Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުލުހެއްގެ ސައިކަލުގައި ރޯކޮށްލުން

ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގައި ދައުވާ އުފުލައިފި

މި މައްސަލައާ ގުޅިގެން އިތުރު ބަޔަކު ހައްޔަރުކުރިނަމަވެސް ދައުވާކުރާ ވަރަށް ހެއްކެއް ނެތް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 8 މެއި 2022 | އާދީއްތަ 06:10
ނ މިލަދޫގައި ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލުން

ނ މިލަދޫގައި ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލުން

ނ.މިލަދޫގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

މި މައްސަލައިގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާ އުފުލާފައިވަނީ ނ. މިލަދޫ، ފަތަގުމާގެ، ޢަބްދުﷲ ޝުހާދު އަޙްމަދުގެ މައްޗަށެވެ.

Advertisement - newsAdvertisement

ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި 18 ފެބުރުވަރީ 2022 ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ނ. މިލަދޫ، މާގަސްދޮށުގެ ގޯތި ތެރޭގައި ބަހައްޓާފައި ހުރި ނ. މިލަދޫ ޕޮލިސް ޑެސްކުގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލުގައި އަލިފާން ރޯކޮށްލި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކުރަނީ ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 220 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ހަވާލާދީ އެމާއްދާގެ (ރ) ގެ 2 ވަނަ ނަންބަރުގެ ދަށުންނެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް އުުފުލާފައިވާ ދައުވާއަކީ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދަޢުވާއެވެ. އެ ދައުވާ ޕީޖީ އޮފީހުން ވަނީ ނ. މިލަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށައަޅާފައެވެ.

މި މައްސަލައާ ގުޅިގެން އިތުރު ބަޔަކު ހައްޔަރުކުރި ނަމަވެސް، އެމީހުންގެ މައްޗަށް ދައުވާކުރާ މިންވަރަށް ހެކި ލިބިފައެއް ނުވެއެވެ.

މިކަން ހިނގާދިޔަ ގޮތާއި ގުޅޭގޮތުން ފުލުހުން ބުނީ ނ.މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހަކު ހުއްޓުވުމުން ފުލުސް މީހާއަށް އިންޒާރު ދީފައިވާ ކަމަށެވެ. އަދި އޭގެ ފަހުން ފުލުސް މީހާގެ ސައިކަލުގައި ރޯކޮށްލާފައިވާއިރު، ސައިކަލް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.

ސައިކަލުގައި އަލިފާން ރޯކޮށްލާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިޔާގައި ވަނީ އާންމުވެފައެވެ. ވީޑިއޯއިން ފެންނަނީ ގޯތިތެރޭގައި ޕާކުކޮށްފައި އިން ސައިކަލެކެވެ. އަދި މޫނު ނިވާ ކޮށްގެންހުރި މީހަކު ގޭ ތެރެއަށް ވަދެ، ދެކޮޅު ބަލައިލުމަށްފަހު ސައިކަލްގެ މައްޗަށް ޕެޓްރޯލް އަޅާ މަންޒަރެވެ.

އެއަށްފަހު އެމީހާ އެނބުރި ދިޔުމުން މޫނު ނިވާ ކޮށްގެން ހުރި އިތުރު މީހަކު ވަދެ އެ ސައިކަލްގައި ރޯކޮށްލައެވެ. އެ މައްސަލަ ތަހުގީގުކުރުމަށްޓަކައި ފުލުހުންގެ މައި އޮފީހުން ސީނިއާ އިންވެސްޓިގޭޓަރަކު އޭރު އެ ރަށަށް ފޮނުވިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްޕްރޮސެކިއުޓަރ ޖެނެރަލް

ކޮމެންޓް

އިތުރަށް ކިޔާލަން

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

17 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު