Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާންމު ކޮމިޓީގެ ބައްދަލުވުން

މެމްބަރު ޝަހީމަށް ޗެޓް ލޮގްގެ ކޮޕީ ދިނުމަށް އާންމު ކޮމިޓީން ނިންމައިފި

18 މެއި 2022 | ބުދަ 07:35

ގްރޫޕްގެ އެޑްމިންއަކަށް އެސްޖީވެސް އިންނެވުމުން އެއީ ރަސްމީ ގްރޫޕެއް ކަމަށް ބެލެވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 18 މެއި 2022 | ބުދަ 07:35
ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް

ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް (އަނދުން ހުސެއިން) ހޯއްދަވަން އެދިވަޑައިގެންނެވި ޗެޓް ލޮގް މަޖިލީހުގެ އިދާރާއިން ދިނުމަށް އާންމު ކޮމިޓީން ނިންމައިފިއެވެ.

މި ގޮތަށް ނިންމީ، ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި 8 މޭ 2022 ވަނަ ދުވަހުގެ 19:01 އިން 20:26 އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ފޮނުއްވާފައިވާ އެންމެހައި މެސެޖްތަކުގެ ކޮޕީ ހޯއްދެވުމަށް އެދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް ފޮނުއްވާފައިވާ ސިޓީގެ މައްސަލައާ ގުޅޭގޮތުން އަމަލު ކުރަންވީ ގޮތުގެ ލަފަޔަކަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމަށް ފަހުގައެވެ.

Advertisement - newsAdvertisement

މި މައްސަލައަކީ، 6 މޭ 2021 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ކަމަށް ތުހުމަތުކުރެވޭ ބަޔަކު ދިން ބޮމުގެ ޙަމަލާގެ ފަހަތުގައި މެމްބަރު ޝަހީމްގެ ބައިވެރިވުމެއް އޮތް ކަމަށް ދޭހަވާގޮތަށް 8 މޭ 2022 ގައި ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކުރައްވާފައިވާ ކަމަށް ބުނެ، އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށައެޅުމަށްޓަކައި އެ ޗެޓް ލޮގްގެ ކޮޕީ ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުވުމުން އެކަމާ މެދު އާންމު ކޮމިޓީގެ ލަފައެއް ހޯއްދެވުމަށް މަޖިލީހުގެ ރައީސް ފޮނުއްވާފައިވާ މައްސަލައެކެވެ.

މި މައްސަލައާ ގުޅޭގޮތުން އަންގާރަ ދުވަހު ކުރިއަށް ދިޔަ ކޮމިޓީ ބައްދަލުވުމުގައި ކޮމިޓީގެ މުޤައްރިރު، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަތީފް ވިދާޅުވީ، އެފަދަ ގޮތަކަށް މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ފޮނުވާ މެސެޖަކާއި ގުޅިގެން މީގެ ކުރިން މައުލޫމާތު ދެވިފައިވޭތޯ އިދާރީ ގޮތުން ޗެކު ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް މިފަދަ ވަޓްސްއަޕް ގްރޫޕެއް ފުރަތަމަ އުފައްދާފައިވަނީވެސް 19 ވަނަ މަޖިލީހުގައިކަމަށް މަޖިލީހުގެ އަމީންއާންމު މައުލޫމާތު ދެއްވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ތިންވަނަ ފަރާތެއްގެ މަސްލަޙަތު ހިމެނޭ ކަމަކަށްވާތީ ތަހުގީގީ އިދާރާއަކުން އެދިއްޖެ ހާލަތެއްގައި އެ މެސެޖްތައް ދިނުން ރަނގަޅުކަމަށް ފެންނަކަމަށް އަންގާރަ ދުވަހުގެ ބައްދަލުވުމުގައި ވޯޓަށް އެހުމުން ފާސްވުމަށް ބޭނުންވާ ވަރަށް ވޯޓު ނުލިބުމުން އެ ހުށަހެޅުން ފާސްވެގެން ނުދިޔައެވެ.

ބުދަ ދުވަހުގެ ބައްދަލުވުމުގައި މައްސަލަ ދިރާސާ ކުރައްވަމުން މެމްބަރުން ވިދާޅުވީ، ގްރޫޕްގެ އެޑްމިންއަކަށް އެސްޖީވެސް އިންނެވުމުން އެއީ ރަސްމީ ގްރޫޕެއް ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން ގްރޫޕްގައި ދެކެވިފައި ހުރި ވާހަކަތަކުން މެމްބަރު ޝަހީމް އެދި ވަޑައިގަންނަވާ ޗެޓް ލޮގްގެ ކޮޕީ މަޖިލީހުގެ އިދާރާއިން ދިނުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގްރޫއްޕަށް ފޮނުއްވި މެސެޖްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާއި ގުޅޭ ތަހުގީގަކީ ހަމައެކަނި މެންބަރު ހުސައިން ޝަހީމްގެ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި އެ ހުންނަވަނީ އެކަން ފޮރުވަން ކުރައްވާ މަސައްކަތުގެ ބައިވެރިއެއްގެ ގޮތުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. މި ވާހަކައަށް ރައްދުދެއްވާ މެންބަރު ޝަހީމް ވިދާޅުވެފައިވަނީ މީހެއްގެ ބޮލުގައި ކަމެއް އަޅުވަން ހައްދެއް އޮންނަންވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
27 ޖެނުއަރީ 2017

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް