Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމް
ޝާތިރުގެ ކޮލަމް

އިސްކަންދަރު ސްކޫލަކީ ވަރަށް ފަޚުރުވެރި ސްކޫލެއް

މޮންޓެސޫރީ އިސްކޫލުގައި ތައުލީމުދޭން ފެށުނީ 2 އަހަރާއި 6 އަހަރާ ދެމެދުގެ އެންމެ ތުއްތު ކުދިންނަށް

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު, ރާއްޖެ އެމްވީ | 14 މެއި 2022 | ހޮނިހިރު 07:36
ޙަމީދިއްޔާ މޮންޓެސޫރީ ސްކޫލްގެ ނަމުގައި މިހާރުގެ އިސްކަންދަރު ސްކޫލް ހުޅުވުމުގެ ތެރެއިން

ޙަމީދިއްޔާ މޮންޓެސޫރީ ސްކޫލްގެ ނަމުގައި މިހާރުގެ އިސްކަންދަރު ސްކޫލް ހުޅުވުމުގެ ތެރެއިން

ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަަސް ނިސްބަތް ވަނީ ދިވެހިރާއްޖޭގައި މޮންޓެސޫރީ އިސްކޫލެއް ހުޅުވުނު ދުވަހަށެވެ.

ދިވެހިރާއްޖޭގައި މޮންޓެސޫރީ އިސްކޫލެއް ހުޅުވުނީ 10 މޭ 1961ގައެވެ. އެއީ މިހާރުގެ އިސްކަންދަރު ސްކޫލެވެ. އިސްކަންދަރު ސްކޫލަށް 61 އަހަރެވެ. މި މުއްދަތުގެ ތެރޭގައި އެސްކޫލަށް ގިނަގުނަ ކާމިޔާބީތައް ލިބިފައިވާކަން ފާހަގަކުރެވެއެވެ.

އެއީ އެތައްހާސް ދިވެހިންގެ ތައުލީމުގެ ފުރަތަމަ ބިންގާ ކަމުގައިވި، ރާއްޖޭގެ އެންމެ ފަޚުރުވެރި އެންމެ ގަދަރުވެރި މަދުރަސާއެއް ވެސްމެއެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ މޮންޓެސޫރީ އިސްކޫލް ހުޅުވުނީ މައްޗަންގޮޅީ ޗާންދަނީމަގުގައި 1940ގެ އަހަރުތަކުގައި މައްޗަންގޮޅީ އަވަށު މަދުރަސާ "މަދުރަސަތުލްޙަމީދިއްޔާ" އިމާރާތުގައެވެ.

10މޭ 1961ގައި "ޙަމީދިއްޔާ މޮންޓެސޫރީ ސްކޫލް"ގެ ނަމުގައި މި އިސްކޫލް ހުޅުއްވައިދެއްވީ ވަޒީރުލްމަޢާރިފްގެ ޤާއިމުމަޤާމު (އެކްޓިންގ މިނިސްޓަރ އޮފް އެޑިޔުކޭޝަން) ވަޒީރުއްދާޚިލިއްޔާ (މިނިސްޓަރ އޮފް ހޯމް އެފެއާޒް) އަދި ވަޒީރުލްއައުޒަމްގެ ނައިބު (ޑެޕިއުޓީ ޕްރައިމް މިނިސްޓަރ) ޞާޙިބުއްސަޢާދަތު އިބްރާހީމް ރަޝީދެވެ.

މޮންޓެސޫރީ އިސްކޫލުގައި ތައުލީމުދޭން ފެށުނީ 2 އަހަރާއި 6 އަހަރާ ދެމެދުގެ އެންމެ ތުއްތުކުދިންނަށެވެ.

މޮންޓެސޫރީ ސްކޫލަށް ބިނާކުރެވުނު ޚާއްޞަ އިމާރާތް އަދި "ނާޞިރިއްޔާ މޮންޓެސޫރީ ސްކޫލް"ގެ ނަމުގައި އައު އިސްކޫލު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު (ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ 1965) އަދި އެކިލެގެފާނު އަނބިކަނބަލުން (ފަސްޓްލޭޑީ) މެޑަމް އަންނަބީލާ ނަސީމާ މުޙައްމަދު (ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ 2011)އެވެ. އެއީ 1970ވަނަ އަހަރުއެވެ.

(މި އިމާރާތް އިސްކަންދަރު ސްކޫލްގައި ފެންނަން އެބަހުއްޓެވެ. މީގެ 52 އަހަރުކުރިޔަށް ބަލާއިރު ވަރަށް ފުރިހަމަ އިމާރާތެކެވެ. މިޒަމާނަށްވެސް އެކަށޭނަ ޒަމާންތަކަށް ދެމެހެއްޓޭނެ ވަރުގަދަ ބިނާއެއްވެސްމެއެވެ.)

ނާޞިރިއްޔާ މޮންޓެސޫރީ ސްކޫލް"ގެ ނަން "އިސްކަންދަރު މޮންޓެސޫރީ ސްކޫލް" ނަމަށް ބަދަލުކުރެވުނީ 1979ވަނަ އަހަރުއެވެ. އަދި މި ނަން "އިސްކަންދަރު ސްކޫލް"ގެ ނަމަށް ބަދަލުކުރީ 1980ގައެވެ.

އިސްކަންދަރު ސްކޫލް

ކޮމެންޓް

އިތުރަށް ކިޔާލަން

"ގާނޫނު އަސާސީގެ ދިފާއުގައި" ޖަލްސާއަށް ދާ މީހުންނަށް ހުރަސް އަޅަން ސަރުކާރުން އިވެންޓްތައް ބާއްވާ އެތަނަށް ދާން މަޖުބޫރުކުރަނީ

"ގާނޫނު އަސާސީގެ ދިފާއުގައި" ޖަލްސާއަށް ދާ މީހުންނަށް ހުރަސް އަޅަން ސަރުކާރުން އިވެންޓްތައް ބާއްވާ އެތަނަށް ދާން މަޖުބޫރުކުރަނީ

10 ޑިސެމްބަރު 2024
ކޮންމެ ކަހަލަ ކާމިޔާބީއެއް ލިބުނު ނަމަވެސް އެކަމާއި ބޮޑާނުވެ، އެހެންކުދިންނާއިމެދު އިސްކަންދޭ ކުދި ބަޔަކަށްވާންވާނެ: ނައިބު ރައީސް ފައިސަލް

ކޮންމެ ކަހަލަ ކާމިޔާބީއެއް ލިބުނު ނަމަވެސް އެކަމާއި ބޮޑާނުވެ، އެހެންކުދިންނާއިމެދު އިސްކަންދޭ ކުދި ބަޔަކަށްވާންވާނެ: ނައިބު ރައީސް ފައިސަލް

11 އޮކްޓޯބަރު 2023
ރާއްޖޭގެ ޝަރަފުވެރި ނަމޫނާ މަދުރަސާ, އިސްކަންދަރު ސްކޫލަށް 62 އަހަރު!

ރާއްޖޭގެ ޝަރަފުވެރި ނަމޫނާ މަދުރަސާ, އިސްކަންދަރު ސްކޫލަށް 62 އަހަރު!

08 މެއި 2023
ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

15 މާރިޗު 2023
އަރަބިއްޔާގެ ހިންގުން އިސްކަންދަރުގެ ޕްރިންސިޕަލާ ހަވާލުކޮށްފި

އަރަބިއްޔާގެ ހިންގުން އިސްކަންދަރުގެ ޕްރިންސިޕަލާ ހަވާލުކޮށްފި

06 ނޮވެމްބަރު 2022

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު