Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިއްޙީ ދާއިރާގެ ވަޒީފާތައް

ސިއްޙީ ދާއިރާގެ ޓެކްނިކަލް ވަޒީފާތަކަށް ނިކުންނަ މީހުން މަދު: އައިޖީއެމްއެޗް

ސިއްޙީ ދާއިރާއަކީ ޓެކްނިކަލް ގިނަ ވަޒީފާތައް ހުންނަ ދާއިރާއެެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 17 މެއި 2022 | އަންގާރަ 03:41
އައިޖީއެމްއެޗްގެ ނަރުހުން

އައިޖީއެމްއެޗްގެ ނަރުހުން

ސިއްޙީ ދާއިރާގެ ޓެކްނިކަލް ވަޒީފާތަކަށް ނިކުންނަ މީހުން މަދުކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ކޮންސަލްޓެންޓް ސަބް ސްޕެޝަލިސްޓް އިން ކާޑިއޮލޮޖީ ޑރ. މުހައްމަދު ޝަނީޒް ނަޖްމީ ވިދާޅުވީ ސިއްޙީ ދާއިރާއަށް ބޭނުންވާ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ހަމައެކަނި ޑޮކްޓަރުންނާއި ނަރުހުން ނޫން ކަމުގައެވެ. މިއީ ޓެކްނިކަލް ވަޒީފާތައްވެސް ހުންނަ ދާއިރާއެއް ކަމަށް ޑރ. ޝަނީޒް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް ސިއްޙީ ދާއިރާއަށް ބޭނުންވާ ޓެކްނީޝަނުން ރާއްޖެއިން ހޯދުމަށް ދަތިވާކަމަށް ޑރ. ޝަނީޒް ވިދާޅުވިއެވެ. އަދި ސިއްޙީ ދާއިރާއަށް ނިކުންނަ ގިނަ މީހުންނަކީ ޑޮކްޓަރެއް ނުވަތަ ނަރުހެއްގެ ވަޒީފާއަށް ނިކުންނަ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިދެމެދުގައި ވަރަށް ގިނަ ވަޒީފާތައް ހުންނަ ކަމަށާއި، އެހެންނަމަވެސް އެ ވަޒީފާތަކަށް ހޭލުންތެރި ނުވާކަމަށްވެސް ޑރ. ޝަނީޒް ފާހަގަކުރެއްވިއެވެ. ޓެކްނީޝަނުންގެ މި ވަޒީފާތަކުގައި ރާއްޖޭގައި މުޅިންހެން އުޅެނީ ބިދޭސީ މީހުން ކަމުގައި އޭނާ ވިދާޅުވިއެވެ.

އައިޖީއެމްއެޗުން ވަނީ އެކި ބަލިތަކަށް ޚާއްސަ ޑޮކްޓަރުން އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލުތަކަށް ފޮނުވުމުގެ ޕްރޮގްރާމެއް ފަށަން ނިންމާފައެވެ. މި ޕްރޮގްރާމަކީ މާލެ ނައިސް އަތޮޅުތެރެއިން އެކި ބަލިތަކަށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ފަށަން ނިންމާފައިވާ މަސައްކަތެކެވެ. އެގޮތުން ދޭތެރެ ދޭތެރެއިން ޑޮކްޓަރުން ހޮސްޕިޓަލުތަކަށް ފޮނުވައި ބަލި މީހުންނަށް ފަރުވާ ދެވިގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އިތުރަށް ކިޔާލަން

27 އެޕްރީލު 2017

ދާއިރާގެ ގިނަ ރައްޔިތުން ސަރުކާރަށް ތާއިދު ނުކުރާކަމަށްބުނި އެމްޑީޕީ ކެނޑިޑޭޓް ޕީޕީއެމަށް ސޮއިކޮށްފި

27 އެޕްރީލު 2017
ދާއިރާގެ ގިނަ ރައްޔިތުން ސަރުކާރަށް ތާއިދު ނުކުރާކަމަށްބުނި އެމްޑީޕީ ކެނޑިޑޭޓް ޕީޕީއެމަށް ސޮއިކޮށްފި
18 އެޕްރީލު 2017

ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓުގެ ޕޯސްޓަރ ތަތްކުރުމުގެ ހަރަކާތް ބާއްވައިފި

18 އެޕްރީލު 2017
ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓުގެ ޕޯސްޓަރ ތަތްކުރުމުގެ ހަރަކާތް ބާއްވައިފި
12 އެޕްރީލު 2017

މެމްބަރުންނަށް ފައިސާ ބެހިކަމަށް އެއްބަސްވި ހޯރަފުށީ ދާއިރާގެ މެމްބަރުގެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހަށް

12 އެޕްރީލު 2017
މެމްބަރުންނަށް ފައިސާ ބެހިކަމަށް އެއްބަސްވި ހޯރަފުށީ ދާއިރާގެ މެމްބަރުގެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހަށް
04 އެޕްރީލު 2017

ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް އެދި ރައީސް ޔާމީން އަޅުގަނޑަށް ހުށައެޅުއްވި: ތޮއްޑޫ ދާއިރާގެ މެމްބަރު

04 އެޕްރީލު 2017
ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް އެދި ރައީސް ޔާމީން އަޅުގަނޑަށް ހުށައެޅުއްވި: ތޮއްޑޫ ދާއިރާގެ މެމްބަރު
23 މާރިޗު 2017

ރޯގާއާ ގުޅިގެން ވަޒީފާއަށް ނުނިކުންނަ ގޮތް ހަމަޖެއްސި މާބަނޑު މީހުން ވަޒީފާއަށް ނުކުތުމަށް އަންގައިފި

23 މާރިޗު 2017
ރޯގާއާ ގުޅިގެން ވަޒީފާއަށް ނުނިކުންނަ ގޮތް ހަމަޖެއްސި މާބަނޑު މީހުން ވަޒީފާއަށް ނުކުތުމަށް އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު