Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކިންގް ސަލްމާން މިސްކިތް

މި މަހުގެ 28 ގައި ކިންގް ސަލްމާން މިސްކިތުގައި އާއްމުންނަށް ނަމާދުކުރެވޭނެ

މިސްކިތް ރަސްމީކޮށް ހުޅުވާނީ ސައޫދީ އަރަބިއްޔާގެ ވަފުދު ރާއްޖެ އައުމުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 23 ފެބުރުއަރީ 2022 | ބުދަ 04:20
ކިންގް ސަލްމާން މިސްކިތުގެ އެތެރެ

ކިންގް ސަލްމާން މިސްކިތުގެ އެތެރެ

މި މަހުގެ 28 ގައި ކިންގް ސަލްމާން މިސްކިތުގައި އާއްމުންނަށް ނަމާދުކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އޮފިޝަލް ވިދާޅުވީ މި މަހުގެ 28 ގައި ކިންގް ސަލްމާން މިސްކިތުގައި އާއްމުންނަށް ނަމާދުކުރެވޭ ގޮތަށް ހުޅުވާލިނަމަވެސް މިސްކިތް ރަސްމީކޮށް ހުޅުވާނީ ސައޫދީ އަރަބިއްޔާގެ ވަފުދު ރާއްޖެ އައުމުން ކަމަށެވެ.

Advertisement - newsAdvertisement

ސަލްމާން މިސްކިތް ހުޅުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށްދާއިރު، އިސްލާމިކް މިނިސްޓްރީން ވަނީ އެ މިސްކިތަށް މުވައްޒަފުން ނެގުމަށް އިއުލާންކޮށްފައެވެ.

ކިންގް ސަލްމާން މިސްކިތަކީ ސައޫދީ ސަރުކާރުން ބޮޑު ހޭދައެއް ކޮށްގެން ބިނާކޮށްފައިވާ މިސްކިތަކަށްވާއިރު, އެ މިސްކިތް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ސައޫދީ ސަރުކާރުން ވަނީ ފާޅުކޮށްފައެވެ. ސަލްމާން މިސްކިތުގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައި ޖުމުލަ 4000 މީހުންނަށް ނަމާދު ކުރެވޭއިރު, ތިންވަނަ ފަންގިފިލާގައި 40 ޖާގައިގެ 4 ކްލާސްރޫމާއި، 15 ޖާގައިގެ 5 ސެމިނަރ ރޫމް ހުންނާނެއެވެ. ހަތަރު ވަނަ ފަންގިފިލާގައި ލައިބްރަރީއަކާއި، 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެއް ހުންނާނެކަމަށް މިނިސްޓްރީން ބުނެއެވެ.

ކިންގް ސަލްމާން މިސްކިތުގެ ފަސްވަނަ ފަންގިފިލާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ 300 މީހުންގެ ޖާގައިގެ މަލްޓި ޕާރޕަސް ހޯލެއްގެ ގޮތުގައެވެ.

މި މިސްކިތަކީ ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދުގެ ހިލޭ އެހީގެ ދަށުން ބިނާކުރި މިސްކިތެކެވެ. މި މިސްކިތުގެ މަސައްކަތް ކޮށްފައި ވަނީ ތުރުކީވިލާތުގެ ޖޮއިންޓް ވެންޗަރ ކުންފުންޏެއްކަމަށްވާ އަލްކޭ-ޓަރމެކްސްއިންނެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން މި މިސްކިތް ބިނާކުރުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 28 ފެބްރުއަރީ 2017 ގައެވެ. މިސްކިތުގެ މަސައްކަތުގެ އަގަކީ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އެވެ.

ކިންގް ސަލްމާން މިސްކިތް

އިތުރަށް ކިޔާލަން

16 ޖުލައި 2025

އިސްލާމީ ކުތުބުޚާނާއަށް ފޮތް ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލައިފި

16 ޖުލައި 2025
އިސްލާމީ ކުތުބުޚާނާއަށް ފޮތް ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލައިފި
10 ޖޫން 2024

ވަކި ވަގުތެއްގައި ސަލްމާން މިސްކިތް ބަންދުކުރުން، އާންމުންގެ ކަންބޮޑުވުން އިންތިހާއަށް، ސަރުކާރުގެ ބަހެއް ނެތް

10 ޖޫން 2024
ވަކި ވަގުތެއްގައި ސަލްމާން މިސްކިތް ބަންދުކުރުން، އާންމުންގެ ކަންބޮޑުވުން އިންތިހާއަށް، ސަރުކާރުގެ ބަހެއް ނެތް
07 ޖޫން 2024

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

07 ޖޫން 2024
ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
09 މެއި 2024

ކިންގް ސަލްމާން މިސްކިތުގެ އޭސީ ސިސްޓަމް ރަނގަޅުކުރުމަށް 6 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވޭ: މިނިސްޓަރު

09 މެއި 2024
ކިންގް ސަލްމާން މިސްކިތުގެ އޭސީ ސިސްޓަމް ރަނގަޅުކުރުމަށް 6 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވޭ: މިނިސްޓަރު
26 ފެބުރުއަރީ 2023

މަސް ކަނޑާފައި ކަރުގޮހޮރު އުކަންވެސް ވަކިތަނެއް ނެތް

26 ފެބުރުއަރީ 2023
މަސް ކަނޑާފައި ކަރުގޮހޮރު އުކަންވެސް ވަކިތަނެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު