Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުތު އޭޝިޔަން ޖޫނިއަރ ޓީޓީ މުބާރާތް

ރާއްޖޭގެ ތައްޔާރީތަކަށް ތައުރީފް، އިތުރު ފުރުޞަތުތައް ލިބުން ގާތް!

ކޮމަންވެލްތް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ބާއްވަން ހުށަހަޅަނީ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 10 މެއި 2022 | އަންގާރަ 08:10
މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވި

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވި

ރާއްޖޭގައި މިހާރު ކުރިއަށްދާ ސައުތް އޭޝިޔަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ތައްޔާރީތަކަށް ޞަރަހައްދީ އަދި ބައިނަލްއަޤްވާމީ ފެޑެރޭޝަންތަކުގެ ތައުރީފް ލިބިއްޖެއެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ ވިދާޅުވީ "ކޮސް" ނުވާ އެއްވެސް ޤައުމެއް ނެތްކަމަށެވެ.

ޝިއުރީ ވިދާޅުވީ މިއީ ވަރަށް ތަފާތު މުބާރާތެއްކަމަށާއި, އިންތިޒާމްތަކަށް ހުރިހާ ޤައުމަކުންވެސް ކުރަނީ ތައުރީފުކަމަށެވެ. މިފެންވަރަށް މުބާރާތް ބާއްވާނެކަމަށް ޤައުމުތަކުން އުއްމީދުނުކުރާކަމަށާއި, މުބާރާތަށް ތައްޔާރުވެފައިވާ މިންވަރަށް ޤައުމުތަކުގެ ހިފެހެއްޓުމެއް ނެތް ތައުރީފު ލިބެމުންދާކަމަށެވެ.

ޝިއުރީ ވިދާޅުވީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ކޮމަންވެލްތް ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ރައީސްވެސް ވަރަށް ބޮޑަށް ތައުރީފްކުރެއްވި ކަމަށާއި, އެހެން މުބާރާތްތައްވެސް ރާއްޖޭގައި ބޭއްވޭ ފެންވަރަށް މިމުބާރާތް ބާއްވަމުންދާކަން ފާހަގަކުރެއްވިކަމަށެވެ.

ކޮމަންވެލްތް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވޭނެކަމުގެ އިޝާރާތެއްވެސް ދެއްވިއެވެ. އެމުބާރާތް އޮންނާނީ މިއަހަރުކަމެއް, އަންނަ އަހަރުކަމެއް ޔަޤީނެއް ނޫނެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްވެސް ވިދާޅުވީ ކޮމަންވެލްތް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. މުބާރާތް ބާއްވަން ރާއްޖެއިން ހުށަހަޅުއްވާނެކަމުގެ ޔަޤީންކަން މިނިސްޓަރު ދެއްވިއެވެ.

މުބާރާތުގެ އޯގަނައިޒިންގއާއި, ޓީމްތަކުގެ އެކޮމަޑޭޝަންއާއި, ކެއުންފަދަ ކަންކަން އިންތިޒާމްކޮށްފައިވާ ގޮތްވެސް މުބާރާތުގައި ބައިވެރިވާ ޤައުމުތަކުން ވަނީ ފާހަގަކޮށްފައެވެ. މިއީ ޤައުމެއްގެ ހައިޞިއްޔަތުންވެސް ލިބޭ އުފަލެއްކަމަށް ޝިއުރީ ވިދާޅުވިއެވެ.

މުބާރާތް ރާއްޖޭގައި ކުރިއަށްދަނީ މިމަހުގެ 9-11 އަށެވެ. މުބާރާތުގައި ރާއްޖޭގެ އިތުރުން ޞަރަހައްދުގެ އިންޑިޔާ, ޕާކިސްތާން, ނޭޕާލް, ސްރީލަންކާ އަދި ބަނގްލަދޭޝް ވާދަކުރެއެވެ.

ޓީޓީ އެސޯސިއޭޝަން ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްސައުތު އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަން ޝިޕް 2022

އިތުރަށް ކިޔާލަން

31 އޯގަސްޓު 2025

ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި

31 އޯގަސްޓު 2025
ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި
11 ޖޫން 2024

ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!

11 ޖޫން 2024
ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!
21 މެއި 2024

ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި

21 މެއި 2024
ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި
18 މެއި 2024

ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!

18 މެއި 2024
ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!
16 މެއި 2024

ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ

16 މެއި 2024
ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު