Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކިންގ ސަލްމާން މިސްކިތް

ކިންގ ސަލްމާން މިސްކިތަށް އަދިވެސް އިތުރު މުވައްޒަފުން ބޭނުންވޭ

މަސައްކަތު މީހުންގެ ގޮތުގައި ޖުމްލަ 20 މީހުން ބޭނުންވާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 7 މެއި 2022 | ހޮނިހިރު 13:35
ކިންގ ސަލްމާން މިސްކިތުގައި ނަމާދުކުރަނީ

ކިންގ ސަލްމާން މިސްކިތުގައި ނަމާދުކުރަނީ

ކިންގ ސަލްމާން މިސްކިތަށް އަދިވެސް އިތުރު މުވައްޒަފުން ބޭނުންވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރު ވިދާޅުވީ, އިތުރަށް ނެގި ހަތަރު މުވައްޒަފުންނާއެކު ޖުމްލަ 10 މުވައްޒަފުން މަސައްކަތު މީހުންގެ ގޮތުގައި ނަގާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މަސައްކަތު މީހުން ޖުމްލަ 20 މީހުން ބޭނުންވާނެ ކަމަށާއި އެ ތަން ބޮޑުވުމުން، ހުކުރު ދުވަހު އިސްލާމީ މަރުކަޒު ފޮޅާ ސާފުކުރާ ފަދައިން ސަލްމާން މިސްކިތް ވެސް ދޮވެ، ފޮޅާ ސާފު ކުރަން ޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޓެކްނިކަލް ބައެއް މީހުންނަށް އިއުލާންކޮށްގެން ޝަރުތުތައް ފުރިހަމަ ނުވާތީ ބައެއް މީހުން ނެގިފައިނުވާ ކަމަށާއި އެ ދާއިރާއަށް މީހުން ހޯދުމުގައި ދަތިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކިންގ ސަލްމާން މިސްކިތުގެ ނަމާދު ކުރާ ބައި ރަސްމީކޮށް ހުޅުވައި މިސްކިތުގައި ނަމާދުކުރަން ފަށާފައިވަނީ އޭޕްރިލް މަހުގެ އެއްވަނަ ދުވަހުގައެވެ. ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވާފައިވަނީ އެދުވަހުގެ ހުކުރު ނަމާދަށެވެ.

މިސްކިތް ރަސްމީކޮށް ހުޅުވާނީ ސައޫދީ އަރަބިއްޔާގެ ވަފުދެއް ރާއްޖެ އައުމުން ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. ކިންގް ސަލްމާން މިސްކިތަކީ ސައޫދީ ސަރުކާރުން ބޮޑު ހޭދައެއް ކޮށްގެން ބިނާކޮށްފައިވާ މިސްކިތަކަށްވާއިރު, އެ މިސްކިތް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ސައޫދީ ސަރުކާރުން ވަނީ ފާޅުކޮށްފައެވެ. ސަލްމާން މިސްކިތުގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައި ޖުމުލަ 4000 މީހުންނަށް ނަމާދު ކުރެވޭއިރު, ތިންވަނަ ފަންގިފިލާގައި 40 ޖާގައިގެ 4 ކްލާސްރޫމާއި، 5 ސެމިނަރ ރޫމް ހުންނާނެއެވެ. ހަތަރު ވަނަ ފަންގިފިލާގައި ލައިބްރަރީއަކާއި، 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެއް ހުންނާނެކަމަށް މިނިސްޓްރީން ބުނެއެވެ.

ކިންގް ސަލްމާން މިސްކިތް

އިތުރަށް ކިޔާލަން

16 ޖުލައި 2025

އިސްލާމީ ކުތުބުޚާނާއަށް ފޮތް ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލައިފި

16 ޖުލައި 2025
އިސްލާމީ ކުތުބުޚާނާއަށް ފޮތް ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލައިފި
10 ޖޫން 2024

ވަކި ވަގުތެއްގައި ސަލްމާން މިސްކިތް ބަންދުކުރުން، އާންމުންގެ ކަންބޮޑުވުން އިންތިހާއަށް، ސަރުކާރުގެ ބަހެއް ނެތް

10 ޖޫން 2024
ވަކި ވަގުތެއްގައި ސަލްމާން މިސްކިތް ބަންދުކުރުން، އާންމުންގެ ކަންބޮޑުވުން އިންތިހާއަށް، ސަރުކާރުގެ ބަހެއް ނެތް
07 ޖޫން 2024

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

07 ޖޫން 2024
ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
09 މެއި 2024

ކިންގް ސަލްމާން މިސްކިތުގެ އޭސީ ސިސްޓަމް ރަނގަޅުކުރުމަށް 6 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވޭ: މިނިސްޓަރު

09 މެއި 2024
ކިންގް ސަލްމާން މިސްކިތުގެ އޭސީ ސިސްޓަމް ރަނގަޅުކުރުމަށް 6 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވޭ: މިނިސްޓަރު
26 ފެބުރުއަރީ 2023

މަސް ކަނޑާފައި ކަރުގޮހޮރު އުކަންވެސް ވަކިތަނެއް ނެތް

26 ފެބުރުއަރީ 2023
މަސް ކަނޑާފައި ކަރުގޮހޮރު އުކަންވެސް ވަކިތަނެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު