Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫއޭއީގައި މުޒާހަރާ ކުރި މީހުން ހައްޔަރުކުރުން

ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް ޔޫއޭއީ ގައި މުޒާހަރާ ކުރި 57 ބަންގްލަދޭޝް މީހުން ދިގު މުއްދަތައް ޖަލަށް ލައިފި

ޔޫއޭއީ ގައި ދިރިއުޅޭ ބަންގްލަދޭޝް މީހުން ބޭއްވި މުޒާހަރާގެ ބައިވެރިންގެ ތެރެއިން އެކަކުގެ މައްޗަށް އުމުރަށް ޖަލަލަށް ލުމުގެ ހުކުމް އައި އިރު އިތުރު 53 މީހުންގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވެއެވެ. އިތުރު މީހަކު 11 އަހަރަށް ޖަލަން ލާން ކޯޓުގެ ހުކުމުގައިވާ ކަމަށް ޔޫއޭއީގެ ދައުލަތުގެ މީޑިއާ އިން ބުނެފައިވެއެވެ.

ރާއްޖެ އެމްވީ | 22 ޖުލައި 2024 | ހޯމަ 19:26
މިދިޔަ ހަފްތާގެ ތެރޭގައި ބަންގްލަދޭޝްގެ އެކި ހިސާބުތަކުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ކޮށްފައިވޭ

މިދިޔަ ހަފްތާގެ ތެރޭގައި ބަންގްލަދޭޝްގެ އެކި ހިސާބުތަކުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ކޮށްފައިވޭ

ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް ޔޫއޭއީ ގައި މުޒާހަރާ ކުރި 57 ބަންގްލަދޭޝް މީހަކު ދިގު މުއްދަތައް ޖަލަށް ލުމަށް ޔޫއޭއީ ގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

ބަންގްލަދޭޝްގައި އެ ގައުމުގެ ސަރުކާރާ ދެކޮޅަށް ކުރިއަށް ދިޔަ މުޒާހަރާ އާއި ބައިވެރި ވުމުގެ ގޮތުން މި ދިޔަ ހުކުރު ދުވަހު ޔޫއޭއީ ގައި ދިރިއުޅޭ ބަންގްލަދޭޝް މީހުން ބޭއްވި މުޒާހަރާގެ ބައިވެރިންގެ ތެރެއިން އެކަކުގެ މައްޗަށް އުމުރަށް ޖަލަލަށް ލުމުގެ ހުކުމް އައި އިރު އިތުރު 53 މީހުންގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވެއެވެ. އިތުރު މީހަކު 11 އަހަރަށް ޖަލަން ލާން ކޯޓުގެ ހުކުމުގައިވާ ކަމަށް ޔޫއޭއީގެ ދައުލަތުގެ މީޑިއާ އިން ބުނެފައިވެއެވެ.

ދިރިއުޅޭ އާބާދީގެ 90 އިންސައްތަ ބިދޭސީންގެ މައްޗަށް އެކުލެވިފައިވާ ޔޫއޭއީ ގައި މުޒާހަރާ ކުރުމާއި ހަޅުތާލު ކުރުމަކީ މަނާ ކަމެކެވެ. ޔޫއޭއީގެ ދިރިއުޅޭ އާބާދީގައި ތިން ވަނަ އަށް އެންމެ ގިނައީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ.

ބަންގްލަދޭޝްގެ ޔުނިވަރސިޓީ ދަރިވަރުން އިސްނަގައިގެން ބަންގްލަދޭޝްގައި ފެށި މުޒާހަރާ ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެ، ފުލުހުންނާ މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގި ކުރިމަތިލުން ތަކުގައި 150ށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. 500ށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ހޯމަ ދުވަހު މުޒާހަރާގައި އިސްކޮށް އުޅޭ ފަރާތްތަކުން ވަނީ ސަރުކާރަށް ކާފިއު އުވާލާ އިންޓަނެޓް ޚިދުމަތް އަލުން ދިނުމަށް 48 ގަޑިއިރުގެ މުހުލަތެއް ދީފައެވެ. މީގެ އިތުރުން މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރި ފަރާތްތައް އިސްތިއުފާ ދިނުމަށްވެސް ވަނީ ގޮވާލާފައެވެ.

ބަންގްލަދޭޝްގައި މި ހިނގި ހަމަނުޖެހުން ތަކަކީ ޝެއިޚް ހަސީނާގެ 15 އަހަރުގެ ދިގު ވެރިކަމުގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުން ކަމަށް ރިޕޯތްތައް ބުނެއެވެ.

ޔޫއޭއީ ގައި ހިނގި ޝަރީއަތުގައި ދިފާއުގައި ދެއްކި އެއްވެސް ވާހަކަ އަކަށް ފަނޑިޔާރު ބަލާފައި ނުވާ ކަމަށާއި، ޖަލު މުއްދަތު ހަމަވުމުން އެ އެންމެން ޑީޕޯޓް ކޮށްލުމަށް ހުކުމް ކޮށް މައްސަލަ ނިންމާލީ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އަމިއްލަ ޖަމްއިއްޔާ އަކުން މި ޝަރީއަތައް ފާޑުކިޔަމުން ބުނެފައިވެއެވެ.

ބަންގްލަދޭޝްގައި ދަރިވަރުން މުޒާހަރާ ކުރުންބަންގްލަދޭޝްޔޫއޭއީ

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

05 ޑިސެމްބަރު 2025
މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި
03 ޑިސެމްބަރު 2025

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި
30 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

30 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ
21 ނޮވެމްބަރު 2025

ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025
ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
14 ނޮވެމްބަރު 2025

ވެރިކަމުން ވައްޓާލި ހަސީނާގެ ޕާޓީ އިން ގައުމު ހުއްޓުމަކަށް ގެނައުމަށް ގޮވާލުމާ އެކު ބަންގްލަދޭޝް ގައި އަނެއްކާ ވެސް ހަމަނުޖެހުންތައް ފެށިއްޖެ

14 ނޮވެމްބަރު 2025
ވެރިކަމުން ވައްޓާލި ހަސީނާގެ ޕާޓީ އިން ގައުމު ހުއްޓުމަކަށް ގެނައުމަށް ގޮވާލުމާ އެކު ބަންގްލަދޭޝް ގައި އަނެއްކާ ވެސް ހަމަނުޖެހުންތައް ފެށިއްޖެ
04 ނޮވެމްބަރު 2025

މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް އަލުން ދަތުރުތައް ފަށަނީ

04 ނޮވެމްބަރު 2025
މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް އަލުން ދަތުރުތައް ފަށަނީ
24 އޮކްޓޯބަރު 2025

މި ސަރަހައްދުގައި ދިއިރުޅުމުގެ ހަރަދު އެންމެ ބޮޑު ގައުމަކީ ރާއްޖެ

24 އޮކްޓޯބަރު 2025
މި ސަރަހައްދުގައި ދިއިރުޅުމުގެ ހަރަދު އެންމެ ބޮޑު ގައުމަކީ ރާއްޖެ
18 އޮކްޓޯބަރު 2025

ބަންގްލަދޭޝްގެ މައި އެއަރޕޯޓުގައި ބޮޑު އަލިފާނުގެ ހާދިސާ އެއް ހިނގާ އެއަރޕޯޓު ހުއްޓުމަކަށް

18 އޮކްޓޯބަރު 2025
ބަންގްލަދޭޝްގެ މައި އެއަރޕޯޓުގައި ބޮޑު އަލިފާނުގެ ހާދިސާ އެއް ހިނގާ އެއަރޕޯޓު ހުއްޓުމަކަށް
17 އޮކްޓޯބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ލީޑަރު ޝެއިޚް ހަސީނާ އަށް މަރުގެ އަދަބު ދިނުމަށް އެދިއްޖެ

17 އޮކްޓޯބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ލީޑަރު ޝެއިޚް ހަސީނާ އަށް މަރުގެ އަދަބު ދިނުމަށް އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު