Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފޭސްބުކް ހެކްކުރުން

ހެކްކޮށްފައި ވަނީ ފޭސްބުކްގެ 30 މިލިއަން އެކައުންޓް

ހެކް ކޮށްފައިވާ އެކައުންޓްތަކުން ދަމައިގަނެފައި ވަނީ ތަފާތު މައުލޫމާތުތައް

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 14 އޮކްޓޯބަރު 2018 | އާދީއްތަ 14:00
50 މިލިއަން އެކައުންޓް ހެކް ކުރި ކަމަށް ކުރިން ހީކުރެވުނު ނަމަވެސް ހެކް ކޮށްފައި ވަނީ 30 މިލިއަން އެކައުންޓް

50 މިލިއަން އެކައުންޓް ހެކް ކުރި ކަމަށް ކުރިން ހީކުރެވުނު ނަމަވެސް ހެކް ކޮށްފައި ވަނީ 30 މިލިއަން އެކައުންޓް

ކުރިން ހީކުރެވުނު ގޮތާ ޚިލާފަށް ފޭސްބުކުން ހެކް ކޮށްފައި ވަނީ 30 މިލިއަން އެކައުންޓް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ހުކުރު ދުވަހު ފޭސްބުކުން ނެރުނު ބަޔާނުގައި ބުނީ 50 މިލިއަން އެކައުންޓް ހެކް ކުރި ކަމަށް ކުރިން ހީކުރެވުނު ނަމަވެސް ހެކް ކޮށްފައި ވަނީ 30 މިލިއަން އެކައުންޓް ކަމަށެވެ. ހެކަރުން އެކައުންޓްތައް ހެކް ކުރީ ޕްރޮފައިލް ފެންނަ ގޮތް ބެލުމަށް ތައްޔާރުކޮށްފައިވާ ނިޒާމް، 'ވިއު އެސް' ބޭނުން ކޮށްގެންނެވެ. ހެކަރުން ވަނީ އެ ނިޒާމުގެ ތެރެއިން އެހެން އެކައުންޓްތަކުގެ ސެކިއުރިޓީ ޓޯކަންސް ވަގަށް ދަމައިގަނެފައެވެ.

ސެކުރިޓީ ޓޯކަން އަކީ ފޭސްބުކް އަށް ލޮގިން ވުމަށް ފަހު، އަމިއްލައަށް ލޮގްއައުޓް ނުވާހާ ހިނދަކު ލޮގް އައުޓް ނުވާ ގޮތަށް ހެދުމަށް ބޭނުން ކުރާ ޓޯކަން އެކެވެ. އެހެން އެކައުންޓްތަކަށް، އެ ޓޯކަން ލިބިއްޖެ ނަމަ އެ ޓޯކަންގެ ވެރި ފަރާތުގެ އެކައުންޓަށް ވަދެވޭނެއެވެ.

އެމެރިކާގެ ސޯޝަލް މީޑިއާގެ އެ ކުންފުނިން ބުނީ އެކައުންޓްތައް ހެކް ކުރިކަން އެގުނީ އެއް ފަހަރާ އެތައް ބައެއްގެ އެކައުންޓްތަކުން ތަފާތު ސިގްނަލްތަކެއް ލިބުމުން އޮކްޓޯބަރު 25 ގައި އެކަން ތަހްގީގު ކުރުމުން ކަމަށެވެ. ފޭސްބުކުން މިހާރު ދަނީ އެފްބީއައި. އާ އެކު ހެކް ކުރީ ކޮންބައެއްތޯ ހޯދައި، އެ މައްސަލަ އިތުރަށް ތަހްގީގު ކުރަމުން ކަމަށް އެ ކުންފުނިން ބުނެއެވެ.

ފޭސްބުކުން ބުނީ ހެކަރުން އެ އެކައުންޓްތަކުން ދަމައިގަނެފައިވާ މައުލޫމާތުތަކަށް ބަލާއިރު، ހެކް ކުރެވުނު 30 މިލިއަން އެކައުންޓްގެ ތެރެއިން 15 މިލިއަން މީހުންގެ އެކައުންޓުން ދެ މައުލޫމާތެއް ދަމައިގަނެފައިވާ ކަމަށެވެ. އެއީ އެކައުންޓް ވެރިފަރާތުގެ ނަމާއި ކޮންޓެކްޓް މައުލޫމާތެވެ. ކޮންޓެކްޓް މައުލޫމާތުގެ ތެރޭގައި ފޯން ނަމްބަރާއި އީމެއިލް ހިމެނެއެވެ.

އެ މައުލޫމާތުތަކުގެ އިތުރުން 14 މިލިއަން މީހުންގެ އެކައުންޓުން އެ މީހުންގެ ޖިންސާއި ވާހަކަ ދައްކާ އުޅޭ ބަހާއި ރިލޭޝަންޝިޕް ސްޓޭޓަސް އާއި ދީނާއި ދާއިމީ އަދި ވަގުތީ އެޑްރެހާއި އުފަންދުވަހާއި ފޭސްބުކަށް ވަންނަ ޑިވައިސްތަކުގެ މައުލޫމާތާއި ކިޔަވާ އަދި މަސައްކަތް ކުރާ ތަނުގެ މައުލޫމާތާއި އެންމެ ފަހުން ޗެކިންވެފައިވާ 10 ތަނުގެ މައުލޫމާތުގެ އިތުރުން ފޭސްބުކް މެދުވެރިކޮށް ކޮށްފައިވާ އެންމެ ފަހުގެ 15 ސާޗް ހެކަރުން ވަގަށް ނަގާފައި ވެއެވެ.

ފޭސްބުކުން ބުނީ އެކައުންޓަތައް ހެކް ކުރި ނަމަވެސް އެކަމުގެ ސަބަބުން ފޭސްބުކުން ލޮގިން ވެފައިވާ އެޕްލިކޭޝަންތަކަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.

މިއީ ފަހުގެ ތާރީޚެއްގައި ފޭސްބުކަށް ދިމާވި އެންމެ ބޮޑު ސެކިއުރިޓީ މައްސަލައެވެ.

އިތުރަށް ކިޔާލަން

09 ޖުލައި 2017

ގަަތަރުގެ ޗެރިޓީތަކާއި އދ ގެ ބައެއް އެޖެންސީތައް 8.5 މިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކުގައި ސޮއިކޮށްފި

09 ޖުލައި 2017
ގަަތަރުގެ ޗެރިޓީތަކާއި އދ ގެ ބައެއް އެޖެންސީތައް 8.5 މިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކުގައި ސޮއިކޮށްފި
13 ޖޫން 2017

ގަތަރާ ގުޅުން ކަނޑާލުމަށް ސޯމާލިއާގެ ރައީސަށް 80 މިލިއަން ޑޮލަރު!!

13 ޖޫން 2017
ގަތަރާ ގުޅުން ކަނޑާލުމަށް ސޯމާލިއާގެ ރައީސަށް 80 މިލިއަން ޑޮލަރު!!
10 ޖޫން 2017

ކްލިންޓަންގެ ދަރިއެއް ކަމަށް ދައުވާކުރާ ވިލިއަމްސްގެ އެކައުންޓް ޓްވިޓާ އިން ވެރިފައި ކޮށްފި

10 ޖޫން 2017
ކްލިންޓަންގެ ދަރިއެއް ކަމަށް ދައުވާކުރާ ވިލިއަމްސްގެ އެކައުންޓް ޓްވިޓާ އިން ވެރިފައި ކޮށްފި
29 މެއި 2017

ރޯދަމަސް ފެށުނުއިރުވެސް ޔަމަނުގެ 17 މިލިއަން މީހުން ބަނޑުހައިހޫނު ކަމުގައި

29 މެއި 2017
ރޯދަމަސް ފެށުނުއިރުވެސް ޔަމަނުގެ 17 މިލިއަން މީހުން ބަނޑުހައިހޫނު ކަމުގައި
29 މެއި 2017

ސައިކްލޯން މޯރާގެ ބާރު ގަދަވެ، ބަންގްލާދޭޝްގެ ބައި މިލިއަން މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންދަނީ

29 މެއި 2017
ސައިކްލޯން މޯރާގެ ބާރު ގަދަވެ، ބަންގްލާދޭޝްގެ ބައި މިލިއަން މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު