Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސިޓީ ކައުންސިލަށް އަހަރެއް

މާލެ ސިޓީ ކައުންސިލްގެ ތުހުމަތުތައް ސީއެސްސީއަށް، ޙަޤީޤަތަކީ ކޮބާ؟

18 މެއި 2022 | ބުދަ 06:57

މާލެ ސިޓީ ކައުންސިލުން ބުނީ މުވަައްޒަފުން ނެގުމުގައި ސީއެސްސީން ހުރަސް އަޅާ ކަމަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 18 މެއި 2022 | ބުދަ 06:57
މާލެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ވާހަކަފުޅުދައްވަނީ

މާލެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ވާހަކަފުޅުދައްވަނީ

މާލެ ސިޓީ ކައުންސިލުގެ މި ދައުރަށް އަހަރެއް ވެފައިވާއިރު އެއް އަހަރު ފާހަގަކުރުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަޑުއިވުނީ އެއް ވާހަކަތަކެކެވެ. ފިއްތުންތަކާ ހުރެ ކަންކަން ނުކުރެވޭ ކަމަށާއި މުވައްޒަފުންގެ ދަތިކަމުގެ ވާހަކައެވެ. ސިޓީ ކައުންސިލުގައި މުވައްޒަފުން މަދުވެ އާއްމުން ގުޅާލުމުން ފޯނު ނަގާނެ މީހަކުވެސް ނުވާ ވާހަކައެވެ. ކައުންސިލަކީ އާއްމުންނާ ގާތުން މަސައްކަތް ކުރަން ޖެހޭ ބަޔަކަށް ވާއިރު އެތަނުން ފޯނު ނުނަގާތީ ސޯޝަލް މީޑިއާގައި ވެސް އެތައް ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަންގާރަ ދުވަހު މާލެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުޙައްމަދު މުއިއްޒު އާއި ކައުންސިލުގައި ހިމެނޭ އެހެން މެމްބަރުން ވެސް ވިދާޅުވީ ކައުންސިލުގައި މުވައްޒަފުން މަދުވެ އެ ތާށިކަން އިހުސާސް ކުރެވޭ ކަމަށެވެ. އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ސިވިލް ސާރވިސް ކޮމިޝަނުން ކަމަށާއި އެ ކޮމިޝަނުން މުވައްޒަފުން ނެގުމުގައި ހުރަސްތައް އަޅާ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މި ތުހުމަތުތަކާ ގުޅޭގޮތުން ރާއްޖެ އެމްވީއިން ސިވިލް ސާރވިސް ކޮމިޝަނަށް ގުޅުމުން އެ ކޮމިޝަނުން ބުނީ އެފަދަ އެއްވެސް ހުރަހެއް އެއްވެސް މުއައްސަސާއަކަށް އަދި އިދާރާއަކަށް އަޅާފައިނުވާނެ ކަމަށެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ވަޒީފާއެއްގެ ހުށަހެޅުމުން އެ ވަޒީފާ ރިޖެކްޓް ކުރަން ޖެހޭ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ. އަދި އޮނިގަނޑުގެ ތެރެއިން ސިޓީ ކައުންސިލުން ހުށަހެޅި ވަޒީފާތަކަށް ހުއްދަ ދީފައިވާނެ ކަމަށް ވެސް ސިވިލް ސާރވިސް ކޮމިޝަނުން ބުންޏެވެ.

ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި މުވައްޒަފުން ހޯދަން ސިޓީ ކައުންސިލުން ހުށަހެޅި ވަޒީފާތަކުގެ ތެރޭގައި މައްސަލަތައް ހުރި ކަމަށް ވެސް ސިވިލް ސާރވިސް ކޮމިޝަނުން ބުންޏެވެ. އެގޮތުން، ކޮލިފިކޭޝަނާއި އެކަށީގެން ނުވާ ވަރުގެ މުސާރައެއް ކަނޑައެޅުމާއި އޮނިގަނޑުގައި ނުހިމެނޭ ވަޒީފާތައް ހިމެނޭ ކަމަށް އެކޮމިޝަނުން ފާހަގަކުރިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސިޓީ ކައުންސިލުން ބައެއް ވަޒީފާތަކަށް އޯލެވެލް ފެންވަރުގައި 20،000 ރުފިޔާއަށް ވުރެ ބޮޑު މުސާރައެއްގައި މުވައްޒަފުން ނަގަން ހުށަހެޅިއެވެ. މީގެ ތެރޭގައި އޮނިގަނޑުގައި ހިމެނޭ ވަޒީފާތަކަށް ސިވިލް ސާރވިސް ކޮމިޝަނުން މުސާރަ ކުޑަކުރުމަށްފަހު ހުއްދަ ދީފައިވާ ކަމަށާއި އޮނިގަނޑުގައި ނެތް ވަޒީފާތައް ރިޖެކްޓް ކުރި ކަމަށް ވެއެވެ. ސިޓީ ކައުންސިލުގެ އޮނިގަނޑުގައި ނެތް މަޤާމަކަށް މީހަކު ނަގާނަމަ ސިވިލް ސާރވިސް ކޮމިޝަނަށް ފޮނުވަން ޖެހޭނީ އެ މަޤާމެއްގެ އޮނިގަނޑު ހެދުމަށްފަހުއެވެ.

ސިވިލް ސާރވިސް ވަޒީފާތަކުގައި ވަކި މަޤާމަކަށް، ވަކި ކޮލިފިކޭޝަނަކަށް، އަދި ވަކި ދާއިރާތަކަކަށް ޚާއްސަ މުސާރަ ރޭންޖުތަކެއް ކަނޑައަޅާފައި ހުރެއެވެ. އެއީ ވަޒީފާގައި ހަމަހަމަކަން ބެހެއްޓުމަށެވެ. އެ ކަނޑައަޅާފައިވާ ރޭންޖަށް ވުރެ ބޮޑު މުސާރައަކަށް ސިޓީ ކައުންސިލުން މުވައްޒަފަކު ނަގައިފިނަމަ އެހެން ކައުންސިލްތަކުން ވެސް އެގޮތް ބޭނުންވާނެއެވެ. މުސާރައިގެ އޮނިގަނޑަށް ބަލައި ސިވިލް ސާރވިސް ކޮމިޝަނުން ވަޒީފާތަކަށް ހުއްދަ ނުދޭން ނިންމަނީ މީގެ ސަބަބުން ކަމުގައި އެކޮމިޝަނުން ބުނެއެވެ.

ސިޓީ ކައުންސިލުން ދެން ފާހަގަކުރީ ފިނޭންސް މިނިސްޓްރީން ހުއްދަ ދޭއިރު ސިވިލް ސާރވިސް ކޮމިޝަނުން ހުއްދަ ދޭން ނުޖެހޭ ސަބަބެއް ނެތްކަމެވެ. ނަމަވެސް ދެ އިދާރާއިން ހުއްދަ ދިނުމުގައި ބަލާ މިންގަނޑުތައް ތަފާތެވެ. ފިނޭންސުން ހުއްދަ ދިނުމުގައި ބަލާނީ ހުއްދައަށް އެދޭ ވަޒީފާއަކީ ސަރުކާރުން ކައުންސިލަށް ކަނޑައަޅާފައިވާ ބަޖެޓުގެ ތެރެއިން ދޭ ވަޒީފާއެއް ކަމެވެ. އެއީ ބަޖެޓުގެ ތެރެއިން ހުޅުވާލާ ވަޒީފާއެއް ނަމަ ފިނޭންސުން އެ ވަޒީފާއަކަށް ހުއްދަ ދިނުމުން އިތުރު ހުއްދައަށް ހުށަހަޅަން ޖެހޭނީ ސިވިލް ސާރވިސް ކޮމިޝަނަށެވެ.

ސިވިލް ސާރވިސް ކޮމިޝަނުން ވަޒީފާއަށް މީހަކު ނަގަން ހުއްދަ ދޭނީ މަޤާމުގެ ޝަރުތާއި މުސާރަ ފަދަ ކަންކަމަށް ބަލައި އެ އޮންނަ އުސޫލުގެ ތެރެއިން ކަމަށް އެ ކޮމިޝަނުން މައުލޫމާތުދެއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މައްސަލަތައް ކުރިމަތިވަނީ ދަށް ކުއަލިފިކޭޝަނާއެކު ކައުންސިލްގެ ވަޒީފާތަކަށް މީހުން ނެގުމަށް ސިޓީ ކައުންސިލުން މަސައްކަތް ކުރުމުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

14 މާރިޗު 2018

އައްޑޫ ސިޓީ ދޮންލަފަރު ގޭގައި އަލިފާން ރޯކޮށްލި މަންޒަރު ފެނުނު ކުއްޖާގެ ވާހަކަ!

14 މާރިޗު 2018
އައްޑޫ ސިޓީ ދޮންލަފަރު ގޭގައި އަލިފާން ރޯކޮށްލި މަންޒަރު ފެނުނު ކުއްޖާގެ ވާހަކަ!
25 ނޮވެމްބަރު 2017

ދިވެހި ސުނިލް ސެޓީއަށް ފޮނުވާފައިވާ އަސަރު ގަދަ ސިޓީއެއް

25 ނޮވެމްބަރު 2017
ދިވެހި ސުނިލް ސެޓީއަށް ފޮނުވާފައިވާ އަސަރު ގަދަ ސިޓީއެއް
21 އޮކްޓޯބަރު 2017

ސަޓާ އެވޯޑް: އައްޑޫ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް

21 އޮކްޓޯބަރު 2017
ސަޓާ އެވޯޑް: އައްޑޫ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް
17 އޮކްޓޯބަރު 2017

ޒުވާން ޖީލު ހަލާކުވެ ދިއުން: އެތައް ބައެއްގެ އިހްމާލެއް، ވިސްނާ

17 އޮކްޓޯބަރު 2017
ޒުވާން ޖީލު ހަލާކުވެ ދިއުން: އެތައް ބައެއްގެ އިހްމާލެއް، ވިސްނާ
04 އޮކްޓޯބަރު 2017

ސޮފިއްޔާގެ ދިރިއުޅުން: ދަތި ހާލުގައި އުޅެންވެސް މާލެއަށް ބަދަލުވީ ކުދިންގެ ހައްގުގައި

04 އޮކްޓޯބަރު 2017
 ސޮފިއްޔާގެ ދިރިއުޅުން: ދަތި ހާލުގައި އުޅެންވެސް މާލެއަށް ބަދަލުވީ ކުދިންގެ ހައްގުގައި
30 އޯގަސްޓު 2017

ޢީދު ބަންދަށް މާލެއިން ގިނަ ބަޔަކު އަތޮޅު ތެރެއަށް، މިއީ ބަދަލު ނުވާ ސަގާފަތެއް!

30 އޯގަސްޓު 2017
ޢީދު ބަންދަށް މާލެއިން ގިނަ ބަޔަކު އަތޮޅު ތެރެއަށް، މިއީ ބަދަލު ނުވާ ސަގާފަތެއް!
16 ޖުލައި 2017

އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

16 ޖުލައި 2017
އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟
19 އެޕްރީލު 2017

އިންފޮމޭޝަން ކޮމިޝަނަރަށް ދެން ސިޓީއެއް ފޮނުވޭނެތަ؟!

19 އެޕްރީލު 2017
އިންފޮމޭޝަން ކޮމިޝަނަރަށް ދެން ސިޓީއެއް ފޮނުވޭނެތަ؟!
25 ޖެނުއަރީ 2017

މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި

25 ޖެނުއަރީ 2017
މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި
17 ޖެނުއަރީ 2017

ރައްޔިތުން ހަނާވާއިރު، މުޅި މާލެ "މުއިއްޒުވެފައި" އެވެ. ހައްލެއް ބޭނުމެވެ.

17 ޖެނުއަރީ 2017
ރައްޔިތުން ހަނާވާއިރު، މުޅި މާލެ "މުއިއްޒުވެފައި" އެވެ. ހައްލެއް ބޭނުމެވެ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް