Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕްރައިވެޓް ސްކޫލްތަކުން ފީ ބޮޑު ކުރަނީ

ޓީޗަރުންގެ މުސާރަ ބޮޑު ކުރާތީ ޕްރައިވެޓް ސްކޫލްތަކުން ފީ ބޮޑު ކުރަނީ

11 މެއި 2022 | ބުދަ 11:38

ޕްރައިވެޓް ސްކޫލްތަކުގެ ފީ 5 އިންސައްތައަށްވުރެ ބޮޑު ކުރަން ހުއްދަ ނުދޭނެ ކަމަށް މިނިސްޓްރީން ބުނޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 11 މެއި 2022 | ބުދަ 11:38
ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލް

ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލް

ޓީޗަރުންގެ މުސާރަ ބޮޑު ކުރާތީ ޕްރައިވެޓް ސްކޫލްތަކުން ފީ ބޮޑު ކުރަން ފަށައިފިއެވެ.

"ރާއްޖެ އެމްވީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގައި ހިންގާ ގިނަ އަދަދެއްގެ ޕްރައިވެޓް ސްކޫލްތަކުން ވަނީ ފީ ބޮޑު ކުރަން ނިންމައި އެކަން އެޑިއުކޭޝަން މިނިސްޓްރީއަށާއި ބެލެނިވެރިންނަށް އަންގާފައެވެ. ފީ ބޮޑުކުރަން އެ ސްކޫލްތަކުން ނިންމާފައިވަނީ ދިރާސީ އާ އަހަރު ފެށުމާއެކު އޮގަސްޓް މަހުން ފެށިގެންނެވެ.

Advertisement - newsAdvertisement

ބައެއް ޕްރައިވެޓް ސްކޫލްތަކުން ބުދަ ދުވަހު ބެލެނެވެރިންނަށް ފޮނުވާފައިވާ ނޯޓިސްތަކުގައި ވަނީ، ފީ ބޮޑު ކުރާ ސަބަބަކީ ޓީޗަރުންގެ މުސާރަ ބޮޑުވުން ކަމަށް ބުނެފައެވެ. އަދި ބޮޑު ކުރާ އަދަދު ސްކޫލްތަކުގެ ކައުންޓަރުން އެނގޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި ޕްރައިވެޓް ސްކޫލްތަކަށް ބޭނުންނަމަ ފީ ބޮޑު ކުރެވިދާނެއެވެ. ނަމަވެސް ބޮޑު ކުރުމުގެ ކުރިން އެކަން މިިނިސްޓްރީއަށް ތަފްސީލުތަކާއެކު އެކަން އަންގަން ޖެހޭނެ ކަމަށާއި ފަސް އިންސައްތައަށް ވުރެ ބޮޑު ކުރަން އެދޭނަމަ އެ ހުއްދަ މިނިސްޓްރީން ނުދޭ ކަމަށް ވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން އެއްވެސް ސްކޫލަކަށް ދިރާސީ އަހަރު ފެށުމުގެ ފަހުން ފީ ބޮޑު ނުކުރެވޭނެ ކަމަށާއި ފީ ބޮޑު ކުރާނަމަ ކުރެވޭނީ އަހަރު ނިންމާފައި ދިރާސީ އާ އަހަރު ފެށޭއިރު ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ. އަދި ފީ ބޮޑު ކުރުމުގެ ކުރިން ބެލެނިވެރިންނަށް ކުއްޖާ ސްކޫލުގައި ބެހެއްޓުމާ ބެހޭގޮތުން ވިސްނުމަށް ވަގުތު ދޭން ޖެހޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

ޕްރައިވެޓް ސްކޫލްތައް ފީ ބޮޑު ކުރަނީ ސަރުކާރު ސްކޫލްތަކުގެ ޓީޗަރުންގެ މުސާރަ މި މަހުން ފެށިގެން ބޮޑުވާތީއެވެ. މި ބަދަލާއެކު ޕްރައިވެޓް ތަންތަނުން ޓީޗަރުންގެ މުސާރަ ބޮޑު ނުކޮށްފިނަމަ އެތަންތަނަށް ޓީޗަރުން ލިބުމުގައި ދަތިތަކާ ކުރިމަތިވާނެއެވެ.

ސްކޫލު

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

06 މެއި 2025

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
05 މެއި 2025

ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ

05 މެއި 2025
ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ
22 ޖުލައި 2024

ސްކޫލުތަކުގެ ހަރަކާތްތައް ހުކުރު ދުވަހު ނުބޭއްވުމަށް އަނެއްކާވެސް އަންގައިފި

22 ޖުލައި 2024
ސްކޫލުތަކުގެ ހަރަކާތްތައް ހުކުރު ދުވަހު ނުބޭއްވުމަށް އަނެއްކާވެސް އަންގައިފި
19 މެއި 2024

ސްކޫލު ހުޅުވޭއިރުވެސް ޓެކްސްްޓް ފޮތްތައް ޙަވާލުކުރެވޭނެކަމުގެ ޔަޤީންކަމެއް މިނިސްޓްރީއަކަށް ނެތް

19 މެއި 2024
ސްކޫލު ހުޅުވޭއިރުވެސް ޓެކްސްްޓް ފޮތްތައް ޙަވާލުކުރެވޭނެކަމުގެ ޔަޤީންކަމެއް މިނިސްޓްރީއަކަށް ނެތް
14 މެއި 2024

ސްކޫލްތަކަށް ވެއްދުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި

14 މެއި 2024
ސްކޫލްތަކަށް ވެއްދުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި
06 މެއި 2024

އަތޮޅުތެރޭގެ ސްކޫލުތަކުން މާލެ ސްކޫލުތަކަށް ބަދަލުވުމަށް 700ށް ވުރެ ގިނަ ދަރިވަރުން ފޯމް ހުށަހަޅައިފި

06 މެއި 2024
އަތޮޅުތެރޭގެ ސްކޫލުތަކުން މާލެ ސްކޫލުތަކަށް ބަދަލުވުމަށް 700ށް ވުރެ ގިނަ ދަރިވަރުން ފޯމް ހުށަހަޅައިފި
30 އެޕްރީލު 2024

ސްކޫލް ޗުއްޓީއަށް އައިކެއަރއިން ޚާއްސަ ޕްރޮމޯޝަނެއް

30 އެޕްރީލު 2024
ސްކޫލް ޗުއްޓީއަށް އައިކެއަރއިން ޚާއްސަ ޕްރޮމޯޝަނެއް
30 އެޕްރީލު 2024

ދިރާސީ އަހަރަށް ގެނައި ބަދަލާއެކު، އުފާވެރިކަމެއް ނެތް!

30 އެޕްރީލު 2024
ދިރާސީ އަހަރަށް ގެނައި ބަދަލާއެކު، އުފާވެރިކަމެއް ނެތް!
30 އެޕްރީލު 2024

ދިރާސީ އަހަރަށް ގެނައި ބަދަލާއެކު، ދަރިވަރުންނަށް ލިބޭ ގެއްލުން ވަރަށް ބޮޑަށް ދިގުދެމިގެންދާނެ: އިހްސާން

30 އެޕްރީލު 2024
ދިރާސީ އަހަރަށް ގެނައި ބަދަލާއެކު، ދަރިވަރުންނަށް ލިބޭ ގެއްލުން ވަރަށް ބޮޑަށް ދިގުދެމިގެންދާނެ: އިހްސާން
29 އެޕްރީލު 2024

އަންނަ އަހަރު ގްރޭޑް 10ގައި ކިޔަވާ ދަރިވަރުން އޯލެވެލްއަށް ތައްޔާރުވުމަށް ލިބޭނީ 6 މަސްދުވަސް

29 އެޕްރީލު 2024
އަންނަ އަހަރު ގްރޭޑް 10ގައި ކިޔަވާ ދަރިވަރުން އޯލެވެލްއަށް ތައްޔާރުވުމަށް ލިބޭނީ 6 މަސްދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް