Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާގެ ރައީސް ޕުޓިން

ނޭޓޯއިން ސްވިޑްން އަދި ފިންލޭންޑްގައި އަސްކަރީ މަރުކަޒުތައް ގާއިމުކޮށްފިނަމަ މަޑުން ނޯންނާނަން: ޕުޓިން

17 މެއި 2022 | އަންގާރަ 10:11

ޕުޓިން ވަނީ ފިންލޭންޑް އަދި ސްވިޑްންއިން ނޭޓޯއާ ގުޅުމަށް ހުށަހެޅުމަކީ ރަޝިއާއަށް ނުރައްކާވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 17 މެއި 2022 | އަންގާރަ 10:11
ރަޝިޔާގެ ރައީސް ވްލެޑްމިއަރ ޕުޓިން

ރަޝިޔާގެ ރައީސް ވްލެޑްމިއަރ ޕުޓިން

ނޭޓޯއިން ފިންލޭންޑް އަދި ސްވިޑްންގައި އަސްކަރީ މަރުކަޒުތައް ގާއިމުކޮށްފިނަމަ ރަޝިއާއިން މަޑުން ނޯންނާނެކަމަށް އެޤައުމުގެ ރައީސް ވްލެޑްމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ.

ކަލެކްޓިވް ސެކިއުރިޓީ ޓްރީޓީ އޯގަނައިޒޭޝަން (ސީއެސްޓީއޯ)ގެ 20 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މޮސްކޯގައި އޮތް ޚާއްސަ ކޮންފެރެންސްގައި ވާހަކަފުޅުދައްކަވަމުން ޕުޓިން ވަނީ ފިންލޭންޑް އަދި ސްވިޑްންއިން ނޭޓޯއާ ގުޅުމުގައި ރަޝިއާގެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެހެން ނަމަވެސް އެދެޤައުމުގައި ނޭޓޯގެ އަސްކަރީ މަރުކަޒުތައް ގާއިމުކުރުން ފަދަ ކަމެއް ކޮށްފިނަމަ، އެކަން ރަޝިއާއިން ބަލައިގަންނާނީ އެޤައުމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ކަމަށް ވިދާޅުވެފައެވެ.

ޕުޓިން ވަނީ ފިންލޭންޑް އަދި ސްވިޑްންއިން ނޭޓޯއާ ގުޅުމަށް ހުށަހެޅުމަކީ ރަޝިއާއަށް ނުރައްކާވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް އެޤައުމުތަކުގައި ނޭޓޯގެ އަސްކަރިއްޔާއިން ޙަރަކާތްތެރިވާން ފަށައި އަސްކަރީ ޙަރަކާތްތައް ފުޅާކުރަން ފަށައިފިނަމަ، އެއީ ނުރައްކަލެއް ކަމަށްބަލައި ރަޝިއާއިން މަޑުން ނޯންނާނެ ކަމަށްވެސް ޕުޓިން ވަނީ ވިދާޅުވެފައެވެ.

ޕުޓިން ވަނީ ރަޝިއާއިން ނުރައްކަލާ ކުރިމަތިލާނީ ސީދާ ކޮންގޮތަކަށްތޯ ބިނާވާނީ އެޤައުމަށް ކުރިމަތިވާ ނުރައްކަލުގެ ބާވަތައް ބެލުމަށްފަހުގައި ކަމަށްވެސް ވިދާޅުވެފައެވެ.

މި ކޮންފެރެންސްގައި ވާހަކަފުޅުދައްކަވަމުން ޕުޓިން ވަނީ ނޭޓޯ ފުޅާކުރުމަކީ އެމެރިކާގެ ޖިއޯޕޮލިޓިކަލް އިންޓެރެސްޓްގެ ސަބަބުން އުފެދިފައިވާ މައްސަލައެއް ކަމަށް ވިދާޅުވެފައެވެ. ޕުޓިން ވަނީ ނޭޓޯ މިހާރު ވަނީ އެއް ޤައުމެއްގެ ޑިޕްލޮމެޓިކް ސިޔާސަތުތައް ތަންފީޒުކުރަން ގެންގުޅޭ ހަތިޔާރަކަށް ވެފައިކަމަށްވެސް ވިދާޅުވެފައެވެ. މީގެ ސަބަބުން ބައިނަލްއަޤުވާމީ މަސްރަހުގެ ސަލާމަތައް ނުރައްކާވެފައިވާ ކަމަށް ޕުޓިން ވިދާޅުވިއެވެ.

ކްރެމްލިންގެ ތަރުޖަމާން ޑްމިޓްރީ ޕެސްކޮވް ވަނީ ފިންލޭންޑް އަދި ސްވިޑްްންއިން ނޭޓޯއާ ގުޅޭތީ އެޤައުމުން ކަންބޮޑުނުވާ ކަމަށާއި އެ ދެޤައުމުން ނޭޓޯއާ ގުޅުމަށް ކުރާ ކަންތައްތައް ގާތުން ބަލާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެދެޤައުމުން ނޭޓޯއާ ގުޅުމުން އަންނާނެ ބަދަލުތަކަށް ހޭނި ޤައުމުގެ ސަލާމަތީ ކަންކަން ވަރުގަދަކުރަން މަސައްކަތްކުރާނެ ކަމަށް ޕެސްކޮވް ވިދާޅުވިއެވެ.

ރަޝިއާގެ ފޮރިން މިނިސްޓަރުގެ ނައިބު، ސަރްގެއި ރިޔަބްކޮވް ވަނީ ފިންލޭންޑް އަދި ސްވިޑްންއިން ނޭޓޯއާ ގުޅެން ނިންމުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް ކަމަށް ވިދާޅުވެ، އެޖަމިއްޔާއާ ގުޅުނަސް އެދެޤައުމުގެ ސަލާމަތީ ކަންކަން އިތުރަށް ރަނގަޅު ނުވާނެ ކަމަށް ވިދާޅުވެފައެވެ. އޭނާ ވަނީ ސްޓްރެޓެޖިކް ލޭންޑްސްކޭޕަށް އެހާ ބޮޑު ބަދަލެއް ގެންނަންދެން ރަޝިއާއިން މަޑުން ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

21 މެއި 2017

ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

21 މެއި 2017
ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި
20 މެއި 2017

އުތުރު ކޮރެއާ އަށް އަސްކަރީ ފިޔަވަޅު އަޅައިފި ނަމަ ނަތީޖާ ހިތިވާނެ: ޖޭމްސް މެޓިސް

20 މެއި 2017
އުތުރު ކޮރެއާ އަށް އަސްކަރީ ފިޔަވަޅު އަޅައިފި ނަމަ ނަތީޖާ ހިތިވާނެ: ޖޭމްސް މެޓިސް
30 އެޕްރީލު 2017

އެމެރިކާގެ އަސްކަރީ ފައުޖުތަކެއް ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެއްޖެ

30 އެޕްރީލު 2017
އެމެރިކާގެ އަސްކަރީ ފައުޖުތަކެއް ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެއްޖެ
30 އެޕްރީލު 2017

ކިއުބާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި އެންމެން މަރުވެއްޖެ

30 އެޕްރީލު 2017
ކިއުބާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި އެންމެން މަރުވެއްޖެ
24 އެޕްރީލު 2017

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި
22 އެޕްރީލު 2017

އަފްޣާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ތާލިބާނުންގެ ވަރުދަގަ ޙަމަލާއެއް!

22 އެޕްރީލު 2017
އަފްޣާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ތާލިބާނުންގެ ވަރުދަގަ ޙަމަލާއެއް!
07 އެޕްރީލު 2017

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

07 އެޕްރީލު 2017
ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި
08 މާރިޗު 2017

ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު

08 މާރިޗު 2017
ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
12 ފެބުރުއަރީ 2017

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް