Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ100 ކިލޯ ޑްރަގް ކޭސް

100 ކިލޯ ޑްރަގް ކޭސްގައި ގާޒީ: "ޝަރީއަތުގެ މަޖިލީހަކީ ކޮފީ މޭޒެއް ނޫން"

އޯގަސްޓު މަހުގެ 3 ވަނަ ދުވަހު އަޑުއެހުމެއް އޮންނާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 މެއި 2022 | ބުދަ 08:11
ކްރިމިނަލް ކޯޓް - ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ދީބާނާޒް ފަހުމީ

ކްރިމިނަލް ކޯޓް - ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ދީބާނާޒް ފަހުމީ

100 ކިލޯގެ ޑްރަގް މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމަކީ މި މައްސަލައިގައި ހިމެނޭ 3 ގަޒިއްޔާގެ ތެރެއިން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއާ ގުޅޭ އަޑުއެހުމެކެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލައާ ގުޅޭ 3 ދައުވާއެއް ކުރިއަށްދާއިރު، އެއީ ޑައިމޯފިން ޓްރެފިކް ކުރުމާއި، ޑައިމޯފިން ބޭނުން ކުރުމުގެ ދައުވާތަކެއްގެ އިތުރުން، ކެނެބިސް ބޭނުން ކުރުމުގެ ދައުވާތަކެކެވެ. 

މި ދައުވާތަކުގެ ތެރެއިން ބުދަ ދުވަހު ކުރިއަށް ގެންދެވިފައިވަނީ ހަމައެކަނި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ. އެގޮތުން މި ދައުވާއާ ގުޅޭ އަޑުއެހުމުގައި އޮތީ މައްސަލައިގެ ދައުވާ އިއްވުމާއި ޖަވާބުދާރީވުމެވެ.

މި މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ހދ. ކުމުންދޫ، ޑިއާފުރެންޑް، އިބްރާހީމް ސިނާން، ގއ. ކޮލަމާފުށި، ސޯސަންގެ، އިބްރާހީމް ޒައިދު ހަބީބު، ކ މާފުށި ސްވީޓްމީޑް އަހުމަދު މާހިރު، ނ. ވެލިދޫ، ބީޗްހެވެން، ޖުމާން މުސްތަފާ، ލ. ކަލައިދޫ، ޖަނަވަރީމާގެ، މުހައްމަދު އަހްމަދު، ދ. ބަނޑިދޫ، ޕޮލާރިސް، މުހައްމަދު ހުސައިންގެ އިތުރުން، ބިދޭސީ ދެ ރައްޔިތުން ކަމަށްވާ ބަންގްލަދޭޝްގެ ޑީއެމް މޮބިންއާއި، އެމްޑީ ރަފީޤުލް އިސްލާމްގެ މައްޗަށެވެ.

މި އަޑުއެހުމުގައި ދައުވާލިބޭ ޒައިދު ޙަބީބު ބައިވެރިވެފައެއް ނުވެއެވެ. އަދި މި މައްސަލައިގައި ދައުވާ ލިބޭ މުޙައްމަދު އަހުމަދު އޮންލައިންކޮށް ބައިވެރިވިނަމަވެސް، ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އޭނާގެ ބައިވެސް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

ބާކީ ތިބި މީހުންގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އިއްވާފައެވެ.

މި މައްސަލައިގެ ދައުވާއަށް ޖަވާބުދާރީވާން ލިބުނު ފުރުސަތުގައި ދައުވާލިބޭ މުޙައްމަދު ހުސައިން ވަނީ އިސްލާމް ދީނަކީ ނަފްސުގެ އިއްޒަތްތެރިކަމަށް އިސްކަންދޭ ދީނެއްކަމަށް ބުނެ، ދީނުގައި ބަޔާންވެފައިވާ ހައްދުތަކާއި ގުޅޭގޮތުން ވާހަކަ ދައްކަން ފަށާފައެވެ. ނަމަވެސް ގާޒީ ވަނީ ހަމައެކަނި ދައުވާއަށް ޖަވާބުދާރީވުމަށް، ދައުވާއަށް އިންކާރު ކުރޭތޯ ނުވަތަ ނޫންތޯ ވިދާޅުވުމަށް ދަންނަވާފައެވެ.

އެ ވަގުތު މި މައްސަލައިގެ ދައުވާލިބޭ ޖުމާން މުސްތަފާ ވަނީ ޝަރީއަތުގެ އިޒްނައެއް ނެތި ވާހަކަ ދައްކާފައެވެ. އެގޮތުން މުޙައްމަދު ހުސައިން ދެއްކީ ރަނގަޅު ވާހަކައެއް ކަމަށް ޖުމާން ބުންޏެވެ. ނަމަވެސް، ގާޒީ ދީބާނާޒް ފަހުމީ ވަނީ އެ ވާހަކަ ހުއްޓުވާފައެވެ.

ގާޒީ ދީބާނާޒް ފަހުމީ ވަނީ، ޝަރީއަތަކީ ވަކި އަދަބެއްގެ ތެރެއިން ކުރިއަށްދާ ތަނެއްކަން ފާހަގަ ކުރައްވައި، ޝަރީއަތުން ފުރުސަތު ދެއްވުމުން ވާހަކަ ދެއްކުމަށް ހަނދުމަ ކޮށްދެއްވާފައެވެ.

އަދި ޝަރީއަތުގެ މަޖިލީހަކީ ކޮފީ މޭޒެއް ނޫންކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

އެ އެންމެންވެސް ދައުވާއަށް އިންކާރު ކޮށްފައިވާއިރު، ދައުލަތުން ވަނީ ދައުވާ ސާބިތު ކުރުމަށް ހެކި ހުށައަޅާފައެވެ.

އެއަށްފަހު، ދިފާއީ ހެކި ހުށައެޅުއްވުމަށް ގާޒީ ވަނީ މުއްދަތެއް ދެއްވާފައެވެ. އަދި މި މައްސަލައިގެ ތާވަލު އެކުލަވާލެއްވުމުގައި ދެފަރާތާއި މަޝްވަރާ ކުރައްވައި، އޯގަސްޓު މަހުގެ 3 ވަނަ ދުވަހު މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ބޭއްވެވުމަށް ގާޒީ ނިންމެވިއެވެ.

މި މައްސަލައިގައި ހިމެނޭ މީހުން ހައްޔަރުކުރި އޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅު ރަށްރަށާއި ހުޅުމާލެއާއި މާލެ އާއި މާލޭގެ ބައެއް ގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން، 100 ކިލޯއަށްވުރެގިނަ މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއްކަމަށްވާ އދ. ބޮޑުކާށިހުރާ ގައި ފޮރުވާފައި ހުއްޓައެވެ. 

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
18 ފެބުރުއަރީ 2017

ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި

18 ފެބުރުއަރީ 2017
ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި
16 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!

16 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު