Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސްޓޭޓް އޮފް ދި އާރޓް ޓިވެޓް ސެންޓަރ

އަލިފުށީގައި އަޅާ ސްޓޭޓް އޮފް ދި އާރޓް ޓިވެޓް ސެންޓަރުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި

މި އިންސްޓިޓިއުޓްގައި އަޅާ ކްލާސްރޫމް، ލެބް އަދި ވޯކްޝޮޕްތަކުގައި 20 ދަރިވަރުންގެ ޖާގަ ހުންނާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 11 މެއި 2022 | ބުދަ 08:44
އަލިފުށީގައި އެޅުމަށް ހަމަޖެހިފައިވާ ސްޓޭޓް އޮފް ދި އާރޓް ޓިވެޓް ސެންޓަރުގެ މަސައްކަތް ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގެ ރަސްމިއްޔާތު

އަލިފުށީގައި އެޅުމަށް ހަމަޖެހިފައިވާ ސްޓޭޓް އޮފް ދި އާރޓް ޓިވެޓް ސެންޓަރުގެ މަސައްކަތް ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގެ ރަސްމިއްޔާތު

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ރ. އަލިފުށީގައި އެޅުމަށް ހަމަޖެހިފައިވާ ސްޓޭޓް އޮފް ދި އާރޓް ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިކުއޭޝަން ޓްރައިނިންގ (ޓިވެޓް) ސެންޓަރުގެ މަސައްކަތް ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި މިއަދު ސޮއިކޮށްފިއެވެ.

މި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ އަލިފުށީ ޕޮލިޓެކްނިކް ކެމްޕަސްގެ ބިމާ، އެބިމުގެ ހުޅަނގުން އޮތް ބިން ހިމެނޭގޮތަށް އޮތް 38،328 އަކަފޫޓްގެ ބިމެއްގައެވެ. ޓިވެޓް ސެންޓަރު އިމާރާތުގައި 3 ބުރިއަށް ވާ ގޮތަށް އިންސްޓިއުޓް ބްލޮކަކާއި، 1 ބުރީގެ ބޯޓްޔާޑަކާއި 2 ބުރީގެ އެކޮމޮޑޭޝަން ބްލޮކަކާއި 2 ބުރީގެ އެކްޓިވިޓީ އޭރިއާއެއް ހިމެނޭނެއެވެ.

Advertisement - newsAdvertisement

މި އިންސްޓިޓިއުޓްގައި އަޅާ ކްލާސްރޫމް، ލެބް އަދި ވޯކްޝޮޕްތަކުގައި 20 ދަރިވަރުންގެ ޖާގަ ހުންނާނެއެވެ. އެހެންކަމުން އެއްފަހަރާ 150 ދަރިވަރުންނަށް ކިޔަވައިދެވޭނެ ކެޕޭސިޓީ މި އިންސްޓިޓިއުޓްގައި ހުންނާނެއެވެ. އަދި އެކޮމޮޑޭޝަން ބްލޮކްގައި 58 ދަރިވަރުންގެ ޖާގަ ހުންނާނެއެވެ.

ރ.އަލިފުށީ ޓިވެޓް ސެންޓަރު ޚާއްސަ ކުރެވިފައިވަނީ ބޯޓް ބިލްޑިން ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަށް ހިންގުމަށެވެ. މީގެ އިތުރުން ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައްވެސް މި އިންސްޓިޓިއުޓްގައި ހިންގުމަށްވަނީ ހަމަޖެހިފައެވެ.

މި ސްޓޭޓް އޮފް ދި އާރޓް ޓިވެޓް ސެންޓަރުގައި ބޯޓްޔާޑަކާއި ކާޕެންޓްރީ ވޯކްޝޮޕަކާއި މެޝިން ވޯކްޝޮޕަކާއި މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން ހަ ކްލާސް ރޫމާއި އާއި. ސީ. ޓީ ލެބޯޓަރީއެއް ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމްއަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ. މި ސެންޓަރު ގާއިމްކުރެވޭ އިރު، ދަރިވަރުން ބޭތިއްބުމަށް، 58 ދަރިވަރުންގެ ޖާގައިގެ އެކޮމޮޑޭޝަން ބްލޮކަކާއި ދަރިވަރުންގެ ކެއިން ބުއިމުގެ ކަންކަމަށް ކިޗަން އަދި ޑައިނިންގ އޭރިއާއެއްގެ އިތުރުން ލޯންޑްރީއާއި ކޮމަން ރޫމްސް އަދި ސްޓަޑީ ރޫމްތައްވެސް ހުންނާނެއެވެ.

މީގެ އިތުރުން ވެސް، ދަރިވަރުންގެ ސިއްޚީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމްއެއް ހުރުމާއެކު ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓްވެސް ހުންނާނެއެވެ. މި އެއްބަސްވުމުގެ ދަށުން މި މަސައްކަތް ނިންމުމަށް ވީ އަވަރ އިންވެސްޓްމެންޓަށް ހަވާލު ކުރެވިފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މިތަނުގެ ބިމުގެ ބޮޑުމިނުގައި 38328 އަކަފޫޓް ހުންނާނެއެވެ. ބިލްޓް-އަޕް އޭރިއާގެ ތެރެއިން އިންސްޓިޓިއުޓް ބޮލޮކުގައި 7580.59 އަކަފޫޓް، ބޯޓްޔާޑުގައި 3991.58 އަކަފޫޓް އަދި އެކޮމޮޑޭޝަން ބްލޮކުގައި 10290.62 އަކަފޫޓް ހުންނާނެއެވެ. މީގެ އިތުރުން އެކްޓިވިޓީ އޭރިއާގައި 6183.22 އަކަފޫޓް، އެކޮމޮޑޭޝަން ދަރިވަރުންގެ ޖާގަައިގެ ގޮތުގައި 58 ދަރިވަރުންނަށް އެއްފަހަރާ ތިބެވޭނެ ޖާގަ ހުންނާނެއެވެ. މި ތަން ޚާއްސަކުރެވިފައިވާ ދާއިރާއަކީ ބޯޓް ބިލްޑިންގ ދާއިރާއިން ވޮކޭޝަނަލް ކޯސްތައް ހިންމުމަށެވެ.

މި ސެންޓަރުގައި 6 ކްލާސް ރޫމް، އައި.ސީ.ޓީ ލެބޯޓަރީ، ބޯޓް ޔާޑް، ކާޕެންޓްރީ ވޯކްޝޮޕް، މެޝިން ވޯކްޝޮޕްގެ އިތުރުން މަލްޓި-ޕާޕަސް ވޯކްޝޮޕް، އެޑްމިނިސްޓްރޭޓިވް ސާވިސަސް، ސްޓާފް ރޫމާއި ސްޓޫޑަންޓް ސަރވިސަސް އަދި މީޓިންގ ރޫމެއް ހުންނާނެއެވެ. އަދި ސްޓަޑީ ރޫމާއި ފިރިހެން އަދި އަންހެން ކުދިންނަށް ނަމާދުކުރެވޭ ގޮތަށް ވަކި ރޫމްތަކާއި، ލައިބްރަރީ، އޮޑިޓޯރިއަމް، ފާޚާނާ (ފިރިހެން އަދި އަންހެން) އަދި ސްޓޯރ ރޫމާއި، ސްޓޫޑަންޓް އެކޮމޮޑޭޝަންގެ އިތުރުން 2 މީހުންގެ ޝެއަރިންގ އަދި 4 މީހުންގެ ޝެއަރިންގ ރޫމް (އެޓޭޗް ޓޮއިލެޓާއެކު) ހުންނާނެއެވެ. އަދި ބަދިގެއާއި އަދި ކާގެ އޭރިއާ އާއި ލޯންޑްރީ، ސްޓަޑީ ރޫމް އަދި ކޮމަން ރޫމްސްގެ އިތުރުން އެކްޓިވިޓީ ސެންޓަރ އަދި ޖިމް ހިމެނެއެވެ.

ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިކުއޭޝަން ޓްރެއިނިންގ (ޓިވެޓް) ސެންޓަރހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަލިފުށި

ކޮމެންޓް

އިތުރަށް ކިޔާލަން

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ

ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ

03 އޮކްޓޯބަރު 2024
ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް

ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް

19 ސެޕްޓެމްބަރު 2024
މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ

މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ

07 ޖުލައި 2024
ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

16 މެއި 2024

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު