Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ކަޕް

އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން އިންޓަރއަށް

12 މެއި 2022 | ބުރާސްފަތި 13:28

ފައިނަލް މެޗުގައި ޔުވެންޓަސްގެ މައްޗަށް އިންޓަރ ކުރިހޯދީ 4-2ން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 12 މެއި 2022 | ބުރާސްފަތި 13:28
ޔުވެންޓަސް ބަލިކޮށް އިންޓަރއިން މުބާރާތް ކާމިޔާބުކުރުން

ޔުވެންޓަސް ބަލިކޮށް އިންޓަރއިން މުބާރާތް ކާމިޔާބުކުރުން

ޔުވެންޓަސްއާ ވާދަކޮށް އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން އިންޓަރމިލާނުން ކާމިޔާބުކޮށްފިއެވެ.

މިއީ އިންޓަރއިން މި މުބާރާތް ކާމިޔާބުކުރި އަށްވަނަ ފަހަރެވެ. މުބާރާތުގެ ފައިނަލް މެޗުގައި ޔުވެންޓަސްގެ މައްޗަށް އިންޓަރ ކުރިހޯދީ 4-2ންނެވެ. ފޯރިގަދަ މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0ން އިންޓަރ ކުރީގައި އޮވެގެންނެވެ. އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މެޗުގެ ހަވަނަ މިނެޓުގައި އިންޓަރއަށް ލީޑް ނަގައިދިނީ ނިކޯލޯ ބަރޭލީއެވެ.

ނަމަވެސް ދެވަނަ ހާފު ފެށިގެން ފަސް މިނެޓުވީ ފަހުން ޔުވެންޓަސްއިން ވަނީ ކައިރި ކައިރީގައި ދެލަނޑު ޖަހައި ނަތީޖާ އަނބުރާލާފައެވެ. ޔުވެންޓަސްގެ ފުރަތަމަ ލަނޑު ޖެހީ އަލެކްސް ސަންޑްރޯއެވެ. އޭގެ ދެމިނެޓު ފަހުން ޔުވެންޓަސްއަށް ލީޑު ނަގައިދިނީ ޑުސާން ލަހޯވިޗްއެވެ.

އިންޓަރއިން އަނެއްކާވެސް ފަހަތުން އަރައި ނަތީޖާ ހަމަހަމަކުރީ މެޗުގެ 80 ވަނަ މިނެޓުގައެވެ. މިއީ އިންޓަރގެ ޕައުލް ޑިބާލާއަށް ޔުވެންޓަސްގެ ކުޅުންތެރިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެެވެ. އިންޓަރއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ހަކާން ޗަލަނޮލޫއެވެ.

އިންޓަރ މޮޅުވީ މެޗުގެ ފުރިހަމަ ވަގުތުގައި ނަތީޖާ އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގެ ދެހާފުގައެވެ. އިންޓަރގެ ދެލަނޑުވެސް ޖަހައިދިނީ އިވާން ޕެރިސިޗްއެވެ. ފުރަތަމަ ލަނޑު ޖެހީ ޕެނަލްޓީއަކުންނެވެ. ދެވަނަ ލަނޑަކީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

އިޓާލިއަން ކަޕް

އިތުރަށް ކިޔާލަން

15 މެއި 2025

މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

15 މެއި 2025
މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި
26 ފެބުރުއަރީ 2025

ލާޒިއޯ ބަލިކޮށް، އިންޓަރ މިލާން ސެމީ ފައިނަލަށް

26 ފެބުރުއަރީ 2025
ލާޒިއޯ ބަލިކޮށް، އިންޓަރ މިލާން ސެމީ ފައިނަލަށް
05 ފެބުރުއަރީ 2025

އެޓަލަންޓާ ބަލިކޮށް، ބޮލޮގްނާ ސެމީ ފައިނަލަށް

05 ފެބުރުއަރީ 2025
އެޓަލަންޓާ ބަލިކޮށް، ބޮލޮގްނާ ސެމީ ފައިނަލަށް
04 ޑިސެމްބަރު 2024

ސަސުއޯލޯ ބަލިކޮށް، އޭސީ މިލާާން ކުއާޓާ ފައިނަލަށް

04 ޑިސެމްބަރު 2024
ސަސުއޯލޯ ބަލިކޮށް، އޭސީ މިލާާން ކުއާޓާ ފައިނަލަށް
16 މެއި 2024

އެޓަލަންޓާ ބަލިކޮށް، ޔުވެންޓަސް އިން އިޓާލިއަން ކަޕް ކާމިޔާބުކޮށްފި

16 މެއި 2024
އެޓަލަންޓާ ބަލިކޮށް، ޔުވެންޓަސް އިން އިޓާލިއަން ކަޕް ކާމިޔާބުކޮށްފި
24 އެޕްރީލު 2024

ލާޒިއޯގެ މައްޗަށް ކުރި ހޯދައި، އިޓާލިއަން ކަޕްގެ ފައިނަލަށް ޔުވެންޓަސް

24 އެޕްރީލު 2024
ލާޒިއޯގެ މައްޗަށް ކުރި ހޯދައި، އިޓާލިއަން ކަޕްގެ ފައިނަލަށް ޔުވެންޓަސް
02 އެޕްރީލު 2024

ފުރަތަމަ ލެގުގައި ޔުވެންޓަސް އިން ލާޒިއޯ ބަލިކޮށްފި

02 އެޕްރީލު 2024
ފުރަތަމަ ލެގުގައި ޔުވެންޓަސް އިން ލާޒިއޯ ބަލިކޮށްފި
25 މެއި 2023

އިޓާލިއަން ކަޕް ދިފާއުކޮށް، އިންޓަރ މިލާނުން ޗެމްޕިއަންސް ލީގު ފައިނަލަށް އިތުބާރު ހޯދައިފި

25 މެއި 2023
އިޓާލިއަން ކަޕް ދިފާއުކޮށް، އިންޓަރ މިލާނުން ޗެމްޕިއަންސް ލީގު ފައިނަލަށް އިތުބާރު ހޯދައިފި
05 އެޕްރީލު 2023

އިންޓަ ސަލާމަތްކޮށްދިން ނަމަވެސް ލުކާކޫ އަށް ރަތެއް

05 އެޕްރީލު 2023
އިންޓަ ސަލާމަތްކޮށްދިން ނަމަވެސް ލުކާކޫ އަށް ރަތެއް
12 ޖެނުއަރީ 2023

އިތުރު ވަގުތުގައި ޓޮރިނޯ އަތުން ބަލިވެ، އޭސީ މިލާން ކަޓައިފި

12 ޖެނުއަރީ 2023
އިތުރު ވަގުތުގައި ޓޮރިނޯ އަތުން ބަލިވެ، އޭސީ މިލާން ކަޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް