Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގެ މަސްރަހު ހޫނުވުން

ރާޖަޕަކްސަ އާއިލާގެ ގެކޮޅުގައި ރޯކޮށްލައިފި

ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަމުންދާ މީހުންގެ ގްރޫޕެއް ވަނީ ހަމްބަންޓޯޓާގެ މެޑަމުލަނާގައި ހުންނަ ރާޖަޕަކްސަ އާއިލާގެ ގެކޮޅުގައި ރޯކޮށްލާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 9 މެއި 2022 | ހޯމަ 16:47
ކުރުނަގަލާގައި ހުންނަ އިސްތިއުފާ ހުށަހަޅުއްވާފައިވާ ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ގެކޮޅުގައި ވަނީ ރޯކޮށްލާފައި

ކުރުނަގަލާގައި ހުންނަ އިސްތިއުފާ ހުށަހަޅުއްވާފައިވާ ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ގެކޮޅުގައި ވަނީ ރޯކޮށްލާފައި

ސްރީލަންކާގައި ހުންނަ ރާޖަޕަކްސަ އާއިލާގެ ގެކޮޅުގައި ރޯކޮށްލައިފިއެވެ.

ޑެއިލީ މިރަރ ލާންކާއިން ރިޕޯޓުކޮށްފައިވާގޮތުން ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަމުންދާ މީހުންގެ ގްރޫޕެއް ވަނީ ހަމްބަންޓޯޓާގެ މެޑަމުލަނާގައި ހުންނަ ރާޖަޕަކްސަ އާއިލާގެ ގެކޮޅުގައި ރޯކޮށްލާފައެވެ.

އެގޭގައި ރޯވެ އަދަމުންދާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ކުރުނަގަލާގައި ހުންނަ އިސްތިއުފާ ހުށަހަޅުއްވާފައިވާ ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ގެކޮޅުގައިވެސް ރޯކޮށްލާފައިވާކަމަށް އެނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

ލަންކާ ސަރުކާރު ނިސްބަތްވާ ސްރީ ލަންކާ ޕޮޑުޖާނާ ޕެރަމުނާ (އެސްއެލްޕީޕީ)ގެ މަޖިލިސް މެމްބަރުންގެ ގެތަކަށްވެސް ދަނީ ހަމަލާދެމުންނެވެ.

އެނޫހުން ރިޕޯޓުކޮށްފައިވާގޮތުން ސަރުކާރު ނިސްބަތްވާ ޕާޓީގެ މަޖިލިސް މެމްބަރުންގެ ތެރެއިން ގިނަ އަދަދެއްގެ މެމްބަރުންގެ ގެއަށް ވަނީ ހަމަލާދީފައެވެ. އަދި ބައެއް ގެތަކުގައި ރޯކޮށްލާފައިވާކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން އެސްއެލްޕީޕީގެ ބައެއް އޮފީސްތަކުގައިވެސް ރޯކޮށްލާފައިވާ ކަމަށް ޑެއިލީ މިރަރއިން ރިޕޯޓުކޮށްފައިވެއެވެ.

ހަމަލާތައް އަމާޒުވެފައިވާ އެމްޕީ އިންގެ ގެތަކުގެ ތެރޭގައި ސަނަތު ނިޝާންތާގެ އިތުރުން ޖޯންސަން ފަނަންޑީއާއި ކަންޗަނާ ވިޖެސޭކަރާ އަދި ރަމެޝް ޕަތިރަނައާއި ނިމާލް ލަންޒަގެ ގެ ހިމެނެއެވެ.

އެޕާޓީގެ ހުރިހާ މެމްބަރުންގެ ގެތަކުގެ ސެކިއުރިޓީ މިހާރު ވަރުގަދަކޮށްފައިވާކަމަށް އެނޫހުން ރިޕޯޓުކޮށްފައިވެއެވެ.

ސްރީލަންކާލަންކާގެ ސިޔާސީ މަސްރަހުސްރީލަންކާގެ އިގުތިސާދީ ކާރިސާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު