Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު

މެމްބަރުން ބުނެ ދިނީ މިހާރުގެ ސަރުކާރާއެކު ޕާޓީ އޮންނަން ބޭނުންވާކަން: ފައްޔާޒު

ރައީސް ޞާލިހަށް އޮތް އިތުބާރު މިއިންތިޚާބުން ފެނިގެންގޮސްފިކަމަށާއި މިސަރުކާރު ވަރުގަދަކުރަން އާންމު މެމްބަރުން ބޭނުންވާކަން ފެނިގެންގޮސްފައިވާކަމަށް ފައްޔާޒު ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 15 މެއި 2022 | އާދީއްތަ 04:24
އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިޚާބު ކާމިޔާބުކުރެއްވި ފައްޔާޒު އިސްމާއިލް ނޫސްވެރިންނާ ބައްދަލުކުރައްވަނީ

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިޚާބު ކާމިޔާބުކުރެއްވި ފައްޔާޒު އިސްމާއިލް ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިޚާބުގައި މެމްބަރުން ބުނެދޭން ބޭނުންވި ވާހަކަ ވަރަށް ސާފުކޮށް ބުނެދީފިކަމަށް ޗެއާޕާސަންކަމުގެ މަޤާމު ކާމިޔާބުކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ވާދަވެރި ކެމްޕެއިނަކަށްފަހު 7000ށް ވުރެ ގިނަ ވޯޓުގެ ތަފާތަކުން މާފަންނު އުތުރު ދާއިރާގެ މެމްބަރ އިމްތިޔާޒު ފަހުމީ (އިންތި)އާ ވާދަކުރައްވާ ފައްޔާޒު ވަނީ ޗެއާޕާސަންގެ މަޤާމު ކާމިޔާބު ކުރައްވާފައެވެ. އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރެއްވުމަށް ޖަގަހައަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ފައްޔާޒު ވިދާޅުވީ ޕާޓީ އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްކުރައްވާނެކަމަށެވެ. އިންތިޚާބަށް ފައްޔާޒުގެ ޓީމުން ނުފޫޒު ފޯރުވާކަމަށް އިންތިގެ ޓީމުން ކުރާ ތުހުމަތުތަކާއި ގުޅޭގޮތުން ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވީ ސަރުކާރުގައި އުޅޭ މީހަކަށްވާތީވި އޮންނަ ނުފޫޒެއް އޮންނާނެކަމަށެވެ.

އިންތިޚާބާ ގުޅޭގޮތުން ޝަކުވާއެއް އޮތްނަމަ އެކަމެއް އޮންނަ އުސޫލުގެ ތެރެއިން ބެލިގެންދާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ. އިންތިޚާބަށް ނުފޫޒުން ފޯރުވުމުގެ ގޮތުން ކެމްޕެއިން ޓީމުން ކަންތައްތަކެއް ކޮށްފައިނުވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ނަމަވެސް ވަކިވަކި ފަރުދުންގެ ހިސާބުން ކަންތައްތަކެއް ހިނގާފައި ހުރެދާނެކަމަށާއި އެފަދަ ކަންކަން އިންތިއަށް ތާއީދުކުރެއްވި ފަރާތްތަކުންވެސް ކޮށްފައިވާކަން ފާހަގަވެފައިވާކަމަށެވެ. އެކަންކަން ބެލޭނެ އިންތިޒާމު ޕާޓީގެ ތެރޭގައި ހަމަޖެހިފައިވާކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އިންތިޚާބުގެ ނަތީޖާއިން މެމްބަރުން ބުނެދިން ވާހަކައަކީ ޕާޓީ ހިންގަން ބޭނުންވަނީ މިހާރު އޮތް ސަރުކާރާއެކުގައި ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުވެސް އެމްޑީޕީން ކާމިޔާބުކުރަން ބޭނުންވާކަން މެމްބަރުން ބުނެދީފިކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ މިކާމިޔާބީން އެންމެ ބޮޑަށް ދޭހަވީ އެމްޑީޕީގެ މެމްބަރުން ސަރުކާރާ ދޭތެރޭ ހިތްހަމަޖެހޭކަން ކަމަށެވެ. އަދި ރައީސް ޞާލިހަށް އޮތް އިތުބާރު މިއިންތިޚާބުން ފެނިގެންގޮސްފިކަމަށާއި މިސަރުކާރު ވަރުގަދަކުރަން އާންމު މެމްބަރުން ބޭނުންވާކަން ފެނިގެންގޮސްފައިވާކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ކުރައްވާނީ ކުރިންވެސް ވިދާޅުވިފަދައިން އިސްލާމީ އެންމެ މަތީ މަޖިލިސް ގާއިމުކުރުންކަމަށެވެ. އަދި 2023 އާ ހިސާބަށް ދާއިރު ރައްޔިތުން ބޭނުންވާ ކަންކަމާމެދު މަޝްވަރާކުރެވި މެމްބަރުންގެ ފަރާތުން މަޝްވަރާ ހޯދައިގެން އިންތިޚާބުގެ ކަންކަން ކުރިޔަށް ގެންދަވާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ރިޔާސީ އިންތިޚާބަށް ނިކުންނަވާ ބޭފުޅަކު ކަނޑައަޅާނެ ގޮތެއް ނިންމާނީ ޕާޓީގެ އެކި ގުނަވަންތަކުންކަމަށެވެ.

ރިޔާސީ އިންތިޚާބު ބާއްވާނަމަ އެމްޑީޕީގެ ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަކުރައްވާނެކަން ރައީސް ނަޝީދު ވަނީ އިއުލާން ކުރައްވާފައެވެ.

ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ބަދަލުތަކެއް ގެނައުމަށާއި ރިޔާސީ ނިޒާމު ކާމިޔާބުކުރެވޭ ގޮތް ބަދަލުކުރުމަށް 30 އިންސައްތަ ވޯޓުން ރައީސް ކަމަށް އާދެވޭ ގޮތަށް ހަދަން ރައީސް ނަޝީދު ބޭނުންފުޅުވެއެވެ.

އޮގަސްޓްމަހުގެ ތެރޭގައި އެމްޑީޕީގެ ކޮންގްރެސް ބާއްވަން ތާވަލުކޮށްފައިވާއިރު ޤާނޫނުއަސާސީއަށް ބަދަލު ގެންނަން ރައީސް ނަޝީދު ހުށަހަޅުއްވާ ހުށަހެޅުންތަކާމެދު ގޮތެއް ނިންމަން އަހާނީ އެ ކޮންގްރެސްގައެވެ.

ދެވަނަ 'އުކުޅަސް ކޮންގްރެސް'ގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ އަލަށް އިންތިޚާބު ކުރާ ޗެއާޕާސަނެވެ. ޗެއާޕާސަން އިންތިޚާބު ވާދަވެރިވެގެންދިޔަ މައިގަނޑު ސަބަބަކީ އެޔެވެ.

އެމްޑީޕީއެމްޑީޕީ ޗެއަރޕާސަން އިންތިޚާބު 2022

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު