގުރާމައިގެ ސަބަބުން އިންތިހާއަށް މާޔޫސްކަމާއި ނުތަނަވަސްކަން ވެރިވެފައިވާ މި ދަނޑިވަޅުގައިވެސް މާޖެހި ފޭރާންތަކުން ޔޫކްރެއިންގެ ރައްޔިތުންގެ މޫނު މައްޗަށް އުފާވެރިކަން ގެނެސްދެއެވެ. މާޖެހި ފޭރާމަށް ޔޫކްރެއިންގައި އޮންނަ ޚާއްސަ ގަދަރެއްގެ ސަބަބުން، އެކަމަށް ޚާއްސަ ދުވަހެއްވެސް އެ ޤައުމުގައި ފާހަގަކުރެއެވެ. ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 3 ވަނަ ބުރާސްފަތި ދުވަސް، ޔޫކްރެއިންގައި ފާހަގަކުރަނީ މާޖެހިފޭރާމުގެ ދުވަސް ނުވަތަ ވިޝީވަންކާ ދުވަހުގެ ގޮތުގައެވެ.

ވިޝީވަންކާއަކީ ޔޫކްރެއިންގެ ސަޤާފީ ހެދުމެކެވެ. ޤައުމިއްޔަތުގެ ރޫޙު ދިރުވަނިވި ހެދުމެކެވެ. ވިޝީވަންކާގެ މަޤުބޫލުކަން އަނެއްކާވެސް ގަދަވީ، 2014 ވަނަ އަހަރު ރަޝިއާއިން ކްރައިމިއާ ހިފި ދުވަސްވަރާ ވިދިގެންނެވެ. ވިޝީވަންކާ ދުވަސް ފާހަގަކުރަން ފެށުމުގެ ތާރީޚަށް ބަލާއިރު، އެކަން ފެށިގެން އައީ ޔުނިވާސިޓީގައި ތައުލީމު ހާސިލު ކުރަމުން ދިޔަ ޒުވާނަކު، އޭނާގެ އެކުވެރިންނާއެކު އެއްދުވަހެއްގައި ވިޝީވަންކާ ލާން ނިންމި ހިސާބުންނެވެ. އެ ހަރަކާތް ފުޅާވަމުން ގޮސް، މިއަދު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޔޫކްރެއިން ދަރިކޮޅުގެ މީހުންވެސް ވިޝީވަންކާ ދުވަސް ފާހަގަކުރެއެވެ. މި ދުވަސްވަރަކީ ހަނގުރާމައިގެ ތެރޭގައި ޤައުމު ބަނަވެފައި ދުވަސްވަރެއް ކަމުން ޤައުމިއްޔަތުގެ ރޫޙު ވަކިން ގަދައެވެ.

ވިޝީވަންކާ ދުވަސް ފާހަގަކުރުމުގެ ގޮތުން ވޮލަންޓިއަރުން ވަނީ، އެންމެ ގަދީމީ ގޮތަށް މާޖަހާފައިވާ ފޭރަންތައް ހިފައިގެން، އޮޑެއްސާގެ ހޮސްޕިޓަލަކަށް ޒިޔާރަތް ކޮށްފައެވެ. އޮޑެއްސާއަކީ ރަޝިއާގެ އުދުވާންތައް އެންމެ ވަރުގަދަވި ސަރަޙައްދުތަކުގެ ތެރޭގައި ހިމެނޭ ސަރަޙައްދެކެވެ. އޮޑެއްސާގެ ހޮސްޕިޓަލުގައި އަލަށް އުފަންވެފައި ތިބި ކުދިންނަށް، ވިޝީވަންކާ ދުވަސް ފާހަގަކުރުމުގެ ގޮތުން، ޚާއްސަ ހަދިޔާއެއް ދިނެވެ. އަންހެން ކުދިންނަށް ދިނީ ރަތާއި ހުދުކުލައިގެ މާޖެހި ހެދުމެވެ. ފިރިހެން ކުދިންނަށް ނުލެވެ.

އަމިއްލަ މީހަކު އިސްނަގައިގެން ހިންގި މި ޙަރަކާތުގައި ހަދިޔާ ލިބުނު އޮޑެއްސާ ރީޖަނަލް މެޓާނިޓީ ހޮސްޕިޓަލު ހުންނަނީ ރަޝިއާއިން މިހާރުވެސް އުދުވާނީ ހަމަލާތައް ދެމުންދާ ސަރަހައްދާ ދާދި ކައިރީގައެވެ. ކޮންމެ ދުވަހަކު އެތައް ފަހަރަކު ސައިރަންގެ އަޑު އިވެއެވެ. ފެބުރުއަރީ 24 ވަނަ ދުވަހު ރަޝިއާގެ އަސްކަރިއްޔާ، ޚާއްސަ އޮޕަރޭޝަނެއްގެ ނަމުގައި ޔޫކްރެއިނަށް އެރި ފަހުން، މެޓާނިޓީ ވޯޑްގައި 300 އަށް ވުރެ ގިނަ ކުދިން އުފަންވެފައިވާ ކަމަށް އޮޑެއްސާ ރީޖަނަލް މެޓާނިޓީ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

04 އެޕްރީލު 2023

މިއޮތީ ޕާނުގައި ތައްޔާރު ކޮށްލެވިދާނެ ފަސޭހަ ރެސިޕީއެއްގެ ޕިއްޒާ އެއް

04 އެޕްރީލު 2023
މިއޮތީ ޕާނުގައި ތައްޔާރު ކޮށްލެވިދާނެ ފަސޭހަ ރެސިޕީއެއްގެ ޕިއްޒާ އެއް
28 މާރިޗު 2023

މިއޮތީ ވަރަށް މީރުކޮށް ތައްޔާރުކޮށްލެވިދާނެ ބަށި ރެސިޕީއެއް!

28 މާރިޗު 2023
މިއޮތީ ވަރަށް މީރުކޮށް ތައްޔާރުކޮށްލެވިދާނެ ބަށި ރެސިޕީއެއް!
18 އެޕްރީލު 2022

"ލެމަން ޕައި" ތައްޔާރުކޮށްލަން ބޭނުންތަ؟ މި އޮތީ ރެސިޕީ

18 އެޕްރީލު 2022
"ލެމަން ޕައި" ތައްޔާރުކޮށްލަން ބޭނުންތަ؟ މި އޮތީ ރެސިޕީ
06 މެއި 2021

މިއޮތީ މިލްކް ލައްޑޫގެ ރެސިޕީ، ތައްޔާރުކޮށްލަމާ!

06 މެއި 2021
މިއޮތީ މިލްކް ލައްޑޫގެ ރެސިޕީ، ތައްޔާރުކޮށްލަމާ!
05 މެއި 2021

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

05 މެއި 2021
މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
26 އެޕްރީލު 2021

މިއޮތީ "އެގް ރޯލްސް" ހަދާނެ ފަސޭހަ ގޮތެއް!

26 އެޕްރީލު 2021
މިއޮތީ "އެގް ރޯލްސް" ހަދާނެ ފަސޭހަ ގޮތެއް!
20 އެޕްރީލު 2021

ކުކުޅުގެ ރަހަތައް ކަމުދާ ފަރާތްތަކަށް މިއޮތީ ފަސޭހައިން ތައްޔާރުކޮށްލެވޭނެ ރެސިޕީއެއް، އަވަހަށް ތައްޔާރުކޮށްލަމާ!

20 އެޕްރީލު 2021
ކުކުޅުގެ ރަހަތައް ކަމުދާ ފަރާތްތަކަށް މިއޮތީ ފަސޭހައިން ތައްޔާރުކޮށްލެވޭނެ ރެސިޕީއެއް، އަވަހަށް ތައްޔާރުކޮށްލަމާ!
16 މެއި 2020

މައިލޯ ކޭކް ވިތް ކޮންޑެންސްޑް މިލްކް އައިސިންގ

16 މެއި 2020
މައިލޯ ކޭކް ވިތް ކޮންޑެންސްޑް މިލްކް އައިސިންގ
16 މެއި 2020

ކްރީމް ޗީޒް ގޭގައި ތައްޔާރުކޮށްލަން މިއޮތީ ފަސޭހަ ގޮތެއް!

16 މެއި 2020
ކްރީމް ޗީޒް ގޭގައި ތައްޔާރުކޮށްލަން މިއޮތީ ފަސޭހަ ގޮތެއް!
13 މެއި 2020

ޓޮމާޓޯ ސޯސް ގޭގައި ތައްޔާރުކޮށްލަން މި އޮތީ ފަސޭހަ ގޮތެއް!

13 މެއި 2020
ޓޮމާޓޯ ސޯސް ގޭގައި ތައްޔާރުކޮށްލަން މި އޮތީ ފަސޭހަ ގޮތެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު