Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ލައިފް ޖެކެޓް އެޅުން

އަނެއްކާވެސް ލޯތައް ހުޅުވޭނީ އަގު ނުކުރެވޭވަރުގެ ހިތާމައަކާ ކުރިމަތިވީމަބާ؟

ލައިފް ޖެކެޓު ނާޅާ ދަތުރުކުރުމުން މީގެ ކުރިން ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަހުރި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 17 މެއި 2022 | އަންގާރަ 03:51
މޫސުން ގޯސް ދުވަހެއް

މޫސުން ގޯސް ދުވަހެއް

މީގެ ހަތް މަސް ކުރިން އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ބާރަށް ދެކެވުނު ވާހަކަތަކެއްގެ ހަނދާން އައުކޮށްލާނަމެވެ. ހަނދާން އައުކޮށްލަން މި އުޅެނީ ވަރަށްވެސް ހިތާމަވެރި ހާދިސާއެއްގެއެވެ. އެއީ މާލެއިން ވ. އަތޮޅަށް ދަތުރުކުރި ލޯންޗެއް އޮޅުވެލި ކައިރިން ދިޔަވި ޙާދިސާއެއް ހިނގައި، މަންމައަކު މަރުވެ، އޭނާގެ ހަތް އަހަރުގެ ދަރިފުޅު މާކަނޑަށް ގެއްލުނު ހާދިސާއެވެ. އަދިވެސް ހަމަ މިފަދަ ހާދިސާއަކަށް ބަލާލާނަމެވެ. އެއީ ހދ. ނޮޅިވަރަންފަރުން ފުރައިގެން ހދ. ހަނިމާދޫއަށް ދަތުރުކުރި ކުޑަ ލޯންޗެއް ބަންޑުންޖަހާލި ހާދިސާގައި އެއް އާއިލާއަކަށް ނިސްބަތްވާ 4 މީހަކާއި އިތުރު މީހަކު ނިޔާވި ހާދިސާއެވެ.

މި ދެ ހާދިސާވެސް ހިނގާފައިވަނީ ވަރަށް މޫސުން ގޯސް ދުވަސްވަރެއްގައެވެ. ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، ދަތުރުކުރާއިރު ސަލާމަތީ ކަންކަމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކޮށްފައި އޮއްވައެވެ. ލައިފް ޖެކެޓް އެޅުންފަދަ ސަލާމަތީ އެއްވެސް ފިޔަވަޅެއް ނާޅައެވެ. މިއިން އެއްވެސް ކަމަކަށް ސަމާލުނުވެ ފެށި މި ދަތުރުތަކުގެ ނަތީޖާއަކަށްވީ އެތައް ފުރާނައެއް މި ދުނިޔެ ދޫކޮށް ދިޔުމެވެ. އެ އާއިލާތަކަށް އެ ލިބުނު ހިތާމައާއި ހިތްދަތިކަމަކީ މުޅި އުމުރަށްވެސް އެމީހުންނާއެކު ވާނެ ހިތްދަތިކަމެއްކަން ޔަގީނެވެ.

މި ދެ ހިތާމަވެރި ހާދިސާގެ ހަނދާން އައުކޮށްލަން މި ނިންމީ މި ދުވަސްވަރަކީވެސް ވަރަށް މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކުއެވެ. ކޮންމެ ދުވަހަކުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް އެކި އެލާޓްތައް ނެރެމުންދާއިރު ކިތަންމެ ކަނޑު ގަދަ ވީނަމަވެސް މޫސުމަށް ނުބަލާ ދަތުރުތައް ފަށާ މީހުން އަދިވެސް މަދެއް ނޫނެވެ. މިގޮތަށް ދަތުރުތައް ކުރާއިރުވެސް އަދިވެސް ފާހަގަވާ އެއްކަމަކީ ލައިފް ޖެކެޓް ނާޅާ ކަމެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ގަވާއިދަށް ދެވަނަ އިސްލާހު ގެނެސް، މޫސުމީ ސަމާލު ނެރެފައިވާ ސަރަޙައްދެއްގައި ދަތުރުކުރާނަމަ ލައިފް ޖެކެޓް އަޅަން މިހާރު ވަނީ މަޖުބޫރު ކޮށްފައެވެ. އެހެންނަމަވެސް މިކަން އަދިވެސް މިގޮތަކަށް ނުހިނގައެވެ.

އަނެއްކާވެސް އެހެން ކަމެއްގެ ހަނދާން އައުކޮށްލާނަމެވެ. ސިނަމާލެ ބްރިޖް ހުޅުވި ހިސާބުން މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓުތައް ގިނަވެގެން ދިޔައެވެ. އެކްސިޑެންޓުތަކުގައި ބޮޑެތި އަނިޔާތައް ލިބުނެވެ. އެހާ ހިސާބުން ސިނަމާލެ ބްރިޖާއި، ހައިވޭއިން ދަތުރުކުރާއިރު ހެލްމެޓު އަޅަން މަޖުބޫރުކުރިއެވެ. އެހެންނަމަވެސް މިކަންވެސް އެންމެ ފުރަތަމަ ވީ އުނދަގޫ ކަމަކަށެވެ. އެހެންނަމަވެސް މިގޮތަށް އަމަލުކުރަމުންގޮސް އޭގެ އަސްލު ރައްކާތެރިކަން އެނގިގެންދިޔަ ހިސާބުން މިހާރު މިކަން މިވަނީ ގިނަ ބަޔަކު ޚާއްސަ ސަމާލުކަމެއް ދީގެން ކުރާ ކަމަކަށް ވެފައެވެ.

ކަނޑުމަގުން ދަތުރުކުރާއިރު ލައިފް ޖެކެޓް އެޅުމަށްވެސް މިވަނީ ހަމަ މިހެން ކަމަށް ވެދާނެއެވެ. ހަގީގަތުގައި ލައިފް ޖެކެޓް އަޅައިގެން ތިބުމަކީ ހާދިސާއެއް ހިނގާ ދަނޑިވަޅުގައި އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރެވިގެންދާނެ ކަމެކެވެ. ދަތުރު ފެށުމުގެ ކުރިން ދަތުރުކުރާ އެންމެންގެ ގައިގައި ލައިފްޖެކެޓް އެޅުވުމަކީ ލޯންޗުގެ ފަޅުވެރިންގެ ޒިންމާއެކެވެ. އެމީހުން އެކަން ނުކޮށްފިނަމަ ދަތުރުކުރާ މީހުން އެމީހުންނަށް އެކަން ހަނދާން ކޮށްދޭން ޖެހެއެވެ. ހަމަގައިމުވެސް ގެއްލިގެންދާ ފުރާނައަކީ އަނބުރާ ގެނެވޭނެ އެއްޗެއް ނޫނެވެ. އަގު ނުކުރެވޭ ވަރުގެ ހިތާމައަކާ ކުރިމަތިނުވަނީސް އަހަރުމެން އެންމެންގެ ލޯތައް މިވަނީ ހުޅުވަން ޖެހިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަމަޟާން މަހު ބާޒާރު: ހައިރާން ވާވަރަށް ކަރާގެ އަގު އުފުލުނު އިރު، ކަނޑުމަހުގެ އަގު ދަށަށް!

ރަމަޟާން މަހު ބާޒާރު: ހައިރާން ވާވަރަށް ކަރާގެ އަގު އުފުލުނު އިރު، ކަނޑުމަހުގެ އަގު ދަށަށް!

25 ޖޫން 2017
މިރުހާއި ކާށީގެ އަގު ދަށަށް، ކަރާގެ އަގު މައްޗަށް!

މިރުހާއި ކާށީގެ އަގު ދަށަށް، ކަރާގެ އަގު މައްޗަށް!

06 ޖޫން 2017
އައިފޯން 8: އެޕަލްގެ އެންމެ އަގު ބޮޑު ފޯނު

އައިފޯން 8: އެޕަލްގެ އެންމެ އަގު ބޮޑު ފޯނު

04 ޖޫން 2017
ތަކެތީގެ އަގު ރަނަށް، ރައްޔިތުން ރަތަށް

ތަކެތީގެ އަގު ރަނަށް، ރައްޔިތުން ރަތަށް

01 ޖޫން 2017
މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

26 މެއި 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު