Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި އެފްއޭކަޕް

ޕެނަލްޓީގައި ޗެލްސީ ބަލިކޮށް، އެފްއޭކަޕްގެ ތަށި ލިވަޕޫލުން ހޯދައިފި

14 މެއި 2022 | ހޮނިހިރު 19:44

ޕެނަލްޓީގައި ލިވަޕޫލް ކުރި ހޯދީ 6-5 ން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 14 މެއި 2022 | ހޮނިހިރު 19:44
އެފްއޭކަޕް ތަށްޓާއެކު ލިވަޕޫލް ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-ލިވަޕޫލް

އެފްއޭކަޕް ތަށްޓާއެކު ލިވަޕޫލް ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-ލިވަޕޫލް

ޕެނަލްޓީގައި ޗެލްސީ ބަލިކޮށް, އިނގިރޭސި އެފްއޭކަޕްގެ ޗެމްޕިއަންކަން ލިވަޕޫލުން ހޯދައިފިއެވެ. ޕެނަލްޓީގައި ލިވަޕޫލް ކުރި ހޯދީ 6-5ން ނެވެ.

މެޗުގެ ފުރިހަމަ ވަގުތާއި, ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ދެހާފްވެސް ނިމުނީ ލަނޑެއް ނުޖެހި ދެޓީމް އެއްވަރުވެގެންނެވެ. މެޗުގެ ފުރިހަމަ ވަގުތުގެ ތެރެއިން, މެޗުގެ ފަހުކޮޅު ޖޮޓާ ފޮނުވާލި ބޯޅައެއް އަރިމަތީ ދަނޑިއަށް އަމާޒުވިއެވެ. އަދި ލުއިޒް ޑިއާޒް ފޮނުވާލި ބާރުބޯޅައެއް އަރިމަތި ދަނޑިކައިރިން ބޭރަށް ދިޔައެވެ. ޕެނަލްޓީގައި ފުރަތަމަ ލިވަޕޫލަށް ތަށި ހޯދއިދޭން ފުރުޞަތު ލިބުނީ މާނޭއަށެވެ. ފުރަތަމަ ފަސް ޕެނަލްޓީގެ ތެރެއިން ފަހު ޕެނަލްޓީ ޖަހަން މާނޭ ދިޔައިރު ޗެލްސީގެ ކެޕްޓަން އަޒުޕިލުކުއެޓާގެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. އޭނާ ޖެހި ޕެނަލްޓީ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ. ނަމަވެސް މާނޭ ފޮނުވާލި ޕެނަލްޓީ ޗެލްސީގެ ކީޕަރު މެންޑީ މަތަކުރުމުން އިތުރަށް ޕެނަލްޓީ ޖަހަން ޖެހުނެވެ.

ޗެލްސީން ދެން ނާކާމިޔާބުވީ މޭސަން މައުންޓް ޖެހި ޕެނަލްޓީއެވެ. އޭނާ ފޮނުވާލި ޕެނަލްޓީ އެލިސަން ބެކާ މަތަކުރިއެވެ. ލިވަޕޫލަށް ތަށި ހޯދައިދިން ޕެނަލްޓީ ކާމިޔާބުކުރީ ނަތީޖާ ނެރުމަށް ކުޅުނު ފަނަރަ މިނިޓްގެ ދެހާފްގެ ތެރެއިން ފުރަތަމަ ހާފް ނިމެނިކޮށް ކުޅެން ނިކުތް ކޮންސްޓެންޓިނޯސް ސިމިކާސްއެވެ.

ސީޒަންގައި އަދި ދެ މުބާރާތް ކާމިޔާބުކުރުމުގެ ފުރުޞަތު ލިވަޕޫލަށް އެބައޮތެވެ. އެއީ ޗެމްޕިއަންސްލީގާއި ޕްރިމިއަރ ލީގެވެ. ޗެމްޕިއަންސްލީގު ފައިނަލްގައި މިމަހުގެ 28 ވަނަ ދުވަހުގެރޭ ނިކުންނާނީ ރެއާލް މެޑްރިޑާ ދެކޮޅަށެވެ. ޕްރިމިއަރ ލީގު ލިބެން އޮތީ މިވަގުތު އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީން ޕޮއިންޓް ގެއްލުވާލައިފިނަމައެވެ. ލިވަޕޫލް އޮތީ ތިން ޕޮއިންޓްގެ ފަރަޤަކާއެކު ދެވަނައިގައެވެ.

އިނގިރޭސި އެފްއޭ ކަޕްޗެލްސީލިވަޕޫލް

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
05 ނޮވެމްބަރު 2025

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

05 ނޮވެމްބަރު 2025
ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް
04 ނޮވެމްބަރު 2025

ސްލޮޓް އެދުނީ ސަޕޯޓަރުން ލިވަޕޫލް އާއެކު ތިބުމަށް

04 ނޮވެމްބަރު 2025
ސްލޮޓް އެދުނީ ސަޕޯޓަރުން ލިވަޕޫލް އާއެކު ތިބުމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް