Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކައުންސިލްތަކަށް ވިޔަފާރިކުރުމުގެ ބާރު ދިނުން

ކައުންސިލްތަކުން ވިޔަފާރިކުރެވޭނެ ދާއިރާތައް ކަނޑައަޅައިފި

19 މެއި 2022 | ބުރާސްފަތި 09:57

ވިޔަފާރިކުރުމުގެ ބާރު ކައުންސިލްތަކަށް މިހާރު ވަނީ ދީފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 19 މެއި 2022 | ބުރާސްފަތި 09:57
މާލެ ސިޓީ

މާލެ ސިޓީ

ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރި ކުރުމާބެހޭ ގަވާއިދަށް އެއްވަނަ އިސްލާހު ގެނެސްފިއެވެ.

މި ގަވާއިދަށް ގެނައި އިސްލާހު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.

Advertisement - newsAdvertisement

އިދާރީ ދާއިރާތަކަށް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި، ގާނޫނަށް އިސްލާހު ގެނެސް، ވިޔަފާރިކުރުމުގެ ބާރު ކައުންސިލްތަކަށް ވަނީ ދީފައެވެ. މި ބާރު ކައުންސިލްތަކަށް ދީފައިވާއިރު، އުފައްދާ ކުންފުނީގެ މަގުސަދު ހާސިލު ކުރުމަށްޓަކައި، ހިންގާ ވިޔަފާރި ހަރަކާތްތައް ބެހިގެންވަނީ 2 ބާވަތަކަށެވެ. އެއީ ހުއްދަ ވިޔަފާރިތަކާއި، އެ ރަށެއްގައި އަމިއްލަ ފަރާތްތަކުން، އެ ވިޔަފާރި ހަރަކާތެއް ނުވަތަ ވިޔަފާރި ހަރަކާތްތަކެއް ހިންގާ މިންވަރަށް ރިއާޔަތްކޮށް، ވިޔަފާރީގެ ވާދަވެރިކަމަށް ކުރާނެ އަސަރާއި، ރައްޔިތުންނަށް ލިބޭނެ ފައިދާ މިންކުރުމަށްފަހު ހުއްދަދޭ ވިޔަފާރި ހަރަކާތްތަކެވެ.

މި ގަވާއިދުގެ ދަށުން ހުއްދަ ދެވޭނީ އެ ސިޓީއެއް ނުވަތަ އެ ރަށެއް ނުވަތަ އެ އަތޮޅެއްގައި އަމިއްލަ ފަރާތްތަކުން ވިޔަފާރި ނުކުރާ ދާއިރާތަކަށެވެ. ހުއްދަ ދީފައިވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ކޮންވެންޝަން ސެންޓަރ، ތައުލީމު ދޭ ތަންތަން، ކްލިނިކް، ހޮސްޕިޓަލް، ރިނިއުވަބަލް އެނަރޖީ، ގެސްޓް ހައުސް ނުވަތަ ޓޫރިސްޓު ހޮޓެލް، އެއަރޕޯޓް ހިންގުން، ކުނި މެނޭޖްކުރުން، ދަނޑުވެރިކަން، މަސް ޕްރޮސެސްކުރުން، އައިސް ޕްލާންޓް ގާއިމްކުރުން، ސޯޝަލް ހައުސިން، ކޭބަލް ޓީވީގެ ޚިދުމަތް ދިނުން، ބޯޓު ޔާޑު ގާއިމްކުރުން، ފާރމަސީ ހިންގުމުގެ އިތުރުން އަސާސީ ތަކެތި ވިއްކާ ފިހާރަ ހިންގުމެވެ.

އެ ސިޓީއެއްގައި ނުވަތަ އެ ރަށެއްގައި ނުވަތަ އެ އަތޮޅެއްގައި އަމިއްލަ ފަރާތްތަކުން ވިޔަފާރިކުރާ ދާއިރާތައް ނުވަތަ އެ ސިޓީއެއްގައި ނުވަތަ އެ ރަށެއްގައި ނުވަތަ އެ އަތޮޅެއްގައި އަމިއްލަ ފަރާތްތަކުން ވިޔަފާރިކުރިނަމަވެސް، އެކަށީގެންވާ މިންވަރަށް މުދާ ނުވަތަ ޚިދުމަތް ފޯރުކޮށްނުދެވޭ ދާއިރާތަކަށްވެސް ހުއްދަ ދެވިގެންދާނެ ކަމަށް ގަވާއިދުގައި ވެއެވެ. މި ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ތައުލީމު ދޭ ތަންތަން، ހޮސްޕިޓަލް، ކްލިނިކް، ރިނިއުވަބަލް އެނަރޖީ، ކުނި މެނޭޖްކުރުން، ދަނޑުވެރިކަން، މަސް ޕްރޮސެސްކުރުން އަދި އައިސް ޕްލާންޓް ޤާއިމުކުރުމުގެ އިތުރުން ބޯޓް ޔާޑު ގާއިމުކުރުމެވެ.

ގަވާއިދުގައި ފާހަގަކޮށްފައިނުވާ ވިޔަފާރި ހަރަކާތެއް ހިންގުމަށް އެދޭ ކައުންސިލަކުން، އެ ރަށެއްގައި ނުވަތަ އެ ދާއިރާއެއްގައި، އެ ވިޔަފާރި ހަރަކާތެއް ނުވަތަ ވިޔަފާރި ހަރަކާތްތަކެއް ހިންގާ މިންވަރަށް ރިޢާޔަތްކޮށް، ވިޔަފާރީގެ ވާދަވެރިކަމަށް ކުރާނެ އަސަރާއި، ރައްޔިތުންނަށް ލިބޭނެ ފައިދާ މިންކުރުމަށް ސަރުކާރުން ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށްފަހު އެ ވިޔަފާރި ހަރަކާތް ހިންގުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ހޯދަންޖެހެއެވެ. އަދި މިނިސްޓްރީން ހުއްދަ ދޭއިރު، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފާ ހޯދަންޖެހެއެވެ.

މި ގަވާއިދުގެ ދަށުން ހުއްދަކޮށްފައިވާ ވިޔަފާރި ހަރަކާތް ފިޔަވައި، އެހެން ވިޔަފާރި ހަރަކާތެއް ހިންގާނަމަ، 10،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

26 މެއި 2017

ރޯދަމަހު މޯލްޑިވް ގޭސް ވިއްކާނި ގަޑިތައް ކަނޑައަޅައިފި

26 މެއި 2017
ރޯދަމަހު މޯލްޑިވް ގޭސް ވިއްކާނި ގަޑިތައް ކަނޑައަޅައިފި
18 މެއި 2017

ރަމަޟާން މަހުގައި ވިޔަފާރިކުރެވޭނެ ވަގުތުތައް އިކޮނޮމިކް މިނިސްޓްރީ ކަނޑައަޅައިފި

18 މެއި 2017
ރަމަޟާން މަހުގައި ވިޔަފާރިކުރެވޭނެ ވަގުތުތައް އިކޮނޮމިކް މިނިސްޓްރީ ކަނޑައަޅައިފި
15 މެއި 2017

އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި

15 މެއި 2017
އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި
30 އެޕްރީލު 2017

ފާރިސްގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ކަނޑައަޅައިފި

30 އެޕްރީލު 2017
ފާރިސްގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ކަނޑައަޅައިފި
12 އެޕްރީލު 2017

ނޭޝަނަލް ޕޭ ކޮމިޝަން ނާއިބު ރައީސާއި ކޮމިޝަންގެ މެމްބަރުންގެ މުސާރަ ކަނޑައަޅައިފި

12 އެޕްރީލު 2017
ނޭޝަނަލް ޕޭ ކޮމިޝަން ނާއިބު ރައީސާއި ކޮމިޝަންގެ މެމްބަރުންގެ މުސާރަ ކަނޑައަޅައިފި
14 މާރިޗު 2017

ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި

14 މާރިޗު 2017
ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި
01 މާރިޗު 2017

އިބްތިހާލްގެ މައްސަލައިގައި ޝުޒާދު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ވެސް ކަނޑައަޅައިފި

01 މާރިޗު 2017
އިބްތިހާލްގެ މައްސަލައިގައި ޝުޒާދު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ވެސް ކަނޑައަޅައިފި
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް