Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން

އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ 26 ވަނަ ބައްދަލުވުމަށް ރާއްޖެއިން 3 ގަރާރެއް ހުށަހަޅައިފި

އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ އާބާދީ އާލާވުމަށް ފުރުސަތު ދިނުމުގެ ގޮތުން، މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް ގޮވާލައި ތައްޔާރުކޮށްފައިވާ ހުށަހެޅުމެއް ހިމެނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 19 މެއި 2022 | ބުރާސްފަތި 17:53
ރީނދޫ އުރަހަ ކަންނެލީގެ އާބާދީ އާލާވުމަށް ފުރުސަތު ދިނުމުގެ ގޮތުން، މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް ގޮވާލާފައިވޭ

ރީނދޫ އުރަހަ ކަންނެލީގެ އާބާދީ އާލާވުމަށް ފުރުސަތު ދިނުމުގެ ގޮތުން، މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް ގޮވާލާފައިވޭ

އިންޑިއާ ކަނޑުގައި ކުރާ ކަނޑުމަހުގެ މަސްވެރިކަން ދެމެހެއްޓެނިވިގޮތެއްގައި ރާވައި، ހިންގައި، ބެލެހެއްޓުމަށްޓަކައި މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށް، މި މަސްވެރިކަމުގެ ވަސީލަތްތައް ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދީ، އޭގެ ނަފާ ލިއްބައިދިނުމަށްޓަކައި ދިވެހިރާއްޖެއިން 3 ގަރާރެއް ތައްޔާރުކޮށް، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ)ގެ 26 ވަނަ ބައްދަލުވުމަށް ހުށަހަޅައިފިއެވެ.

އެގޮތުން ހުށަހަޅާފައިވާ އެންމެ މުހިންމު ހުށަހެޅުމަކީ އިންޑިއާ ކަނޑުގައި ރީނދޫ އުރަހަ ކަންނެލީގެ އާބާދީ އާލާވުމަށް ފުރުސަތު ދިނުމުގެ ގޮތުން މިހާރު އަޅައިފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް ގޮވާލައި ތައްޔާރުކޮށްފައިވާ ހުށަހެޅުމެވެ. އިންޑިއާ ކަނޑުގައި ކުރެވޭ ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަން ކުރެވެމުންދަނީ އާބާދީއަށް ގެއްލުންވާނޭ މިންވަރަކަށް ކަމަށާއި، އިތުރު ފިޔަވަޅެއް ނާޅައިފިނަމަ މުސްތަގުބަލަށް ދެމެހެއްޓޭނެ މިންވަރަށްވުރެ އާބާދީ ދަށްވެފައިވާކަމަށް އައި.އޯ.ޓީ.ސީގެ ސައިންޓިފިކް ކޮމިޓީން ލަފާ ދެއްވާފައިވާ މި ދަނޑިވަޅުގައި، މެންބަރު ގައުމުތަކުން ގުޅިގެން ވީހާ ވެސް އަވަސް ފުރުސަތެއްގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ދިވެހިރާއްޖެއިން ގޮވާލާފައިވެއެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ހުށަހެޅުމުގައި އައި.އޯ.ޓީ.ސީގެ ސައިންޓިފިކް ކޮމިޓީގެ ލަފަޔާ އެއްގޮތަށް، 2020 ވަނަ އަހަރު މެންބަރު ގައުމުތަކުން ރީނދޫ އުރަހަ ކަންނެލި ބާނާފައިވާ މިންވަރަށްވުރެ ކުރިއަށް އޮތް އަހަރުތަކުގައި ބާނާ ކަންނެލީގެ މިންވަރު %22ށް މަދުކުރުމަށް ހިމަނައިފައިވެއެވެ. އަދި ވަކިވަކި ގައުމުތަކަށް މަސް ބޭނޭނެ ކަމަށް ކަނޑައަޅާފައިވާ މިންވަރުތަކަށްވުރެ އިތުރަށް ބާނާ ގައުމުތަކާމެދު އަމަލުކުރާނެ އުސޫލުތައްވެސް މި ހުށަހެޅުމުގައި ބަޔާންކޮށްފައިވެއެވެ. މީގެ ބޭނުމަކީ، ރީނދޫ އުރަހަ ކަންނެލީގެ އާބާދީ އަލުން އާލާކުރުމަށް ކުރާ މަސައްކަތުގައި ދެފުށްފެންނަ، އިންސާފުވެރި ހަމަތަކެއް ގާއިމުކޮށް، ބޭނުންކުރުމެވެ. އަދި، މީގެ އިތުރުން، އޮޔާދާ ކަނދުފަތި (ޑްރިފްޓިންގ ފެޑް) ބޭނުންކޮށްގެން ކުރާ މަސްވެރިކަމުން ރީނދޫ އުރަހަ ކަންނެލީގެ އާބާދީއަށް ކުރާ ނޭދެވޭ އަސަރުތަކަށް އަލިއަޅުވާލައި، މި ބާވަތުގެ މަސްވެރިކަން ކުރުން ވަކި މުއްދަތަކަށް މަނާކޮށް، މި މަސްވެރިކަމުގައި ބޭނޭ ކުދި ރީނދޫ އުރަހަ ކަންނެލީގެ މިންވަރު މަދުކުރުމަށްވެސް ރާއްޖޭގެ ހުށަހެޅުމުގައި ހިމަނާފައިވެއެވެ.

ރާއްޖެއިން ދެވަނައަށް ހުށަހަޅައިފައިވަނީ އިންޑިއާ ކަނޑުގެ ކަޅުބިލަމަހުގެ އާބާދީ މެނޭޖްކޮށް، ބެލެހެއްޓުމާބެހޭގޮތުން އެކުލަވާލާފައިވާ ހުށަހެޅުމެކެވެ. މި ހުށަހެޅުމުގައި އައި.އޯ.ޓީ.ސީގެ ސައިންޓިފިކް ކޮމިޓީން ހުށަހަޅާފައިވާ ކެޗް ލިމިޓާ އެއް ހަމައެއްގައި ކަޅުބިލަމަސް ބާނާ މިންވަރު ހިފެހެއްޓުމަށް ރާއްޖެއިން ގޮވާލާފައިވެއެވެ. އަދި މި ހުށަހެޅުމުގައި، އެކިއެކި މެންބަރު ގައުމުތަކުން މަސް ބާނާ މިންވަރަށް ގެންނަންޖެހޭ ބަދަލުތައް ބަޔާންކޮށްފައިވެއެވެ. މި ބަދަލުތައް ކަނޑައެޅުމުގައި ގައުމުތަކުން މީގެ ކުރިން ކަޅުބިލަމަސް ބާނާފައިވާ މިންވަރަށާއި، ގައުމުތައް ތަރައްގީވެފައިވާ މިންވަރަށާއި، މިނޫންވެސް އެހެނިހެން ކަންކަމަށް ރިއާޔަތްކޮށްފައިވެއެވެ.

ރާއްޖެއިން ހުށަހަޅާފައިވާ ތިންވަނަ ހުށަހެޅުމަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެކުލަވާލާފައިވާ ހުށަހެޅުމެކެވެ. މި ހުށަހެޅުމުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުމަހުގެ އާބާދީއަށް ކުރާ ނޭދެވޭ އަސަރުތައް ދެނެގަތުމުގެގޮތުން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރުމަށް ރާއްޖެއިން ގޮވާލާފައިވެއެވެ. އަދި އައި.އޯ.ޓީ.ސީގެ މެންބަރު ގައުމުތަކުގެ މެދުގައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރާ ދިރާސާތައް ކުރުމުގެ އަހުލިއްޔަތު އިތުރުކޮށް، ޚާއްސަގޮތެއްގައި އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކާއި، ތަރައްގީވަމުން އަންނަ ގައުމުތަކާއި، ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގައި މިފަދަ ދިރާސާތައް ކުރުމަށް ކުރެވޭ މަސައްކަތް ކުރިއެރުވުމަށް މި ހުށަހެޅުމުގައި ވަރަށް ބޮޑަށް ބާރު އަޅާފައިވެއެވެ. މޭ މަހުގެ 20 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އިތުރުން އައި.އޯ.ޓީ.ސީ 23 މެންބަރު ގައުމަކުން ބައިވެރިވެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހިއުމަން ރައިޓްސް ކޮމިޝަނަށް އެކޮމިޝަންގެ ކުރީގެ މެމްބަރު ޒާހިދު ނަން މަޖިލީހަށް ފޮނުވައިފި

ހިއުމަން ރައިޓްސް ކޮމިޝަނަށް އެކޮމިޝަންގެ ކުރީގެ މެމްބަރު ޒާހިދު ނަން މަޖިލީހަށް ފޮނުވައިފި

05 ޖޫން 2017
އިދިކޮޅު ޕާޓީތަކުގެ ވަފުދުން ޔޫރަޕިއަން ކޮމިޝަންގެ މަންދޫބުންނާއި ބައްދަލުކުރައްވައިފި

އިދިކޮޅު ޕާޓީތަކުގެ ވަފުދުން ޔޫރަޕިއަން ކޮމިޝަންގެ މަންދޫބުންނާއި ބައްދަލުކުރައްވައިފި

03 ޖޫން 2017
އިލެކްޝަން ކޮމިޝަންގެ ތިޖޫރި ފަޅާލައި ފައިސާތަކެއް ވަގަށް ގެންގޮސްފި

އިލެކްޝަން ކޮމިޝަންގެ ތިޖޫރި ފަޅާލައި ފައިސާތަކެއް ވަގަށް ގެންގޮސްފި

28 މެއި 2017
އިދިކޮޅު ޕާޓީތަކުން އިންޑިއަން ހައިކޮމިޝަނަރާ ބައްދަލުކޮށްފި

އިދިކޮޅު ޕާޓީތަކުން އިންޑިއަން ހައިކޮމިޝަނަރާ ބައްދަލުކޮށްފި

17 އެޕްރީލު 2017
ނޭޝަނަލް ޕޭ ކޮމިޝަން ނާއިބު ރައީސާއި ކޮމިޝަންގެ މެމްބަރުންގެ މުސާރަ ކަނޑައަޅައިފި

ނޭޝަނަލް ޕޭ ކޮމިޝަން ނާއިބު ރައީސާއި ކޮމިޝަންގެ މެމްބަރުންގެ މުސާރަ ކަނޑައަޅައިފި

12 އެޕްރީލު 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު