Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އަރޖެންޓީނާގެ ޖަލުތައް

އަރޖެންޓީނާގެ ޖަލުތަކަށް ސުޕަރހީރޯއިން

ފަނަރަވަރަކަށް ފިރިހެނުންނާއި އަންހެނުން ވަނީ ސުޕަރހީރޯއިންގެ ހެދުން އަޅައިގެން ޖަލަށް ގޮސްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 8 މެއި 2022 | އާދީއްތަ 04:08
އަރޖެންޓީނާގެ ޖަލަށް ޒިޔާރަތްކުރި ސުޕަރހީރޯއިން

އަރޖެންޓީނާގެ ޖަލަށް ޒިޔާރަތްކުރި ސުޕަރހީރޯއިން

އަރޖެންޓީނާގެ ވޮލަންޓިއަރުން މަސައްކަތްކުރަމުން އަންނަނީ ޖަލުތަކުގެ ގޮޅިތަކުގައި މަންމައިންނާއެކު ދުވަސްތައް ވޭތުކުރަންޖެހިފައިވާ ކުޑަކުދިންގެ މޫނުތަކަށް ހިނިތުންވުން ގެނެސްދިނުމަށެވެ. އެގޮތުން ސުޕަރހީރޯއިންނަށް ވެގެން އެކުދިންނާއެކު މަޖާ ވަގުތުތަކެއް ހޭދަކުރުމަށް ވަނީ މަސައްކަތްކޮށްފައެވެ. ބެޓްމޭން، އަޔަންމޭން އަދި ޕްރިންސެސް އެލްސާއަށް ވެގެން ޖަލުތަކަށް ވޮލަންޓިއަރުން ވަނީ ގޮސްފައެވެ.

އެގޮތުން ފަނަރަވަރަކަށް ފިރިހެނުންނާއި އަންހެނުން ވަނީ ސުޕަރހީރޯއިންގެ ހެދުން އަޅައިގެން ޖަލަށް ގޮސްފައެވެ. އަރޖެންޓީނާގެ ގާނޫނު ބުނާގޮތުން ކުޑަކުދިންގެ އުމުރުން 4 އަހަރު ވަންދެން އެކުދިންގެ މަންމައިންނާއެކު ޖަލުތަކުގައި ތިބެވޭނެެވެ. އެކަމުގެ ސަބަބުން ކުޑަކުދިންނަށް އެކި ކަހަލަ ނޭދެވޭ އަސަރުތައް އަންނަނީ ކުރަމުންނެވެ. އެގޮތުން ޖަލުގައި ބައިބޯވުމާއި ޖަލުތަކުގެ ހާލަތު ދަށްވުމުގެ ސަބަބުން އެކަމުގެ އަސަރު ކުދިންނަށް ދިގުމުއްދަތަކަށް ކުރާކަމަށް ހިޔުމަން ރައިޓްސް ވޮޗުން ވަނީ ބުނެފައެވެ.

ބެޓްމޭން ގޮތަށް ހެދުން އަޅައިގެން އެކުދިން ކައިރިއަށް ދިޔަ ޑާމިއަން ގޯމޭޒް ބުނީ މަސައްކަތްކުރަނީ ޖަލުގެ ބޭރުގައިވާ ދުނިޔޭގައި ހިނގާ ކަންތައްތައް އެކުދިންނާ ހަމައަށް ގެނެސްދިނުމަށް ކަމަށެވެ. ގޯމޭޒްއަކީ ހީރޯ ކުލަބުގެ އޯގަނައިޒަރެވެ. މިކުލަބަކީ މިގޮތަށް އެހީތެރިކަން ބޭނުންވާ ކުދިންނަށް އެހީވުމަށް އުފައްދާފައިވާ ކުލަބެކެވެ.

އުމުރުން 31 އަހަރުގެ ޑަލްމާ ލުނާ އަކީ 16 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ މަންމައެކެވެ. ޑަލްމާ ބުނީ ޖަލުގައި ކުޑަކުއްޖަކު ބެލުމަކީ ފަސޭހަކަމެއް ނޫންކަމަށެވެ. ނަމަވެސް މިއުނދަގޫ ހާލަތުގައިވެސް މަސައްކަތްކުރަނީ ވީއެންމެ ރަނގަޅަށް ކަންކަން ކުރެވޭތޯކަމަށް ޑަލްމާ ބުންޏެވެ.

ގޯމޭޒް ބުނީ އުންމީދުކުރަނީ ސުޕަރހީރޯއިންގެ ބާރާއެކު އެކަމުގެ ރަނގަޅު އަސަރު އެކުދިންގެ ދިރިއުޅުމުން ފެނިގެންދިޔުންކަމަށެވެ.

އާޖެންޓީނާ

ކޮމެންޓް

އިތުރަށް ކިޔާލަން

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި

އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި

27 އޮކްޓޯބަރު 2025
އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

06 ސެޕްޓެމްބަރު 2025
ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި

ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި

14 އެޕްރީލު 2025
މާޓިނޭޒް އަށް އަނިޔާވެ، ޓީމާ ދުރަށް

މާޓިނޭޒް އަށް އަނިޔާވެ، ޓީމާ ދުރަށް

20 މާރިޗު 2025

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު