Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ފައްޔާޒު

7658 ވޯޓުގެ ތަފާތަކުން ފައްޔާޒު އެމްޑީޕީގެ ޗެއާޕާސަންކަމަށް

ފައްޔާޒު އިސްމާއީލަށް ލިބިވަޑައިގެންނެވީ 28،514 ވޯޓު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 14 މެއި 2022 | ހޮނިހިރު 22:41
އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް އިންތިޚާބުވެވަޑައިގަންނަވާފައިވާ ފައްޔާޒު އިސްމާއިލް

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް އިންތިޚާބުވެވަޑައިގަންނަވާފައިވާ ފައްޔާޒު އިސްމާއިލް

ކުރިޔަށް އޮތް ފަސް އަހަރަށް އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ކުރިޔަށްގެންދިޔަ ވާދަވެރި އިންތިޚާބު 7658 ވޯޓުގެ ތަފާތަކުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ކާމިޔާބުކުރައްވައިފިއެވެ.

މިއިންތިޚާބުގައި ފައްޔާޒު އާ ވާދަކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރ އިމްތިޔާޒު ފަހުމީ (އިންތި)އެވެ. މިއިންތިޚާބުގައި ޗެއަރޕާސަން ހޮވުމަށް 94،211 މީހުންނަށް ވޯޓުލެވެއެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން މީގެތެރެއިން 49،370 މެމްބަރުން ވަނީ ޗެއާޕާސަން ކަމަށް ފައްޔާޒު އާއި އިންތިއާ ތެރެއިން ބޭފުޅަކު އިންތިޚާބުކުރުމަށް ވޯޓުލާފައެވެ. އޭގެތެރެއިން 28،514 މީހުން ވޯޓުލާފައިވަނީ ޗެއާޕާސަންކަމަށް ފައްޔާޒު އިސްމާއީލް އިންތިޚާބުކުރުމަށެވެ. އެއީ ވޯޓުލީ މީހުންގެ 58 އިންސައްތަ އެވެ. އިމްތިޔާޒު ފަހުމީ އަށް ވޯޓުލާފައިވަނީ 20،856 މީހުންނެވެ. އެއީ ވޯޓުލީ މީހުންގެ 42 އިންސައްތަ އެވެ.

Advertisement - newsAdvertisement

އިންތިޚާބުގައި ބޮޑެތި ސިޓީތަކުން ދެ ބޭފުޅުންނަށް ވޯޓު ލިބިވަޑައިގެންނެވި ގޮތަށް ބަލާލާއިރު މާލެ ސިޓީން އިންތި އަށް ވަނީ ފައްޔާޒަށްވުރެ ގިނައިން ވޯޓު ލިބިވަޑައިގަންނަވާފައެވެ. މާލެ ސިޓީން އިންތިއަށް ލިބިވަޑައިގެންނެވީ 2513 ވޯޓެވެ. ފައްޔާޒަށް ލިބިވަޑައިގެންނެވީ 2218 ވޯޓެވެ. މާލެ ސިޓީގެ ވަކިވަކި ދާއިރާތަކަށް ބަލާލާއިރު އިންތިއަށް ވުރެ ގިނައިން ފައްޔާޒަށް ވޯޓު ލިބިވަޑައިގަންނަވާފައިވަނީ ހުޅުމާލެ ދާއިރާ، ހެންވޭރު ދެކުނު ދާއިރާ، މައްޗަންގޮޅި ދެކުނު ދާއިރާ، މާފަންނު ހުޅަނގު ދާއިރާ އަދި މާފަންނު ދެކުނު ދާއިރާ އިންނެވެ. އެހެން ދާއިރާތަކުން ކުރީގައި އުޅުއްވީ އިންތިއެވެ. އެންމެ ބޮޑު ތަފާތަކުން އިންތިއަށް ވޯޓު ލިބިވަޑައިގަންނަވާފައިވަނީ ގަލޮޅު އުތުރު ދާއިރާ އިންނާއި އިންތި ތަމްސީލުކުރައްވާ މާފަންނު އުތުރު ދާއިރާއިންނެވެ. ގަލޮޅު އުތުރު ދާއިރާ ތަމްސީލުކުރައްވަނީ އީވާ އަބްދުﷲ އެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން އައްޑޫ ސިޓީން ކުރީގައި އުޅުއްވަނީ ފައްޔާޒުއެވެ. ފައްޔާޒަށް އައްޑޫ ސިޓީން 2925 ވޯޓު ލިބިވަޑައިގެންނެވިއިރު އިންތިއަށް ލިބިވަޑައިގަތީ 2592 ވޯޓެވެ. އިންތިއަށް ފައްޔާޒަށް ވުރެ ގިނައިން ވޯޓު ލިބިވަޑައިގަންނަވާފައިވަނީ މަރަދޫ ދާއިރާ އާއި ހިތަދޫ މެދު ދާއިރާއިންނެވެ. އެހެން ދާއިރާތަކުން ކުރީގައި އުޅުއްވަނީ ފައްޔާޒެވެ. އެންމެ ބޮޑު ތަފާތަކުން ފައްޔާޒު ކުރި ހޯއްދަވާފައިވަނީ އައްޑޫ މީދޫ ދާއިރާއިންނެވެ. އެދާއިރާ ތަމްސީލުކުރައްވަނީ ރޮޒައިނާ އާދަމްއެވެ. ރޮޒައިނާ އަކީ ފައްޔާޒު އާއެކު އިންތިޚާބުގައި އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް ވާދަކުރެއްވި ބޭފުޅެއްވެސްމެއެވެ.

މިއިންތިހާބުގައި މާލޭގައި 87 ވޯޓު ފޮށި ބެހެއްޓިއިރު, 194 ރަށެއްގައި ވޯޓު ފޮށި ބެހެއްޓިއެވެ.

އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު 2022އެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު