Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްވިޑްންއިން ނޭޓޯއާ ގުޅުން

ނޭޓޯއާ ގުޅުމަށް ނިންމައި، ސްވިޑްންއިން އެކަން އިއުލާނުކޮށްފި

16 މެއި 2022 | ހޯމަ 17:22

ފިންލޭންޑުން ރަސްމީކޮށް ނޭޓޯއާ ގުޅުމަށް ނިންމައި، އެކަން އިއުލާންކުރީ އާދީއްތަ ދުވަހު

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 16 މެއި 2022 | ހޯމަ 17:22
ސްވިޑްންގެ ބޮޑުވަޒީރު މަގްޑަލީނާ އެންޑަރސަން

ސްވިޑްންގެ ބޮޑުވަޒީރު މަގްޑަލީނާ އެންޑަރސަން

ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން (ނޭޓޯ)އާ ގުޅުމަށް ނިންމައި ސްވިޑްންއިން ވެސް އެކަން އިއުލާންކޮށްފިއެވެ.

ހޯމަދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި އެކަން އިއުލާންކުރެއްވީ، ސްވިޑްންގެ ބޮޑުވަޒީރު މަގްޑަލީނާ އެންޑަރސަންއެވެ. ގާނޫނު ހަދާ މަޖިލީހުގައި މިކަމަށް ބަހުސްކުރުމަށްފަހު ނޭޓޯއާ ރަސްމީކޮށް ގުޅުމަށް ނިންމާފައިވާކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

ސްވިޑްންގައި ވެރިކަންކުރާ ޕާޓީ، ސޯޝަލް ޑިމޮކްރެޓިކް ޕާޓީން އެކަމަށް ތާއީދުކުރާކަން ހާމަކޮށްފައިވަނީ އާދީއްތަ ދުވަހުއެވެ.

އަދި ފިންލެންޑާއެކު ނޭޓޯއާ ގުޅުމަށް ހުށައަޅުއްވާނެކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

ފިންލޭންޑުން ރަސްމީކޮށް ނޭޓޯއާ ގުޅުމަށް ނިންމައި އެކަން އިއުލާން ކުރީ އާދީއްތަ ދުވަހުއެވެ.

ފިންލޭންޑުގެ މި ނިންމުން ރަސްމީކޮށް އިއުލާން ކުރެއްވީ، އެގައުމުގެ ބޮޑުވަޒީރު ސަންނާ މަރިންއެވެ. މި ނިންމުން އިއުލާންކުރެއްވުމަށް ބޭއްވި ނިއުސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެން ފިންލޭންޑްގެ ރައީސް ސައުލީ ނީނިސްޓޯ ވިދާޅުވީ، މިއީ ތާރީޚީ ދުވަހެއް ކަމަށާއި، މިއީ މުޅިން އައު ބާބެއްގެ ފެށުން ކަމަށެވެ.

ބޮޑުވަޒީރު ވިދާޅުވީ، މި ނިންމުމާމެދު ގާނޫނު ހަދާ މަޖިލީހުން ފުރިހަމަ ބަހުސެއްކޮށް ރަނގަޅު ނިންމުމެއް ނިންމާނެ ކަމަށެވެ. އެއަށްފަހު ރަސްމީކޮށް ނޭޓޯގައި ބައިވެރިވުމަށް ހުށައަޅާނެކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

ފިނިހަނގުރާމައިގެ ދުވަސްވަރުން ފެށިގެން ފިންލޭންޑާއި ސްވިޑްންއިން ގެންގުޅެމުން އައި ނިއުޓްރަލިޓީގެ ސިޔާސަތު ދޫކޮށް ނޭޓޯއާ ގުޅުން ވެގެންދާނީ ޔޫރަޕުގެ ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ބަދަލުކޮށްލާނެ ކަމަކަށެވެ. ފިންލޭންޑުން އެގައުމުގެ ނިންމުން އިއުލާނުކުރުމާގުޅިގެން ރަޝިއާއިން ވަނީ، މިއީ ސީދާ އެގައުމަށް އަމާޒުކުރި ނުރައްކަލެއް ކަމަށާއި، މިނުރައްކަލާ އެގައުމުން ކުރިމަތިލާނެކަމަށް ބުނެފައެވެ.

އެގައުމުގެ ސަލާމަތަށް ނުރައްކާވާއިރު މަޑުން ނޯންނާނެކަމަށާއި، 'އަސްކަރީ ޚާއްސަ ހަރަކާތްތައް' ކުރިއަށް ގެންދާނެ ކަމަށް ރަޝިއާއިން ވަނީ ބުނެފައެވެ.

ނޭޓޯ އުފެދިގެން އައީ 1949 ވަނަ އަހަރު، 12 މެމްބަރު ގައުމާއެކުގައެވެ. މިހާރު ނޭޓޯގެ މެމްބަރު 30 ގައުމު އޮވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2017

އެމެރިކާގައިތިބި ކިއުބާގެ 15 ޑިޕްލޮމޭޓަކު ފޮނުވާލަން ނިންމައިފި

03 އޮކްޓޯބަރު 2017
އެމެރިކާގައިތިބި ކިއުބާގެ 15 ޑިޕްލޮމޭޓަކު ފޮނުވާލަން ނިންމައިފި
07 އޯގަސްޓު 2017

އިސްރާއީލުން އަލްޖަޒީރާ ހުއްޓުވަން ނިންމައިފި

07 އޯގަސްޓު 2017
އިސްރާއީލުން އަލްޖަޒީރާ ހުއްޓުވަން ނިންމައިފި
29 ޖޫން 2017

ކޮލެރާ ފެތުރުމާ ގުޅިގެން ޔަމަނުގައި ކުއްލި ހާލަތު އިއުލާނުކޮށްފި

29 ޖޫން 2017
ކޮލެރާ ފެތުރުމާ ގުޅިގެން ޔަމަނުގައި ކުއްލި ހާލަތު އިއުލާނުކޮށްފި
20 ޖޫން 2017

މުމްބާއީއަށް ހަމަލާ ދިން މައްސަލައިގައި 6 މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައިފި

20 ޖޫން 2017
މުމްބާއީއަށް ހަމަލާ ދިން މައްސަލައިގައި 6 މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައިފި
17 ޖޫން 2017

ގްރެންފެލް ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި 58 މީހުން މަރުވެފައިވާ ކަމަށް ނިންމައިފި

17 ޖޫން 2017
ގްރެންފެލް ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި 58 މީހުން މަރުވެފައިވާ ކަމަށް ނިންމައިފި
13 ޖޫން 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި

13 ޖޫން 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި
25 މެއި 2017

މެންޗެސްޓަރގެ ހަމަލާ: އިންޓެލިޖެންސް މައުލޫމާތު އެމެރިކާއާ ހިއްސާނުކުރަން އިނގިރޭސިވިލާތުން ނިންމައިފި

25 މެއި 2017
މެންޗެސްޓަރގެ ހަމަލާ: އިންޓެލިޖެންސް މައުލޫމާތު އެމެރިކާއާ ހިއްސާނުކުރަން އިނގިރޭސިވިލާތުން ނިންމައިފި
28 މާރިޗު 2017

ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި

28 މާރިޗު 2017
ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި
13 މާރިޗު 2017

ގުޅުމަށް ބުރޫ އެރުވުމުގެ އަގު ނެދަލޭންޑުން ދައްކަން ޖެހޭނެ:އޮރުދޮޣާން

13 މާރިޗު 2017
ގުޅުމަށް ބުރޫ އެރުވުމުގެ އަގު ނެދަލޭންޑުން ދައްކަން ޖެހޭނެ:އޮރުދޮޣާން
16 ފެބުރުއަރީ 2017

ކިމްޖޮން ނަމްގެ ޕޯސްޓް މޯޓަމް ނިންމައިފި

16 ފެބުރުއަރީ 2017
ކިމްޖޮން ނަމްގެ ޕޯސްޓް މޯޓަމް ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް