Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރަޝިއާ-ޔޫކްރެއިން ހަނގުރާމަ

އެމެރިކާއިން ޔޫކްރެއިނަށް 40 ބިލިއަން ޑޮލަރުގެ އެހީ، އެމެރިކާއިން ޕްރޮކްސީ ހަނގުރާމައެއް އިއުލާނުކުރިކަމުގެ ތުހުމަތު

މި އެހީ ދިނުމަށް ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްގެ 368 މެމްބަރުން ވަނީ ވޯޓު ދެއްވާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 11 މެއި 2022 | ބުދަ 14:09
އެމެރިކާގެ ރައީސް ޖޯ ބައިޑަންއާއި ރަޝިއާގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑެވް

އެމެރިކާގެ ރައީސް ޖޯ ބައިޑަންއާއި ރަޝިއާގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑެވް

ރަޝިއާ ޔޫކްރެއިން ހަނގުރާމާގައި ޔޫކްރެއިނަށް އިތުރު އެހީ ފޯރުކޮށްދިނުމަށް އޭޕްރިލް މަހު، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ 33 ބިލިއަން ޑޮލަރުގެ އެހީ ފާސްކޮށްދިނުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް އެމެރިކާގެ މަޖިލިސް މެމްބަރުން މިވަނީ މި އަދަދު އިތުރުކޮށް، އަސްކަރީ އަދި އިންސާނީ އެހީގެ ގޮތުގައި ފޯރުކޮށްދޭ އަދަދު އިތުރުކުރަން ނިންމަވަފާއެވެ. އެގޮތުން ޔޫކްރެއިނަށް އެހީވުމަށް 40 ބިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް އެހީގެގޮތުގައި ދިނުމަށް އެމެރިކާގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްއިން އަންގާރަ ދުވަހު ވަނީ ފާސްކޮށްފައެވެ.

ރަޝިއާއާ ދެކޮޅަށް ޔޫކްރެއިނުން ކުރަމުންދާ މަސައްކަތްތަކުގައި އެހީވުމަށް އެމެރިކާއިން މަސައްކަތްކުރަމުންދާއިރު، އެންމެ ފަހުގެ މިއެހީ ދިނުމަށް ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްގެ 368 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ. ޔޫކްރެއިނަށް އެހީ ފޯރުކޮށްދިނުމުގެ މި ބިލް މިހާރު ވަނީ ސެނެޓަށް ފޮނުވާފައެވެ. ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާ ގޮތުން، ވީހާވެސް އަވަހަށް މިކަންތައް ކުރިއަށްގެންދިއުމުގެ މަސައްކަތް ސެނެޓުން ކުރާނެއެވެ.

ހައުސް އެޕްރޮޕްރިއޭޝަންސް ކޮމިޓީގެ ޗެއަރ، ޑިމޮކްރެޓިކް މެމްބަރު ރޮސާ ޑެލައުރޯ ވިދާޅުވިގޮތުގައި، މިފާސްކުރެވިގެން ދިޔަ ބިލުން ޑިމޮކްރަސީ ހިމާޔަތްކޮށްދީ، ރަޝިއާގެ އަނިޔާވެރިކަމަށް ހުރަސްއަޅައި، އެމެރިކާގެ ސަލާމަތީ ކަންތައްތައް އިތުރަށް ވަރުގަދަކޮށްދިނުމުގެ އިތުރުން ޔޫކްރެއިނަށް ވަރަށް ބޮޑު އެހީއެއް ފޯރުކޮށްދެވޭނެއެވެ.

އެމެރިކާގެ ރައީސް ބައިޑަން ވަނީ ވީހާވެސް އަވަހަށް ބިލް ފާސްކުރުމުގެ ކަންތައް ކުރިއަށް ގެންގޮސް، އެމަނިކުފާނަށް ބިލް ތަސްދީގުކުރުމަށް ފުރުސަތު އެރުވުމަށް އެދިވަޑައިގެންފައެވެ. މިއީ މިހާރު ޔޫކްރެއިނަށް ފޯރުކޮށްދެމުންދާ އެހީތައް މި މަހުގެ ނިޔަލަށް ހުސްވުމުގެ ކުރިން އައު އެހީ ފޯރުކޮށްދިނުމަށެވެ.

ޑިމޮކްރެޓް މެމްބަރުންގެ ބޮޑު ތާއީދެއް ބިލަށް ލިބުނު ނަމަވެސް ރިޕަބްލިކަންގެ ބައެއް މެމްބަރުން ވަނީ ބިލް ފާސްކުރުމާ ދެކޮޅުހައްދަވާފައެވެ. އެގޮތުން ބިލް ފާސްކުރުމަށް ނެގުނު ވޯޓުގެ ރިޕަބްލިކަންގެ 57 މެމްބަރުން ވަނީ ބިލް ފާސްކުރުމާ ދެކޮޅަށް ވޯޓުލާފައެވެ. އެގޮތުން ރިޕަބްލިކަނުން ވަނީ އެތައް ބައެއްގެ ޓެކްސް ފައިސާއިން ބޮޑު އަދަދެއް އެހާ ފަސޭހައިން ގައުމުން ބޭރަށް ޚަރަދުކުރަން ޑިމޮކްރަޓުން ނިންމާތީ އެކަމަށް ފާޑުކިޔާފައެވެ.

ޑިމޮކްރެޓުންނަށް ކޮންގްރެސްގައި ކުޑަ ތަފާތަކުން މެޖޯރިޓީ ލިބިފައި އޮތްނަމަވެސް، ސެނެޓުން ބިލް ފާސްކުރަން ރިޕަބްލިކަން މެމްބަރުންގެ ވޯޓުވެސް ބޭނުންވާނެއެވެ.

ޔޫކްރެއިނުން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އޮކްސަނަ މަރކަރޮވާ ވަނީ އެގައުމަށް އެހީ ފޯރުކޮށްދިނުމަށް ޑިމޮކްރެޓުން އަދި ރިޕަބްލިކަނުންގެ އަރިހުންވެސް އެދިވަޑައިގަންނަވާފައެވެ. އެގޮތުން ކޮންމެ ހަފްތާއަކުވެސް ކުރިއަށްދާ ޕާޓީ ލަންޗްގެ ތެރެއިން، އަންގާރަ ދުވަހު އޮތް ޕާޓީ ލަންޗްގައި މިއެހީއަށް އެދިވަޑައިގެންފައިވާއިރު، ސަފީރު ވަނީ ޔޫކްރެއިންގެ ރައްޔިތުން މަރުވަމުންދާ ކަމަށާއި، ސަޕްލައި މަދުވެ ވަޒަން ހުސްވަމުންދާކަން ފާހަގަކުރައްވާފައިކަމަށް ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވެއެވެ.

އެމެރިކާއިން ފޯރުކޮށްދެމުންދާ އެހީތަކަށް ސަފީރު ޝުކުރު އަދާކުރެއްވި އިރު، ޔޫކްރެއިނަށް ވަރަށް ބޮޑަށް އެހީ ބޭނުންވާ ކަމަށާއި އެހީތައް އަވަސް ކޮށްދިނުމަށްވެސް ސަފީރު އެދިވަޑައިގެންނެވިއެވެ.

އެމެރިކާގެ ސެނެޓްގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މެމްބަރެއް ކަމަށްވާ ރިޕަބްލިކަންގެ މެމްބަރު ރޮބް ޕޯރޓްމަން ވަނީ، ސެނެޓުން ބިލް ފާސްކުރަން ބޭނުންވާ ވަރަށް ރިޕަބްލިކަން މެމްބަރުންގެ ވޯޓު ލިބޭނެކަމަށް ވިދާޅުވެފައެވެ.

އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދޭ އެހީގެ ޕެކޭޖުގައި ސެކިއުރިޓީ އެސިސްޓެންސްގެ ގޮތުގައި ހަ ބިލިއަން ޑޮލަރު ވަނީ ހިމަނާފައެވެ. އެއީ ޔޫކްރެއިން އަސްކަރިއްޔާގެ ތަމްރީން ޕްރޮގްރާމްތަކަށާއި، ބޭނުންވާ ހަތިޔާރާއި އެހެނިހެން ވަސީލަތްތަކާއި އެހީއަށެވެ.

މީގެ އިތުރުން އެމެރިކާއިން މީގެ ކުރިން ޔޫކްރެއިނަށް ފޯރުކޮށްދީފައިވާ ތަކެތީގެ ތެރެއިން މަދުވަމުންދާ ތަކެތި އަލުން ހޯދުމަށް ހޭދަވާނެ ޚަރަދަށް 8.7 ބިލިއަން ޑޮލަރު ހިމަނާފައެވެ. އަދި ޔޫރަޕިއަން ކޮމާންޑް އޮޕަރޭޝަންތަކަސް 3.9 ބިލިއަން ޑޮލަރު ވަނީ ހިމަނާފައެވެ.

މީގެކުރިން ޕްރެޒިޑެންޝަލް ޑްރޯޑައުން އޮތޯރިޓީގެ ގޮތުގައި ޔޫކްރެއިނަށް ކުއްލި އެހީއަށް ބޭނުންވާ ވަގުތު ފޯރުކޮށްދިނުމަށް، ފަސް ބިލިއަން ޑޮލަރު ފާސްކުރުމަށް ރައީސް ބައިޑެން އެދިވަޑައިގެންފައިވާއިރު، މި އަދަދު މިއެހީގެ ތެރޭގައި މިހާރު ވަނީ 11 ބިލިއަން ޑޮލަރަށް އިތުރުކޮށްފައެވެ.

ޕްރެޒިޑެންޝަލް ޑްރޯޑައުން އޮތޯރިޓީގެ ދަށުން، ކުއްލި ހާލަތްތަކުގައި ކޮންގްރެސްގެ ރުހުން ނުހޯދައި އެހީ ފޯރުކޮށްދިނުމުގެ ބާރު ރައީސަށް ލިބިވަޑައިގަންނަވާނެއެވެ.

ޔޫކްރެއިނަށް ފޯރުކޮށްދޭން ނިންމާފައިވާ އެހީގެ ތެރޭގައި; ޔޫކްރެއިންގެ އިތުރުން މިހަނގުރާމައިގެ ސަބަބުން އަަސަރު ކޮށްފައިވާ އެހެން ގައުމުތަކަށްވެސް އެހީ ފޯރުކޮށްދިނުމަށް ފޮރިން މިލިޓަރީ ފައިނޭންސިންގެ ގޮތުގައި ހަތަރު ބިލިއަން ޑޮލަރު ހިމަނާފައިވެއެވެ.

އައު އެހީގެ ޕެކޭޖުގައި އިންސާނީ އެހީގެ ގޮތުގައި 5 ބިލިއަން ޑޮލަރު ހިމަނާފައިވާއިރު، ޔޫކްރެއިންގެ އިގުތިސާދަށް އެހީވުމަށް އިކޮނޮމިކް ސަޕޯޓްގެ ގޮތުގައި 9 ބިލިއަން ޑޮލަރު ހިމަނާފައިވެއެވެ.

އެމެރިކާއިން މިހާބޮޑު އަދަދެއްގެ އެހީއެއް ޔޫކްރެއިނަށް ފޯރުކޮށްދިނުމަށް އެގައުމުގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްއިން ފާސްކުރުމާގުޅިގެން، ރަޝިއާގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑެވް ވަނީ އެމެރިކާއިން ޕްރޮކްސީ ހަނގުރާމައެއް އިއުލާނުކުރިކަމުގެ ތުހުމަތުކުރައްވާފައެވެ.

ޓެލެގްރާމްގައި މެޑްވެޑެވް ލިޔުއްވާފައިވާ މެސެޖެއްގައި ވިދާޅުވެފައި ވަނީ; އަންގާރަ ދުވަހު އެމެރިކާގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްއިން ފާސްކުރި ބިލަކީ ރަޝިއާއާ ދެކޮޅަށް ފާސްކުރި ބިލެއް ކަމަށާއި، އެއީ ރަޝިއާގެ އިގުތިސާދީ ކުރިއެރުމަށް ހުރަސްއަޅައި ދުނިޔޭގައި ރަޝިއާގެ ސިޔާސީ ނުފޫޒު ކުޑަކުރުމަށް އެމެރިކާއިން ކުރި ކަމެއް ކަމަށެވެ.

މެޑްވެޑެވް ވަނީ މިކަންތައް އެމެރިކާއަށް ކާމިޔާބު ނުވާނެކަމަށް ވިދާޅުވެފައެވެ. މެޑްވެޑެވް ވަނީ އެމެރިކާއިން ތެލާއި ޒަރޫރީ ކާބޯތަކެތީގެ އަގު ބޮޑުކުރަނީ އެގައުމުން ގެންގުޅޭ "ރޫސޯފޯބިކް" ސިޔާސަތުގެ ދަށުން ކަމަށްވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން ޓެލެގްރާމްގައި ރަޝިއާގެ ސްޓޭޓް ޑޫމާގެ ރައީސް ވޮލިޑިން ވަނީ، އެމެރިކާއިން އެހީ ޕެކޭޖުތައް ފޯރުކޮށްދިނުމުގެ ނަމުގައި ޔޫކްރެއިން އެގައުމަށް ދަރަނިވެރިކުރަން އުޅޭކަމަށް ވިދާޅުވެފައެވެ. އެގޮތުން އެމެރިކާއިން ފޯރުކޮށްދޭ އެހީގެ ބަދަލުގައި ޔޫކްރެއިންގެ ގްރެއިން ރިޒަރވް ބޭނުންކުރަން އެމެރިކާއިން ބޭނުންވާކަމަށް ވޮލިޑިމިން ވަނީ ވިދާޅުވެފައެވެ.

ވޮލިޑިމިން ވިދާޅުވީ، އެމެރިކާއިން ބޭނުންވަނީ 1930ގެ އަހަރު ތަކުގައި ޔޫކްރެއިންގެ އެތައް މިލިއަން މީހުނެއް މަރުވެ، ހިނގި ބަނޑުހައިހޫނުކަމުގެ ދުވަސްތައް އަނބުރާ ގެންނަން ކަމަށް ވިދާޅުވެފައެވެ.

ރަޝިއާއިން ޔޫކްރެއިނަށް އަރައި ޚާއްސަ އަސްކަރީ އޮޕަރޭޝަނެއްގެ ނަމުގައި ފެށި ހަނގުރަމާއާއެކު މިހާތަނަށް އެމެރިކާއިން ވަނީ ޔޫކްރެއިނަށް 3.5 ބިލިއަން ޑޮލަރުގެ އަގުހުރި ހަތިޔާރުގެ އެހީ ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި ހޮވިޓްޒަރއާއި، އެންޓި އެއަރކްރާފްޓް ސްޓިންގަރ ސިސްޓަމާއި، އެންޓި ޓޭންކް ޖަވެލިން މިސައިލްގެ އިތުރުން ވަޒަނާއި "ގޯސްޓް" ޑްރޯންވެސް ހިމެނެއެވެ.

އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދޭ އެހީގައި އެގައުމުގެ ރެފިއުޖީންނަށް އެހީވުމަށް އެތައް ސަތޭކަ މިލިއަން ޑޮލަރު ހިމަނާފައިވާއިރު، ރަޝިއާގެ އޮލިގާކުންނާއި ރައީސް ލެޑްމިއަރ ޕުޓިންއާ ގުޅުންހުރި މީހުންގެ އެސެޓްތައް ހިފެހެއްޓުމަށް އެހީވުމަށްވެސް އެމެރިކާއިން ވަނީ އެތައް ސަތޭކަ މިލިއަން ޑޮލަރެއް ހިމަނާފައެވެ.

ޔުކްރެއިންއެމެރިކާރަޝިއާރަޝިޔާ-ޔޫކްރެއިން ހަނގުރާމަޑްމިޓްރީ މެޑްވެޑެވް

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު