Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު

އެމްޑީޕީން އަބަދުވެސް އިސްކަންދެނީ ސުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގަން: ރައީސް ނަޝީދު

ރައީސް ނަޝީދު ވޯޓު ލައްވާފައިވަނީ ޖަމާލުއްދީން ސުކޫލުގައި ބެހެއްޓިފައިވާ ވޯޓު ފޮއްޓަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 14 މެއި 2022 | ހޮނިހިރު 05:50
ޗެއަރޕާސަން، އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިތްވަރުގެ ރައީސުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ރައީސް ނަޝީދު ވޯޓު

ޗެއަރޕާސަން، އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިތްވަރުގެ ރައީސުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ރައީސް ނަޝީދު ވޯޓު

އެމްޑީޕީގެ ޗެއަރޕާސަން، އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިތްވަރުގެ ރައީސުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ވޯޓު ލައްވައިފިއެވެ.

ރައީސް ނަޝީދު ވޯޓު ލައްވާފައިވަނީ ޖަމާލުއްދީން ސުކޫލުގައި ބެހެއްޓިފައިވާ ވޯޓު ފޮއްޓަކަށެވެ. އެމަނިކުފާނު ވޯޓު ލެއްވީ ހޮނިހިރު ދުވަހުގެ ހެނދުނު 10:17 ގައެވެ.

Advertisement - newsAdvertisement

ވޯޓު ލެއްވުމަށްފަހު ރާއްޖެއެމްވީ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، މިއީ އެމްޑީޕީއަށް ބޮޑު ކާމިޔާބީއެއް ލިބޭ ދުވަހެއް ކަމަށެވެ.

އެމްޑީޕީ އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ އިންތިޚާބުތައް މެދުވެރިކޮށްގެން ސުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގައި، އެމްޑީޕީއާއި، ރާއްޖޭގެ ކުރިމަގުވެސް ރާވަމުން ގެންދިއުމަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޖަމާލުއްދީން ސުކޫލުގައި 5 ވޯޓު ފޮއްޓެއް ބެހެއްޓިފައިވާއިރު، ޗެއަރޕަރސަން ކަމަށް ކުރިމަތިލައްވާފައިވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްވެސް ވޯޓު ލައްވާފައިވަނީ އެ ސުކޫލްގަ ބަހައްޓާފައިވާ ފޮއްޓަކަށެވެ.

މި އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ ހެނދުނު 9:00 ގައެވެ. އަދި ހަވީރު 4:00 އާއި ހަމަޔަށް ވޯޓުލުން ކުރިއަށްދާނެއެވެ.

މިއިންތިޚާބުގައި ޗެއަރޕާސަން ހޮވުމަށް 94،211 މީހުންނަށް ވޯޓުލެވޭކަމަށް އެމްޑީޕީން ބުނެއެވެ. އަދި އަންހެނުންގެ ރޫހުގެ ރައީސަކު އިންތިޚާބުކުރުމަށް 41،027 މެމްބަރުންނަށް ވޯޓުލެވޭއިރު ޒުވާނުންގެ ހިތްވަރަށް މީހަކު އިންތިޚާބުކުރުމަށް 32،057 މެމްބަރުންނަށް ވޯޓުލެވެއެވެ.

އެމްޑީޕީއިން ވަނީ ވޯޓުލާ މަރުކަޒުގައި ވޯޓުލުން ކުރިޔަށްދާނެ ގޮތް އާންމުކޮށްފައެވެ. އެއުސޫލަށް ބަލާލާއިރު ވޯޓުލާ ނިމުމުން ވޯޓުފޮށި ބަންދުކުރާތާ 15 މިނެޓް ފަހުން ވޯޓު ފޮށި ގުނަން ފަށާގޮތަށް ވަނީ ނިންމާފައެވެ. މީގެއިތުރުން ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށްފަހު ވޯޓު ކަރުދާހުގެ ފޮޓޯ ނަގައިގެން ނުވާނެކަމަށް ވަނީ އަންގާފައެވެ.

އެމްޑީޕީމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު 2022އެމްޑީޕީގެ އެތެރޭގެ އިންތިޚާބު 2022

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު