Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވާނާ މެޗުގައި ނުފެނުނު ސަބަބު

ރޭގެ މެޗުގައި ވާނާ ނުފެނުނު ސަބަބު ޓުޗެލް ސާފުކޮށްދީފި

ލިވަޕޫލް އަތުން ޗެލްސީ ބަލިވެފައިވަނީ ޕެނަލްޓީ ޝޫޓްއައުޓްގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 މެއި 2022 | އާދީއްތަ 06:21
ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް

ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް

އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލްގައި ރޭ ލިވަޕޫލް އަތުން ބަލިވި މެޗުގައި ޗެލްސީއަށް ކުޅެމުން އަންނަ ޖަރުމަނުގެ ފޯވާޑް ޓީމޯ ވާނާ ނުފެނުނު ސަބަބު އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ސާފުކޮށްދީފިއެވެ.

ރޭގެ މެޗުގައި ލިވަޕޫލް އަތުން ޗެލްސީ ބަލިވެފައިވަނީ ޕެނަލްޓީ ޝޫޓްއައުޓްގައެވެ. ސެޒާ އަޒްޕިލިކުއޭޓާއާއި މޭސަން މައުންޓުގެ ޕެނަލްޓީ ނާކާމިޔާބުވެ ޗެލްސީ ބަލިވީ 6-5 ންނެވެ.

މެޗު ފެށިއިރު ވާނާ ބެންޗުގައި ހިމަނާފައި ވީ ނަމަވެސް، ގިނަ ބަޔަކު ގަބޫލުކުރީ ރޭގެ މެޗުގައި އޭނާ ފެންނާނެކަމަށެވެ. އަދި މި ސީޒަންގައި ޗެލްސީގައި މޮޅު ކުޅުމެއް ދައްކަމުން އައި ކައި ހަވާޓޭޒް ރޭގެ މެޗަށް އެކުލަވާލި ޓީމުގައި ވެސް ހިމެނިފައެއް ނުވެއެވެ.

ރޭގެ މެޗުގައި ވާނާ ބޭނުން ނުކުރީ ކީއްވެގެންތޯ ގިނަ ބަޔަކު ސުވާލު ކުރަމުން ދަނިކޮށް، ޓުޗެލް ވަނީ އެކަން ސާފުކޮށްދީފައެވެ. ޓުޗެލް ހާމާކުރި ގޮތުގައި ވާނާ ބޭނުން ކޮށްފައިނުވަނީ މެޗުގެ ކުރިން ކުރިއަށް ދިޔަ ވޯމްއަޕްގައި އޭނާއަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.

މީގެ އިތުރުން ޓުޗެލް ބުނީ މެޗަށް އެކުލަވާލި ޓީމުގައި ހަވާޓެޒް ހިމަނާފައިނުވަނީ އޭނާގެ ހޭމްސްޓްރިންގަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކުރީ ދުވަހުގެ ފަރިތަކުރުންތަކުގައި ބައިވެރުވެފައިނުވާތީ ކަމުގައެވެ. އަދި އަނިޔާގައި ހުރެ ފަރިތަކުރުންތަކުގައި ބައިވެރިވެއްޖެ ނަމަ، އިތުރަށް އަނިޔާއެއް ލިބިދާނެކަމުގެ ބިރު އޮތް ކަމަށް ވެސް ޓުޗެލް ބުންޏެވެ. އަދި އިތުރު ޓެސްޓު ހެދުމަށް ފަހު މެޗު އޮތް ދުވަހުގެ ހެނދުނަށް ނަތީޖާއަށް މަޑުކުރިކަމަށާއި، އެއަށްފަހު ވެސް ހަވާޓޭޒަށް ކުޅެވޭނެ ހާލަތެއް ނުފެނުނު ކަމަށް ޓުޗެލް ބުންޏެވެ.

ޗެލްސީތޯމަސް ޓުޗެލްޓިމޯ ވާނާ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
05 އޮކްޓޯބަރު 2025

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި
28 ސެޕްޓެމްބަރު 2025

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު