Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަރުމަނުގެ މަޖިލީހުގެ ރައީސް ޔޫކްރެއިނަށް

ޖަރުމަނުގެ މަޖިލީހުގެ ރައީސް ޔޫކްރެއިންގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

އެކަމަނާ ޔޫކްރެއިންގެ ބޮޑުވަޒީރާ ބައްދަލުކުރައްވާފައި މިވަނީ ޔޫކްރެއިންގެ ވެރިރަށް ކިއެވް އަށް ކުރެށްވި ރަސްމީ ދަތުރުފުޅެއްގައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 8 މެއި 2022 | އާދީއްތަ 14:47
ޖަރުމަނު މަޖިލީހުގެ ރައީސް ބާރބެލް ބަސް

ޖަރުމަނު މަޖިލީހުގެ ރައީސް ބާރބެލް ބަސް

ޖަރުމަނު މަޖިލީހުގެ ރައީސް ބާރބެލް ބަސް ޔޫކްރެއިންގެ ބޮޑުވަޒީރު ޑެނިސް ޝްމިހަލް އާއި ބައްދަލުކުރައްވައިފިއެވެ.

އެކަމަނާ ޔޫކްރެއިންގެ ބޮޑުވަޒީރާ ބައްދަލުކުރައްވާފައި މިވަނީ ޔޫކްރެއިންގެ ވެރިރަށް ކިއެވް އަށް ކުރެށްވި ރަސްމީ ދަތުރުފުޅެއްގައެވެ.

އާދިއްތަ ދުވަހު ބޭއްވުނު މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ހަނދާންތައް އައުކުރައްވާފައެވެ.

ހަނގުރާމައިގެ މިދަނޑިވަޅުގައި ޔޫކްރެއިނަށް އެކަމަނާ ވަޑައިގެންނެވީތީ ޔޫކްރެއިންގެ ބޮޑުވަޒީރު ވަނީ އެކަމަށްޓަކާ އެކަމަނާ އަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޖަރުމަނުން ޔޫކްރެއިނަށް ހަނގުރާމައިގެ ބަރު ހަތިޔާރު ދޭން ނިންމާފައިވާތީ އެކަމަށް އޭނާ ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޖަރުމަނުން ވަނީ ޔޫކްރެއިނަށް ހަތް ސެލްފް-ޕްރޮޕެލްޑް ހޮވިޓްޒަރ ފޯރުކޮށްދޭން ނިންމާފައެވެ. އެގޮތުން އެގައުމުގެ ޑިފެންސް މިނިސްޓަރު ކްރިސްޓީން ވަނީ ހުކުރު ދުވަހު އެކަން ކަށަވަރުކޮށްދެއްވާފައެވެ.

ޖަރުމަނުން ވަނީ އެގައުމުގެ ނާޒީ ތާރީހުގެ ސަބަބުން އެއްވެސް ހަނގުރާމައަކަށް ބަރުހަތިޔާރު ނުފޮނުމުގެ ސިޔާސަތެއް އެކުލަވާލާފައެވެ. ޖަރުމަނުން މިސިޔާސަތާ އިދިކޮޅަށް ޔޫކްރެއިނަށް ބަރު ހަތިޔާރު ފޯރުކޮށްދޭން ނިންމާފައި މިވަނީ މިހަނގުރާމައާއި ގުޅިގެން ބޭރުގެ ގައުމުތަކުންނާ އާންމުންގެ ފަރާތުން ކުރަމުންދިޔަ ޕްރެޝަރާއެކު ކަމަށް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ.

ޖަރުމަނުގެ ޑިފެންސް މިނިސްޓަރާއި އޭނާގެ ޗީފް އޮފް ޑިފެންސް އާއި ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާގޮތުގައި މި މިބަރު ހަތިޔާރުތަކުގެ މެއިންޓަނަންސް މަސައްކަތް ނިމުނުހާ އަވަހަކަށް އެހަތިޔާރުތައް ޔޫކްރެއިނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެއެވެ.

ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާގޮތުގައި ހޮވިޓްޒަރއަށް ބޭނުންވާ ވަޒަން އެގައުމުން ފޯރުކޮށްދޭނެއެވެ. ނަމަވެސް ސަރުކާރުން ފޯރުކޮށްދޭން ވަޒަންތައް ހުސްވުމުން އެވަޒަން ހޯދުމުގެ ކަންތައްތައް ދެން ކުރަންޖެހޭނީ ޔޫކްރެއިންގެ ސަރުކާރާ ޖަރުމަނުގެ ވަޒަން އުފައްދާ ކުންފުންޏާ ގުޅިގެންނެވެ.

ޔޫކްރެއިން އިން ވަނީ އެގައުމަށް 12 ހޮވިޓްޒަރ ފޯރުކޮށްދޭން އެދިފައެވެ. އަދި މިބަރު ހަތިޔާރުތައް ވީހާވެސް އަވަހަކަށް ފޯރުކޮށްދީ އެހަތިޔާރުތައް ބޭނުންކުރާނެ ގޮތުގެ އަވަސް ޓްރެއިނިންގ އެގައުމުގެ އަސްކަރިއްޔާއަށް ދިނުމަށް އެގައުމުން ވަނީ އެދިފައެވެ.

ރަޝިއާއިން ޔޫކްރެއިންގެ އިރުމައްޗާ ދެކުނުގައި ދޭން ފެށި ހަމަލާތައް ވަރުގަދަވާން ފެށުމާއެކު ހަނގުރާމައިގެ ބަރު ހަތިޔާރު ހޯދުމަށް ޔޫކްރެއިނަށް ވާގިވެރިވާ ގައުމުތަކުގައި އެގައުމުން ދަނީ އެދެމުންނެވެ.

މިހާތަނަށް ނޭޓޯގެ ގައުމުތަކުން ޔޫކްރެއިނަށް ފޯރުކޮށްދީފައިވާ ގިނަ ބަރު ހަތިޔާރަކީ ސޯވިއެޓްގެ އުފެއްދުންތަކެވެ. ނަމަވެސް އެމެރިކާ އާއި ބައެއް ހުޅަނގުގެ ގައުމުތަކުން މިހާރު ދަނީ ހުޅަނގުން އުފައްދާފައިވާ ބަރު ހަތިޔާރު ޔޫކްރެއިނަށް ފޯރުކޮށްދިނުމުގެ މަސައްކަތްކުރަމުންނެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަޔުކްރެއިންޖަރުމަނު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު