Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޗެއާޕާސަން އިންތިޚާބު ފައްޔާޒު ކާމިޔާބުކުރެއްވުން

ހިތްބަރުކަމެއް ޒާތީކަމެއް ނެތް، އެކުގައި މަސައްކަތްކުރެވޭނެކަމާމެދު ކުޑަވެސް ޝައްކެއްނެތް: ފައްޔާޒު

ރައީސް ނަޝީދާއެކު މަސައްކަތްކުރައްވަން ވަރަށް ފަސޭހަކަމަށާއި ޒާތީ އެއްވެސް ކަމެއް ނޯންނާނެކަމަށް ފައްޔާޒު ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 15 މެއި 2022 | އާދީއްތަ 03:10
އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިޚާބު ކާމިޔާބުކުރެއްވި ފައްޔާޒު އިސްމާއިލް ނޫސްވެރިންނާ ބައްދަލުކުރައްވަނީ

އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިޚާބު ކާމިޔާބުކުރެއްވި ފައްޔާޒު އިސްމާއިލް ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ޚިޔާލުތަފާތުވުންތަކާއި ވާދަވެރިކަން އުފެދިފައިވީނަމަވެސް، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އާއެކު މަސައްކަތްކުރެވޭނެކަމާމެދު ކުޑަކޮށްވެސް ޝައްކުނުކުރައްވާކަމަށް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ކާމިޔާބުކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ވާދަވެރި ކެމްޕެއިނަކަށްފަހު 7000ށް ވުރެ ގިނަ ވޯޓުގެ ތަފާތަކުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި)އާ ވާދަކުރައްވާ ފައްޔާޒު ވަނީ ޗެއާޕާސަންގެ މަޤާމު ކާމިޔާބު ކުރައްވާފައެވެ. އިންތިޚާބުގައި ޗެއާޕާސަން ކަމަށް ވާދަކުރެއްވީ އެމްޑީޕީގައި މިހާރު އުފެދިފައިވާ ދެ ފެކްޝަނުންނެވެ. އެހެންކަމުން ކެމްޕެއިންގެ ތެރޭގައި ފެނިގެންދިޔައީ ވާދަވެރިކޮށް ދެ ފަރާތަށް ބަހުގެ ހަމަލާތައް ދެމުންދިޔަ ތަނެވެ.

އެމްޑީޕީގެ 17 އަހަރުގެ ތާރީޚުގައި ބޭއްވި އެންމެ ވާދަވެރި އެއް އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު، އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރެއްވުމަށް ޖަގަހައަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ފައްޔާޒު ވިދާޅުވީ މަސައްކަތްކުރައްވާނީ ޕާޓީ އިތުރަށް ހަރުދަނާކުރެއްވުމަށް ކަމަށެވެ. ޕާޓީގެ އެންމެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއި ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއެކު ޕާޓީގެ އިދާރީ ކަންކަން މިހާރަށްވުރެ ހަރުދަނާކޮށް، ޕާޓީގެ ޙަރަކާތްތައް މުޅި ރާއްޖޭގައި ހިންގޭނެ ގޮތަކަށް ކަންކަން އިންތިޒާމުވެ ތަންފީޒުކުރުމަށް އިސްކަމެއްދެއްވާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި މަޤާމާ ހަވާލުވެވަޑައިގަންނަވާ ދުވަހުން ފެށިގެން އެމަސައްކަތް ކުރަން ފައްޓަވާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ކެމްޕެއިން ތެރޭގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ބޮޑެތި ތުހުމަތުތަކެއް ފައްޔާޒަށް އަމާޒުކުރައްވާފައިވާއިރު، ރައީސް ނަޝީދާއެކު މަސައްކަތްކުރެއްވުމަށް ފަސޭހަވާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ފައްޔާޒު ވިދާޅުވީ ރައީސް ނަޝީދާއެކު މަސައްކަތްކުރަން ވަރަށް ފަސޭހަކަމަށާއި ޒާތީ އެއްވެސް ކަމެއް ނޯންނާނެކަމަށެވެ. ޕާޓީ ހިންގާލުމަށް އިންތި އާއި އިންތިގެ ޓީމާއެކު މަސައްކަތްކުރެވޭނެކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ކެމްޕެއިން ތެރޭގައި އުފެދިގެން ދިޔަ ވާދަވެރިކަމާއެކު ކުރިޔަށް އޮތްތަނުގައި ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރާނެތޯ ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވީ ކުރިންވެސް އެމްޑީޕީގެ ތެރޭގައި ހަމަމިހާ ވަރުގަދަ އިންތިޚާބުތައް ކުރިޔަށް ގޮސްފައި އެބަހުރި ކަމަށެވެ. މިހާރުގެ ތަފާތަކީ ސޯޝަލް މީޑިޔާ ފުޅާކޮށް އޮތުމުން ފާޅުކަން ބޮޑުގޮތެއްގައި އެވާހަކަތައް ދެކެވުންކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީ ދެފަޅިވެގެން ހިނގައިދާނެކަމަށް ކުޑަކޮށްވެސް ޝައްކުނުކުރައްވާކަމަށް ފައްޔާޒު ވިދާޅުވިއެވެ. ސިޔާސީ ގޮތުން ހިންގާ ކެމްޕެއިނެއްގެ ތެރޭގައި ދައްކާ ވާހަކަ އިންތިޚާބު ނިމި ނަތީޖާ ލިބުމުން ތަފާތުވާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އިންތިޚާބު ކުރިޔަށްދިޔަ ގޮތަށް ބަލާއިރު ޝަކުވާތަކެއް ހުންނާނެކަމަށް ޤަބޫލުކުރައްވާކަމަށާއި ނަމަވެސް ނަތީޖާއަށް ބަދަލު އަންނަފަދަ މައްސަލައެއް އަންނަ ވަރަށްވުރެ މާބޮޑު ތަފާތަކުން އާންމު މެމްބަރުން ވަނީ މިކަން ނިންމާފައިކަމަށެވެ.

އެމްޑީޕީއެމްޑީޕީ ޗެއަރޕާސަން އިންތިޚާބު 2022

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު