Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު ފައިނަލް

ކްލޮޕް ގަބޫލުކުރާގޮތުގައި އެޑްވާންޓޭޖް އޮތީ ރެއާލަށް

17 މެއި 2022 | އަންގާރަ 15:35

މި ދެ ޓީމު ވަނީ މީގެ ކުރިންވެސް މުބާރާތުގެ ފައިނަލްގައި ބައްދަލުކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 މެއި 2022 | އަންގާރަ 15:35
ޔާގެން ކްލޮޕް

ޔާގެން ކްލޮޕް

މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ލިވަރޕޫލާއި ރެއާލް މެޑްރިޑް ނިކުންނައިރު، އެޑްވާންޓޭޖް އޮތީ ރެއާލަށްކަަމަށް ލިވަރޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

މި މަހުގެ 29ގައި ފައިނަލް އޮންނައިރު ދެ ޓީމުން ވެސް އަންނަނީ ވަރުގަދައަށް ތައްޔާރުވަމުންނެވެ. ދެ ޓީމު ވެސް ފައިނަލަށް ދަތުރުކޮށްފައިވަނީ ފޯރިގަދަ ސެމީ ފައިނަލް މެޗުތަކެއް ކުޅުމަށްފަހުއެވެ. ލިވަޕޫލް ފައިނަލަށް ދިޔައީ ސެމީގައި ވިލަރެއާލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. އަދި ރެއާލް ފައިނަލަށް ދިޔައީ ސެމީގައި ވަރުގަދަ މެންޗެސްޓާ ސިޓީ ކަޓުވާލުމަށްފަހުއެވެ.

ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން ރެއާލުން ވަނީ ހޯދާފައެވެ. ރެއާލުން ޗެމްޕިއަންކަން ހޯދާފައިވަނީ ލީގުގައި ބާކީ ހަތަރު މެޗު ވެސް އޮއްވައެވެ. ކްލޮޕް ގަބޫލުކުރާ ގޮތުގައި އެކަމާ ގުޅިގެން ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ކުރިން ރެއާލަށް އެއްވެސް ޕްރެޝަރެއް ނޯންނާނެއެވެ.

ލިވަޕޫލުން ވަނީ ދާދި ފަހުން އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި އިނގިރޭސި ޕްރިމިއަރ ލީގުގެ ތަށި ހޯދުމުގެ ރޭހުގައި ލިވަރޕޫލް އަންނަނީ ވާދަކުރަމުންނެވެ. މެންޗެސްޓަރ ސިޓީއާއި ވެސްޓް ހޭމް ޔުނައިޓެޑް ކުޅުނު މެޗު އެއްވަރުވުމުން ލިވަޕޫލަށް އުންމީދެއް އެބަ އޮތެވެ. މިރޭ ސައުތެމްޓަން ބަލިކޮށް އެއް ޕޮއިންޓަށް ފަރަގު ކުޑަކުރުމުގެ ފުރުސަތު ލިވަރޕޫލަށް އެބަ އޮތެވެ. ޕްރިމިއަރ ލީގުގެ ތަށި ހޯދުމުގެ މަސައްކަތުގެ އިތުރުން ޗެމްޕިއަން ލީގުގެ ފައިނަލް ކުރިއަށް އޮތުމަކީ ކްްލޮޕް ގަބޫލުކުރާ ގޮތުގައި ފަސޭހަކަމެއް ނޫނެވެ.

ލިވަރޕޫލާއި ރެއާލް ވަނީ މީގެ ކުރިން ވެސް މުބާރާތުގެ ފައިނަލްގައި ބައްދަލުކޮށްފައެވެ. އެއީ 2018 ވަނަ އަހަރުއެވެ. އެ އަހަރުގެ ފައިނަލްގައި ލިވަރޕޫލް ބަލިކޮށް ރެއާލުން ވަނީ 13 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލާފައެވެ. އެފަހަރު ލިވަރޕޫލްގެ މައްޗަށް ރެއާލުން ކުރި ހޯދާފައިވަނީ 3-1ންނެވެ.

މި އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅޭނީ ފްރާންސްގެ ޕެރިހުގައެވެ.

އިތުރަށް ކިޔާލަން

15 އެޕްރީލު 2017

އިސްކޯގެ ހިތްގައިމު ލަނޑާއެކު ރެއާލަށް ހިތްހަމަޖެހުމެއް

15 އެޕްރީލު 2017
އިސްކޯގެ ހިތްގައިމު ލަނޑާއެކު ރެއާލަށް ހިތްހަމަޖެހުމެއް
11 އެޕްރީލު 2017

ކުރިއަށް އޮތީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު، ފަރިތަކުރުންތަކުގައި ލެވަންޑޯވްސްކީ ބައިވެރި ނުވޭ!

11 އެޕްރީލު 2017
ކުރިއަށް އޮތީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު، ފަރިތަކުރުންތަކުގައި ލެވަންޑޯވްސްކީ ބައިވެރި ނުވޭ!
04 އެޕްރީލު 2017

މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ

04 އެޕްރީލު 2017
މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ
21 މާރިޗު 2017

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017
ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް
13 މާރިޗު 2017

ސްޕެނިޝް ލީގުގައި ރެއާލަށް ދެ ޕޮއިންޓްގެ ލީޑެއް

13 މާރިޗު 2017
ސްޕެނިޝް ލީގުގައި ރެއާލަށް ދެ ޕޮއިންޓްގެ ލީޑެއް
11 މާރިޗު 2017

ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

11 މާރިޗު 2017
ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު
02 މާރިޗު 2017

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން
19 ފެބުރުއަރީ 2017

ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ

19 ފެބުރުއަރީ 2017
ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް