Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ5 ސްކޫލެއްގެ އުމްރާނީ ވަސީލަތް ތަރައްޤީކުރުން

އަތޮޅުތެރޭގެ 5 ރަށެއްގެ ސްކޫލަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ޤާއިމުކުރަން ހަވާލުކޮށްފި

11 މެއި 2022 | ބުދަ 06:13

މިމަސައްކަތްތަކަކީ، ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓްގެ ދަށުން ކުރިއަށްގެންދާ ޕްރޮޖެކްޓެއް

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް | 11 މެއި 2022 | ބުދަ 06:13
ެމަސައްކަތުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ެމަސައްކަތުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އަތޮޅުތެރޭގެ 5 ރަށެއްގެ ސްކޫލަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން 4 ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީން މިމަސައްކަތް ހަވާލުކުރި ކުންފުނިތަކަކީ ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް، އެއިމް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ޕަވަރޭ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއެވެ.

Advertisement - newsAdvertisement

މީގެ ތެރެއިން ގދ. ހޯނޑެއްދޫ ސްކޫލް އާއި މ. ނާލާފުށި ސްކޫލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޕަވަރޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްއާއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިޔުކޭޝަން އަހުމަދު ރިޔާޒްއެވެ. އަދި ޕަވަރޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލީ އަބްދުﷲއެވެ. މި އެއްބަސްވުމުގެ ދަށުން ގދ.ހޯނޑެއްދޫ ސްކޫލްގައި 2 ކުލާސްރޫމާއި ލެބެއްގެ އިތުރުން އައި.ސީ.ޓީ އިމާރާތް ކުރުމުގެ މަސައްކަތްވަނީ ހަވާލުކޮށްފައެވެ. އެ ކުންފުނީގެ ފަރާތުން މި މަސައްކަތަށް ހުށަހަޅާފައިވަނީ ހަމިލިއަން ހަލައްކަ ފަސްދޮޅަސް ތިންހާސް ހަތްސަތޭކަ ހަ ރުފިޔާ ނުވަދިހަ ދެލާރިއެވެ.

ސޮއިކުރެވުނު މިއެއްބަސްވުމުގެ ދަށުން މ. ނާލާފުށި ސްކޫލްގައި 2 ބުރި އިމާރާތެއް އެޅުމަށްވަނީ ހަމަޖެހިފައެވެ. އެ ކުންފުނިން މި މަސައްކަތަށް ހުށަހަޅާފައިވަނީ ހަތްމިލިއަން ހަލައްކަ ފަސްދޮޅަސް ފަސްހާސް ނުވަސަތޭކަ ނުވަދިހަ ނުވަ ރުފިޔާ ތޭވީސް ލާރިއެވެ. މި 2 ސްކޫލްގެ މަސައްކަތް ނިންމުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއްވަނީ ކަނޑައަޅާފައެވެ.

މ. މުލަކު ސްކޫލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެއިމް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާއެވެ. މި އެއްބަސްވުމުގައި އެއިމް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ ޝަމްސުﷲ ފަޒީލްއެވެ. މި އެއްބަސްވުމުގެ ދަށުން މުލަކު ސްކޫލްގައި 3 ބުރި އިމާރާތުގެ މަސައްކަތްވަނީ ހަވާލުކޮށްފައެވެ. އެކުންފުނީގެ ފަރާތުން މިމަސައްކަތަށް ހުށަހަޅާފައިވަނީ ނުވަމިލިޔަން ފަންސާސް ދެހާސް ފަސްސަތޭކަ ހަތްދިހަ ފަސް ރުފިޔާ ހަތާވީސްލާރިއެވެ. އަދި މި މަސައްކަތް ނިންމުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއްވަނީ ކަނޑައަޅާފައެވެ.

ށ. ނޫމަރާ ސްކޫލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއެވެ. މި އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު އަހުމަދު މުޒްހިންއެވެ. މިއެއްބަސްވުމުގެ ދަށުން ނޫމަރާ ސްކޫލްގައި 4 ކްލާސްރޫމް އިމާރާތުގެ މަސައްކަތްވަނީ އެކުންފުންޏާ ހަވާލުކޮށްފައެވެ. އެ ކުންފުނިން މިމަސައްކަތަށް ހުށަހަޅާފައިވަނީ ހަތަރުމިލިޔަން ހަސަތޭކަ އަށްޑިހަ އެއްހާސް ތިންސަތޭކަ އަށްޑިހަ ފަސްރުފިޔާ ފަންސާސް ނުވަލާރިއެވެ. މި މަސައްކަތް 109 ދުވަހުގެ ތެރޭގައި ނިންމުމަށްވަނީ ކަނޑައަޅާފައެވެ.

ގއ. މާމެންދޫ ސްކޫލުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވެލް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްއާއެވެ. މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލީ ޝަނީޒްއެވެ. މި އެއްބަސްވުމުގެ ދަށުން މާމެންދޫ ސްކޫލްގައި 2 ކްލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތްވަނީ އެކުންފުންޏާ ހަވާލުކޮށްފައެވެ. މި މަސައްކަތަށް އެ ކުންފުނިން ހުށަހަޅާފައިވަނީ 2,371,136.89ރ އެވެ. އަދި މިމަސައްކަތް 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށްވަނީ ކަނޑައަޅާފައެވެ. މިއީ ޖަޕާން އެއިޑް ގެ ދަށުން ކުރިއަށްދާ ޕްރޮޖެކްޓެކެވެ.

މީގެއިތުރުން ބައު ޖަމާލުއްދީން ސްކޫލް އިމާރާތް ތަޅާލުމުގެ މަސައްކަތްވެސް މިނިސްޓްރީން ވަނީ އެކުންފުންޏާ ހަވާލުކޮށްފައެވެ. އެގޮތުން މިމަސައްކަތައް އެ ކުންފުނިން ހުށަހަޅާފައިވަނީ 2,491,000ރ އެވެ. އަދި 75 ދުވަހުގެ މުއްދަތެއްގައި މިމަސައްކަތް ނިންމާ ގޮތަށްވަނީ ކަނޑައަޅާފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ކުންފުނިތަކާއި ހަވާލުކުރެވިގެންދިޔަ މިމަސައްކަތްތަކަކީ، ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓްގެ ދަށުން ކުރިއަށްގެންދާ ޕްރޮޖްކެޓްތަކެކެވެ.

މާލެ ސިޓީ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!

05 ޑިސެމްބަރު 2025
މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!
28 ނޮވެމްބަރު 2025

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

28 ނޮވެމްބަރު 2025
ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް
24 ނޮވެމްބަރު 2025

12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި

24 ނޮވެމްބަރު 2025
12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި
16 ނޮވެމްބަރު 2025

"ރަނި އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

16 ނޮވެމްބަރު 2025
"ރަނި އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
18 އޮކްޓޯބަރު 2025

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި
18 އޮކްޓޯބަރު 2025

ހުޅުމާލޭގެ އެޕާޓްމެންޓެއްގައި ރޯވެ، ކޮޓަރި ބޭނުންނުކުރެވޭ ވަރަށް އަނދައިފި

18 އޮކްޓޯބަރު 2025
ހުޅުމާލޭގެ އެޕާޓްމެންޓެއްގައި ރޯވެ، ކޮޓަރި ބޭނުންނުކުރެވޭ ވަރަށް އަނދައިފި
12 އޮކްޓޯބަރު 2025

"އެކި ފަރާތްތަކުން ވަކިވަކިން ލެންޑްޔޫސް ޕްލޭން ހެދުމުން އޮޅުން އަރާ، ކައުންސިލާއި ނުގުޅި މާލޭގެ ލޭންޑްޔޫސް ޕްލޭނެއް ނުހެދޭނެ"

12 އޮކްޓޯބަރު 2025
"އެކި ފަރާތްތަކުން ވަކިވަކިން ލެންޑްޔޫސް ޕްލޭން ހެދުމުން އޮޅުން އަރާ، ކައުންސިލާއި ނުގުޅި މާލޭގެ ލޭންޑްޔޫސް ޕްލޭނެއް ނުހެދޭނެ"
03 އޮކްޓޯބަރު 2025

ސަރުކާރު ޑިފެންސަށް، އިދިކޮޅުން ގޯލު ޖަހަން ފަށައިފި

03 އޮކްޓޯބަރު 2025
ސަރުކާރު ޑިފެންސަށް، އިދިކޮޅުން ގޯލު ޖަހަން ފަށައިފި
01 އޮކްޓޯބަރު 2025

މާލެ ސިޓީގެ ބިމާބެހޭ މައުލޫމާތު ހިމެނޭ 'ލޭންޑް އިންފޮމޭޝަން ސިސްޓަމް' ތަޢާރަފުކޮށްފި

01 އޮކްޓޯބަރު 2025
މާލެ ސިޓީގެ ބިމާބެހޭ މައުލޫމާތު ހިމެނޭ 'ލޭންޑް އިންފޮމޭޝަން ސިސްޓަމް' ތަޢާރަފުކޮށްފި
30 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒުގެ އަންޑަރ ގްރައުންޑް ޕާކިންގ ހަގީގަތަކަށް ނުވި

30 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ އަންޑަރ ގްރައުންޑް ޕާކިންގ ހަގީގަތަކަށް ނުވި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް