Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފިންލޭންޑް އާއި ސްވިޑްން ނޭޓޯއާ ގުޅުން

ފިންލޭންޑް އާއި ސްވިޑްން ނޭޓޯއާ ގުޅުމަށް ތުރުކީގެ ޖަވާބަކީ ނޫނެކޭ: އުރުދުޣާން

މީގެ ކުރިންވެސް އެކި ފަހަރުމަތިން އުރުދުޣާން ވަނީ ފިންލޭންޑް އާއި ސްވިޑްން އިން ނޭޓޯއާ ގުޅުމަށް އެގައުމުގެ ތާއީދު ނުލިބޭނެ ކަމަށް ވިދާޅުވެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 19 މެއި 2022 | ބުރާސްފަތި 12:37
ތުރުކީގެ ރައީސް ތޮއްޔިބު އުރުދުޣާން

ތުރުކީގެ ރައީސް ތޮއްޔިބު އުރުދުޣާން

ފިންލޭންޑް އާއި ސްވިޑްން ނޭޓޯއާ ގުޅުމަށް ތުރުކީގެ ޖަވާބަކީ ނޫނެކޭކަމަށް އެކުވެރި ގައުމުތަކަށް އަންގާފައިވާނެ ކަމަށް ތުރުކީގެ ރައީސް ތޮއްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

ރައީސް އުރުދުޣާން މިހެން ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.

މީގެ ކުރިންވެސް އެކި ފަހަރުމަތިން އުރުދުޣާން ވަނީ ފިންލޭންޑް އާއި ސްވިޑްން އިން ނޭޓޯއާ ގުޅުމަށް އެގައުމުގެ ތާއީދު ނުލިބޭނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ޓެރަރިސްޓުން އެގައުމާއި ހަވާލުނުކޮށް ނޭޓޯ އާ ގުޅެން ތުރުކީގެ ތާއީދު ހޯދަން އަޔަސް، ސްވިޑްން އާއި ފިންލޭންޑަށް ތާއީދު ނުލިބޭނެ ކަމަށް އުރުދުޣާން ވަނީ ވިދާޅުވެފައެވެ.

ތުރުކީގެ ރައީސް އުރުދުޣާން ވަނީ ސްވިޑްން އާއި ފިންލޭންޑްގައި ތިބި ޓެރަރިސްޓުން އެގައުމާ ހަވާލުނުކޮށް، ނޭޓޯ އާ ގުޅުމަށް ތާއީދު ހޯދަން އެދެގައުމުގެ މަންދޫބުން ތުރުކީއަށް ގޮސްގެންވެސް ނުވާނެ ކަމަށް ވިދާޅުވެފައެވެ.

ތުރުކީއިން ބުނަނީ ސްވިޑްން އާއި ފިންލޭންޑުން ދަނީ އެގައުމުން ޓެރަރިސްޓުންގެ ގޮތުގައި ބަލާ ބަޔަކަށް އެގައުމުގައި ހިމާޔަތް ދެމުންކަމަށެވެ. އެގޮތުން ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ) ގްރޫޕްގެ މީހުންނާ ފަތުހުﷲ ގުލެންގެ މީހުންނަށް އެދެގައުމުން ހިމާޔަތްދޭ ކަމަށް ތުރުކީއިން ބުނެއެވެ.

އުރުދުޣާން ވަނީ ތުރުކީގެ ބޯޑަރު ޓެރަރިސްޓުންގެ ފަރާތުން ރައްކާކުރުމަކީ އެގައުމުން ވަރަށް ސީރިއަސްކޮށް ނަގާ މައްސަލައެއް ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ތުރުކީއިން ކުރުދީ ގްރޫޕާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ދުވަހަކުވެސް ނޭޓޯގެ ގައުމުތަކުގެ އެއްބާރުލުން ނުލިބޭ ކަމަށާއި ސީރިއާގެ ކުރުދީ ގްރޫޕް ވައިޕީޖީ އާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައިވެސް އެޖަމިއްޔާގެ އެއްބާރުލުން ނުލިބޭ ކަމަށް ތުރުކީގެ ރައީސް ވަނީ ވިދާޅުވެފައެވެ.

އުރުދުޣާން ވަނީ ތުރުކީއަށް ނޭޓޯގެ މެމްބަރުކަން މުހިންމުވާނީ އެގައުމުން ހާއްސަ އިސްކަމެއް ދޭ ކަންކަމަށް އެޖަމިއްޔާ ކުރާ އިޙްތިރާމުގެ މައްޗަށް ކަމަށްވެސް ވިދާޅުވެފައެވެ.

ނޭޓޯއަކީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ ޖަމިއްޔާއަކަށްވާއިރު، އެގައުމުގެ ރައްކާތެރިކަން ކަށަވަރުނުވާނެ ކަންކަމަށް އާއެކޭ ނުބުނެވޭނެ ކަމަށް އުރުދުޣާން ވިދާޅުވިއެވެ.

ސްވިޑްން އަދި ފިންލޭންޑް އިން ވަނީ ނޭޓޯގެ މެމްބަރު ގައުމަކަށް ވުމަށް ބުދަ ދުވަހު ރަސްމީކޮށް ފޯމު ހުށަހަޅާފައެވެ. ތުރުކީގެ ތާއީދު އެގައުމަށް ނުލިބޭނެ ކަމަށް ބުނަމުން ދިޔަ ނަމަވެސް ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި މި ދެގައުމަށް ނޭޓޯގެ މެމްބަރުކަން ލިބިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ސެނެޓާ ޖޯން މެކޭން އާއި ސަލްމާން ރަސްގެފާނު ބައްދަލު ކުރައްވައިފި

ސެނެޓާ ޖޯން މެކޭން އާއި ސަލްމާން ރަސްގެފާނު ބައްދަލު ކުރައްވައިފި

22 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު