Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފައްޔާޒަށް ރައީސް މަރުހަބާ ވިދާޅުވުން

ފައްޔާޒުއާއެކު 2023 ކާމިޔާބުކުރުމަށް ރަނގަޅު މިސްރާބަކަށް ދަތުކުރާނެކަން ޔަގީން: ރައީސް

ފައްޔާޒުގެ ހިންގުމުގެ ތަޖުރިބާއާއެކު ޕާޓީއާއެކު ކުރިއަށްގޮސް، 2023 ކާމިޔާބުކުރުމަށް ރަނގަޅު މިސްރާބަށް ދަތުރުކުރާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 19 މެއި 2022 | ބުރާސްފަތި 15:47
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒު އިސްމާއީލާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒު އިސްމާއީލާ ބައްދަލުކުރެއްވުން

އެމްޑީޕީގެ ޗެއަރޕަރސަން ކަމުގެ މަގާމަށް އިންތިޚާބުވެވަޑައިގަންނަވާފައިވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލާއެކު 2023 ކާމިޔާބުކުރުމަށް ރަނގަޅު މިސްރާބަށް ދަތުރުކުރާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ފައްޔާޒުއާ ބައްދަލުކުރައްވައި ނަންގަވާފައިވާ ފޮޓޯއަކާއެކު ރައީސް ކުރެއްވި ޓްވީޓުގައި ވަނީ، ފައްޔާޒަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ފައްޔާޒުގެ ހިންގުމުގެ ތަޖުރިބާއާއެކު ޕާޓީއާއެކު ކުރިއަށްގޮސް، 2023 ކާމިޔާބުކުރުމަށް ރަނގަޅު މިސްރާބަށް ދަތުރުކުރާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއަރޕަރސަން އިންތިޚާބު ފައްޔާޒު ކާމިޔާބުކުރެއްވީ ވާދަވެރި އިންތިޚާބުގައި މާފަންނު އުތުރު ދާއިރާގެ މެމްބަރ އިމްތިޔާޒު ފަހުމީ(އިންތި)އާ ވާދަކުރައްވައިގެންނެވެ. ކެމްޕެއިން ތެރޭގައި ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކޮށްފައިވާއިރު، އިންތިޚާބަށްފަހު އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފައްޔާޒަށް މަރުހަބާ ވިދާޅުވެ ކުރެެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ފައްޔާޒް އިސްމާއީލް އެމްޑީޕީގެ ޗެއަރޕަރސަންގެ މަގާމުގައި ހުންނަވައި އެމްޑީޕީއަށް އިތުރު ކާމިޔާބީތައް ހޯދައިދެއްވާނެކަމާއިމެދު ޝައްކުނުކުރައްވާކަމަށެވެ.

ކެމްޕެއިން ތެރޭގައި ހިނގައިދިޔަ ކަންތައްތަކަކަށްފަހުވެސް ދެގޮތެއް ނުވެ އެމްޑީޕީ ކުރިޔަށްދާނެކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދުއާއި އިންތިއާއެކު މަސައްކަތްކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ވަނީ ވިދާޅުވެފައެވެ.

އިންތިޚާބަށް ފައްޔާޒަށް ނުކުންނެވީ 2023 ވަނަ އަހަރު ރައީސް ސޯލިހަށް ކާމިޔާބުކޮށްދިނުމަށް އެމްޑީޕީ "ހިންގާލުމުގެ" ނަމުގައެވެ.

މިމަހުގެ 14 ވަނަދުވަހު ބޭއްވި އެމްޑީޕީގެ ޗެއަރޕަރސަން އިންތިޚާބު ފައްޔާޒު ކާމިޔާބުކުރެއްވީ 27،163 ވޯޓުންނެވެ. އެމްޑީޕީން އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން އިންތިއަށް ލިބިވަޑައިގަތީ 19،980 ވޯޓެވެ. މި އިންތިޚާބުގައި ޖުމްލަ 48،107 މީހުން ވޯޓުލާފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު